ޑިއޭގޯ ގާސިއާއިން މާލޭ އެއާޕޯޓަށް ފްލައިޓު ދަތުރުކުރި ރޫޓު --
15 ސެޕްޓެމްބަރ 2024 - 23:23
ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސްގައި އެމެރިކާގެ އަސްކަރީ މަރުކަޒު ހިންގަން ދޫކޮށްފައި ޑިއެގޯ ގާސިއާ އިން ރާއްޖެއަށް ޗާޓަރު ފްލައިޓެއް މިއަދު އަޅައިފި އެވެ.
ޑިއެގޯ ގާސިއާ އިން ރާއްޖޭގެ މައި އެއާޕޯޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މި ދަތުރުކުރީ ރާއްޖޭގެ ފުރަތަމަ ލަގްޒަރީ އެއާލައިން "ބިއޯންޑު"ގެ ބޯޓެއްގަ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލްސް މައުލޫމާތުގައިވާ ގޮތުން ބިއޯންޑުގެ "B4 3101" ފްލައިޓު ޑިއޭގޯ ގާސިއާއިން ފުރައިގެން އައިސް ރާއްޖެ ޖައްސާފައިވަނީ މިރޭ އިރާކޮޅު 07:14 ގަ އެވެ.
އަސްކަރީ މަރުކަޒުން ރާއްޖެއަށް މި ދަތުރުކުރި ސަބަބެއް، އަދި ޗާޓަރު ކުރީ ކޮން ބައެއް ކަމެއް ވެސް އަދި ސާފެއް ނުވެ އެވެ.
ނަމަވެސް، "ބިއޯންޑް" އިން މީގެ ކުރިން ވެސް އެކި ބޭނުންތަކަށް ފްލައިޓްތައް ޗާޓަރަށް ދޫކޮށްފައިވެ އެވެ. ސީރިއާގައި ތިބި ދިވެހިން ގެނައުމަށް ދިވެހި ސަރުކާރުން މީގެ ކުރިން ވެސް އެ އެއާލައިންގެ ފްލައިޓެއް ޗާޓަރު ކޮށްފައިވެ އެވެ.
ޑިއެގޯ ގާސިއާއަކީ އިންޑިއާ ކަނޑުގައި ރާއްޖޭގެ ދެކުނުން 500 ކިލޯ މީޓަރު ދުރުގައި އޮންނަ ޗާގޯސް އައިލެންޑްސްގައި ހިމެނޭ 60 ރަށުގެ ތެރެއިން އެއް ރަށެވެ.
މޮރިޝަސްއަށް މިނިވަންކަން ދިނުމަށް ފަހު އޭގެ ބަދަލުގައި އެ ގައުމާ ޗާގޮސްގެ ރަށްތައް ވަކިކޮށް އިނގިރޭސިންގެ ބާރު ހިނގާ ގޮތަށް ބަދަލުކުރުމަށް ފަހު 1970ގެ ތެރޭގައި ޗާގޮސްގެ ރަށްތަކުން ގަދަކަމުން މީހުން ބޭލުވި އެވެ. ޗާގޮސްގެ މައި އަތޮޅު ކަމަށްވާ ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ މަރުކަޒު ހިންގަން އެތަން ފަހުން ކުއްޔަށް ދިނީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާމިޔާބެއް
17 September 2024
ގެއްލުނުކަމަށް ކިޔާ ކަނޑު ނުހޯދުނަސް އެތަނުން ޗާޓަރު ފްލައިޓެއްގަ ކޮންމެވެސް އެއްޗެއް ގެނެއްސި.
އިހްސާސް
16 September 2024
މިލިޔުމުގަ އިނގިރޭސިން މޮރިޝަސް އަތުން ޗާގޯސް އަތުލީއޭތަ މިބުނަނީ؟ ނޫނީ ދިވެހިންތަކެއް އެތާ އުޅެނިކޮށް އެމީހުން ޗާގޯސްއިން ބޭރުކޮށް އައްޑޫ އަފީފަށް ހެދިހެން މޮރިޝަސްއަށް ފޮނުވާލީއޭތަ މިބުނަނީ؟
ޖކލލކ
17 September 2024
އެތަނުގަ އެއްވެސް އިރެއްގަ ދިވެހިންނެއް ނޫޅޭ. ޗާގޯސް ހޯދަން އެދި އުޅޭ އެ ރަށްތަކުގެ އަހުލުވެރިންކަމަށް ބުނާ މީހުން ނުބުނޭ އެއްވެސް އިރަކު ދިވެހިންނާ ގުޅުން އޮންނަ ކަމަކަށް. މިގައުމުގެ އެއްވެސް ވެރިއަކު ރަސްމީކޮށް އެތަން ހޯދަން އުޅެފައެއްވެސް ނެތް. އިހުގަ ބަޔަކު ކާށި ހޮވަން އަރާހާ ރަށެއް އެއީ އެބައެއްގެ ތަނެއް ކަމަށް ބުންޏަސް އެހާ ފަސޭހައިން އެހެން މިޒަމާނަކު ނުބެލެވޭނެ.
އެސިއްރު
16 September 2024
ދެން ބަލަ ރާއްޖޭގެ ރިސޯޓު ތަކެއް އެކި ބްލޮކު ކޮށްފަ ހުރިތޯ، ބައިޑަން ގެ ސިއްރު ޗުއްޓީ އެއްކަމަށްވެސް ވެދާނެ ހަމަ!!!
ޑރ ވާންޗޯ
16 September 2024
ބޮލެއްހުރި މީހަކަށްވިއްޔާ އެނގޭނެދޯ އަގުބޮޑު ޗާޓަރފްލައިޓެއްގަ ތޮށިމަތިން ގަލެއްނުގެންނާނެކަން.
ޑރ ވާންޗޯ
16 September 2024
ޗޭގޯސްވީނު، އަނެއްކާ އެތަނުގަތިބި ލަންކާ ރެފިއުޖީންތަށް ރާއްޖެއަށް އަޅާލީތަ؟.
ކޮބާމައްސަލަ
17 September 2024
ޗޭގޯސްއަކީ ރާއްޖޭގެ ތަނެކޭ ކިޔަންޏާ ދެން ދިމާވާނެ ހިތްނުރުހޭ ކަންކަންވެސް ހުންނާނެ
ސީޒަން ޖެކްޝަން
16 September 2024
މީގެ 4 އަހަރާ 3 މަސްފަހުން ޗާޓަރު ޕުލައިޓެއް ނޯންނާނެ. އޮންނާނީ މޯލްޑިވިއަން.
ފިލިއަފީފު
16 September 2024
އެބަ ޖެހޭ މުޅި އައްޑު އަތޮޅުވެސް ހުސްކޮށްފަ އެމެރިކާ ނޫނީ ރަޝިޔާ ނޫނީ ޗައިނާއަށް ބޭސް ހަދަން ދޭން! އޭރުން ޑޮލަރު ބޯކޮށް ލިބޭނެ. އަދި އޭރުން އިންޑިޔާގެ ބާ ހެލިކޮޕްޓަރުވެސް ޖެހޭނީ ރާއްޖެ ދޫކޮށް ބިރުން ފިލާ ދާން!
ވީބީ
16 September 2024
އެއްބައެއްގެ އަޅުވެތިކަން ނިންމާކަށް އަނެއްބައެއްގެ އަޅުވެތިކަމަކަށް ވެއްޓެއެއްނުގަނެވޭނެ.
ގރހޑ
16 September 2024
ކ.މާލޭ މީހުންނާއި ތިރަށުގެ ސަރުކާރުން އުޅުނު ހުވަދޫ އަތޮޅު ތިނަދޫ ފަޅުކުރަންވެސް. އެކަން ކުރެވުނުތަ ؟ ކަލޭމެން އުލެއުޅެ އަދިވެސް ތިއުޅެނީ އައްޑުއަށް ގޮތެއް ހަދާ ނުލެވިގެން. ތިހެން ތިބެ ތެޅޭވަރަކަށް ހުޅުނބު ދާނީ. މަޑުންތިބޭ ތިތަމެއް ނުވާނެ.
ހިތަދޫ ހުސެން
16 September 2024
ފެށުނީ ދެން އަނެއްކާ މި ހަފްތާގެ އިދިކޮޅުން މުޅިން ދައްކާނީ ޗާގޮސް އިން ގެނައި ކަޅު ފޮއްޓެއްގެ ވާހަކަ. ހުވާ މިބުނީ ބޮލާ ނޮހޮރޮއްޕާން
ކިހާ
16 September 2024
މިކަހަލަ ރައްޔިތުންގެ މަސްލަހަތާ ގުޅިފަ ހުންނަ ކަންތަކުގެ މައުލޫމާތު ސަރުކާރުން ދޭންޖެހޭ އެތަނަކީ އާންމު ރައްޔިތުން ދިރިއުޅޭތަނެއް ނޫން. ނޫނީ ޔޯލައަށް ވާހަކަ ފެތުޜޭނީ
މަސްލަހަތުބެ
16 September 2024
ރައްޔަތުންގެ މަސްލަހަތާ އެތާނގަ ތިބި ބަޔަކު ފްލައިޓެއް ޗާޓަރ ކޮށްގެން ރާއްޖެ އައުމާއި ގުޅެނީ ކިހިނެއް؟ ރާއްޖެ ތަނެއްތަ އެއީ؟ ނޫނީ ރާއްޖެ އައުން މަނާ ސަރަހައްދެއްތަ؟
ކޮލާ
16 September 2024
ހަމަގައިމުސް އެތަކުން ކާސިމްބެއާއި އައިމިނާދީ އެއް ނާންނާނެ . މިލިޓަރީ ބެސް އަކުން ޕްރިވެޓް ބޯޓެއް ހަޔަކޮއްގެން ގެނައީ ކޮން އެއޗެއްތޯ ރައްޔިތުން ބަލަންބެނުންވާނެ
2024
16 September 2024
މަލިކު ހޯދުން ކިހާހިސާބެއްގަ އޮތީ..... ބޮއިހަލަކި
ނަންރީރި
16 September 2024
ބޮއިބޮއި ހަލާކުވިޔަސް މަލިކު ނުލިބޭނެ. މަލިކު އިންޑިޔާ ދަށަށް ދިޔައީ މަލިކު ރައްޔިތުންގެ ރުހުމުގައި. ހަނގުރާމަ ކޮށްގެން ހިފާފައޮތް ތަނެއްނޫން.