ދުނިޔެ / ޑޮނަލްޑް ޓްރަމްޕް

ޓްރަމްޕުގެ ޓްވީޓެއް: އައި ހޭޓް ޓޭލާ ސްވިފްޓް

ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓާއި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް

15 ސެޕްޓެމްބަރ 2024 - 22:26

6 comments

އެމެރިކާގެ މަޝްހޫރު ފަންނާނު ޓޭލާ ސްވިފްޓް ދެކެ ވަރަށް ހިތްހަމަނުޖެހި ރުޅި އައިސްފައިހުރިކަން ހާމަކުރެއްވުމަށް، އެ ގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް "އައި ހޭޓް ޓޭލާ ސްވިފްޓް" ކެޕްސްކޮށް ލިޔުއްވައި ޓްވީޓްކުރައްވައިފި އެވެ.

ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޓްރަމްޕުގެ މި ޓްވީޓަކީ އޭނާ އަކީ އާދަޔާ ހިލާފް ކަންކަން ކުރައްވާ ބޭފުޅަކަށް ވިޔަސް ގިނަ ބަޔަކަށް ހައިރާންކަން ލިބުނު ޓްވީޓަކަށް ވަނީ ވެފަ އެވެ.

އަންގާރަ ދުވަހު އޮތް ރިޔާސީ ބަހުސް ނިމުނުތާ ކުޑަ އިރުކޮޅެއް ފަހުން ސުޕަސްޓާރު ލަވަކިޔުންތެރިޔާ / ސޮންގްރައިޓަރު ޓޭލާ ސްވިފްޓް އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި އޭނާ ވޯޓު ލާނީ އޭނާ ތާއީދުކުރާ ރިޕަބްލިކަން ޕާޓީގެ ވާދަވެރި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ނައިބު ރައީސް ކަމަލާ ހެރިސް އަށް ކަމަށް ވަނީ ބުނެފަ އެވެ.

އެ ޕޯސްޓްގައި ޓޭލާ ސްވިޓް ބުނީ ކަމަލާ އަށް ވޯޓު ދޭން ނިންމީ އެއީ "ޖެހިލުން ކުޑަ، ލީޑަރެއްގެ ސިފަތައް ހުރި" ކެންޑިޑޭޓަކަށް ވާތީ ކަމަށެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ސެލެބްރިޓީންގެ އެންޑޯޒްމަންޓަކީ މާބޮޑު ބުރަދަނެއް ހުރި ކަމެއް ނޫނެވެ. ނަމަވެސް ޓޭލާ ސްވިފްޓަކީ ގިނަ ބަޔަކު ލޯބިވާ އަދި އިހްތިރާމްކުރާ ފަންނާނަކަށް ވުމާއި އޭނާގެ 100 މިލިއަނަށްވުރެ ގިނަ ފޮލޯވަރުންގެ ތެރެއިން 10 މިލިއަން މީހުން އެ ޕޯސްޓަށް ލައިކް ދީފައިވުމުން ލިބޭ މެސެޖު ވަރުގަދަ އެވެ.

"ޓޭލާ ސްވިފްޓުގެ ފަހަތުން ދިއުމަކީ ވަރަށް ގޯސް ކެމްޕެއިން ސްޓްރެޓެޖީއަކަށް ވާނެ،" އެކްސްގައި މީހަކު ޓްރަމްޕަށް ރައްދު ދެމުން ބުނެފައިވެ އެވެ.

"ޓޭލާ ހަމައިންނެއް ނުނެއްޓޭނެ، އޭނާ ހުންނާނީ ހަމައިގައި."

ޓޭލާ ސްވިފްޓަށް ބަހުގެ ހަމަލާތައް ދީގެން ޓްރަމްޕް ހާސިލްކުރައްވަން އުޅުއްވަނީ ކޮން ކަމެއްކަން ސާފެއް ނޫނެވެ. -- އޭއެފްޕީ

6 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 40%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 20%
icon inlove icon inlove 40%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކައިލީ

16 September 2024

ޓުވީޓެއް ނޫން ކުރީ. ޓްރޫތް ސޯޝަލް ގަ ޕޯސްޓެއް ކުރީ އެހެން ކިޔާފަ

The name is already taken The name is available. Register?

1181

16 September 2024

ކާކުތަ ޓޭލާ ސްވިފްޓަކީ؟ އެއްވެސް މީހަކަށް އެނގޭތައެއީ ކާކު ކަން؟

The name is already taken The name is available. Register?

ކމެންޓް

16 September 2024

ފޮޓޯގަ އެހެރީ އެއަންހެން މީހާ..

The name is already taken The name is available. Register?

2362

16 September 2024

ނޭގޭ. ބުނެދީބަލަ

The name is already taken The name is available. Register?

ދަންބި

16 September 2024

އެހެރީނު ރަތް ޓައީ އެއް އަޅައިގެން

The name is already taken The name is available. Register?

ލޮލޮލޮލޮ

16 September 2024

ޓޭލާ ސްވިފްޓަކީ ކާރެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454