ބަންކަރިންއަށް ގެނައި ދެވަނަ ބޯޓު. ފުރަތަމަ ބަންކަރިން ހިދުމަތް ދެނީ ލަންކާ އާއި ރާއްޖެއާ ދެމެދު ދަތުރު ކުރާ ބޯޓަކަށް -- ފޮޓޯ: މިހާރު
17 ސެޕްޓެމްބަރ 2024 - 10:56
ރާއްޖޭގައި ރަސްމީކޮށް ބަންކަރިންގެ ހިދުމަތް ދޭން ފަށަން ތައްޔާރުވަމުން އަންނައިރު، އެ ހިދުމަތް ފުރަތަމަ ދޭނީ ސްރީ ލަންކާގެ ކޮލަންބޯ އިން ރާއްޖެއާ ދެމެދުގައި ދަތުރުކުރާ ބޯޓަކަށް ކަމަށް އެސްޓީއޯ އިން މިއަދު ބުނެފި އެވެ.
ބަންކަރިން ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު އެވެ.
އެސްޓީއޯ އިން ބުނީ، ކޮލަންބޯ އާއި ރާއްޖެއާ ދެމެދު ދަތުރުކުރާ ވައިސީ ބެރިއާ އަށް ހިދުމަތް ދެނީ ތާވަލް ކޮށްގެން ކަމަށެވެ. އޭގެ ކުރިން އެ ބޯޓު ބަންކަރު ކުރަމުން އައީ ކޮލަމްބޯގަ އެވެ. ސަބަބަކީ ލޯ ސަޕްލައި ފިއުލް ރާއްޖެއިން ނުލިބޭތީ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
އެ އުޅަނދަށް މަހެއްގެ މައްޗަށް 200 ޓަނުގެ ތެޔޮ ބޭނުންވެ އެވެ. އުޅަނދުގައި 1،100 ކޮންޓެއިނަރު އުފުލުމުގެ ގާބިލުކަން ހުރެ އެވެ.
އެސްޓީއޯގެ އޮފިޝަލް ވިދާޅުވީ، ބައިނަލްއަގްވާމީ ބަންކަރިންގެ ހިދުމަތަށް އެދި މިހާރު ވެސް ބުކިންތައް ލިބެމުން އަންނަ ކަމަށެވެ. ހިދުމަތް ފަށައި، އިތުރަށް ފުޅާކުރުމުން މާކެޓް ވަރުގަދަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
ބަންކަރިންގެ ހިދުމަތް ދޭން ބޭނުންކުރާ ދެ ބޯޓު މިހާރު ވަނީ ރާއްޖެ އަށް ގެެނެސްފަ އެވެ. އެ ދެ ބޯޓުގައި ވެސް 3،200 ޓަނުގެ ތެޔޮ އުފުލުމުގެ ގާބިލުކަން ހުންނާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
އިހަވަންދިއްޕޮޅުގައި "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" ގާއިމްކޮށް، އިންޓަނޭޝަނަލް ބަންކަރިން ފެސިލިޓީ އެޅުމަށް އެސްޓީއޯ އިން ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ "ވިޓޯލް" އާ އެކު އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މާޗު މަހު އެވެ.
ރާއްޖެ އޮންނަ ސަރަހައްދުގެ ގޮތުން އިހަވަންދިއްޕޮޅު ކައިރިން ދުވާލަކު 300 އަށް ވުރެ ގިނަ އާގު ބޯޓު ދަތުރުކުރާ ކަމަށް ސަރުކާރުން ބުނެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލައްޓިކެޔޮޅު
19 September 2024
ކޮލަމްބޯއާ މާލެއާ ދެމެދު ދަތުރު ކުރާ ބޯޓަކަށް ހއ. އިން ތެޔޮއަޅަން ބޯޓުގެ އެޖެންޓް ނުވަތަ ވެރިން ނިންމީ ހަމަ އެތަނުން ވިއްކާ ތެޔޮ އަގުހެޔޮވެގެންތޯ، ތިޔަ ބޯޓު ތެޔޮ އަޅަން ކުރަންޖެހޭ ދަތުރާއި އެއަށް ޚަރަދުވާ ތެލާއި އެހެނިހެން ޚަރަދުތަކާއި ގެއްލޭ ވަގުތަށް ބަލާއިރު ބޯޓު އޮޕަރޭޓްކުރާ ކުންފުންޏަށް ތިއީ ފީސިބަލް ކަމަކަށް ވެދާނެބާ. ނޫނީ އެސްޓީއޯ ބޯޓެއްވީމާ ރައްޔިތުން ލޮލުގައި އަދުން އަޅުވަނީބާ
ގުދުގުދާބެއްޔާ
19 September 2024
ހެހެހެ! އެސްޓީއޯއިން ތެޔޮ އެތެރެކުރާ ކުންފުނިން ގަތް 5 މިލިޔަން ޑޮލަރަށް ގަތް ތެޔޮބޯޓްގެ އުމުރަކީ އެބަތްދުވަހުން ފެށިގެން މިއަދާ ހަމަޔަށް 13 އަހަރު. އެސްޓީއޯއިން 5މިލިޔަންޑޮލަރ ދައްކާ5 އަހަރުން ނިންމާގޮތައް!އޭރުން ބޯޓްގެ އުމުރު17އަހަރުވާނެ. ބޯޓެއް ދުއްވޭނީ 20 އަހަރުދުވަހު! މިކަހަލަ ބޭކާރު ކަންތައް މިސަރުކާރުން މިކުރަނީ!
މިސްޓަރ ޓިނޭ
18 September 2024
ތެޔޮ ރިޔާޒު އާ ތެޔޮބުރުމާ އަށް ފީފާއެއް
ލަދުވެތި
18 September 2024
ބަންކަރިން ޚިދުމަތް ދޭންފަށާފައި 20 ދުވަސް ނުވަނީސް ފައިދާ ނުވޭ ކިޔާފައި ހުއްޓާލާށެވެ. ސަބަބަކީ ސުރީލައްކާއާއި އިންޑިޔާއިން ވެރީންނަށް ލާރި ކޮޅެށް ދޭންބުނީމާ ހުއްޓާލާނީއެވެ. މިސާލަކަށް ސައިފަތް ދަނޑު، ހުޅުމާލޭގައި އެޅި ސިޓީ ހޮޓާ، މިފްކޯ މިފަދަ ކަންކަމުން ވާނުވާ އެގޭތީއެވެ. ރާއްޖޭގައި މަސައްކަތްކުރާ ބޭރުކުންފުނިތަކަށް ބޮޑެތި ފައިދާތަށް ވާއިރުގައި ރާއްޖޭގެ ކުންފުނިތަށްދަނީ ދަރަމުންނެވެ. މީ މިގައުމުގައި އިޚުލާސްތެރީން ނެތުމުން ވާކަންކަށް ޔަގީނެއެވެ.
މުޑަހަންޖާ
17 September 2024
1000 ކޮންޓޭނަރު އުފުލާ ބޭރުގެ ބޮޑެތި އާގުބޯޓުފަހަރު ހަދާފަ ހުންނަނީ ދާންވާ ހިސާބަށް ނުދެވެނީސް ތެޔޮހުސްވެގެން ރާއްޖެއަށް ކާރިކޮށްފަ ތެޔޮއަޅާގޮތަށްތަ.
ރޯނު
18 September 2024
މަނިކުފާނަށް އެނގިވަޑައިނުގަތަަސް، އެކަން އޮތީ ހަމަ އެހެން. ގިނަ ލޯންގް ރޭންޖެ ކާގޯ ސާރވިސް ތަކަކީ، މަދުވެގެން 1 ރީފިއުލް ސްޓްޕް ބޭނުންވާ ދަތުރުތައް. އާގު ބޯޓުގައި މުޅި ދަތުރަށްވާވަރު ބޮޑު ތެޔޮ ޓޭންކެއް ބައިންދައިން ދެން ތިޔަ ވިދާޅުވާ 1000 ކޮންޓޭނަރު ބަހައްޓާނީ ކޮންތާކުތޯ؟
5898
18 September 2024
އެބޯޓުތައް ހުންނަނީ ދުނިޔެވަށާ 3 ބުރު ޖެހިއަސް ހުސްނުވާގޮތަށް. ނުވަތަ ރާއްޖޭން ތެޔޮއަޅަން ނުޖެހޭގޮތަށް. ތެޔޮ ވަޅަކަށްވުރެ ގިނައިން ތެޔޮ ހުންނަގޮތަށް.
ދަގަތްފާނު
17 September 2024
އަރަބި ގައުމުތަކުން ފުރައިގެން ޔޫރަޕަށްދާ ބޯޓުފަހަރުވެސް ދެން ދާނީ ތިޔަ ބޯޓާ ކާރިކޮށްފަ ތެޔޮއަޅައިގެން ތޯއްޗެ.
ވަނަވަަރު
17 September 2024
ނެދަލޭންޑު ކުންފުންޏެއްވެސް މިހާރު މިދޭތެރެއަށް ބޭނިގަތީ؟
މިމްރާހް
17 September 2024
ސަރުކާރުން ލަފާކޮށްފަ އޮތީ ފުރަތަމަ އަހަރު އެކަނިވެސް 400 މިލިޔަން ޑޮލަރ އިގްތިސާދަށް ވަންނާނެ ކަމަށް. ބަރާބަރު ކަމެއް
ފަރުހާދު އިސްމާއިލް
17 September 2024
މި ސަރަހައްދުން މަދުވެގެން 300 ބޯޓް ދޭ. 1% ބޯޓުން ތެޔޮ އެޅިޔަސް މިގައުމުގެ އިގްތިސާދަށް ބޮޑު އެއްޗެއް ވަންނާނެ
މައީނީ
17 September 2024
ޢެއީ 3 ބޯޓު
ބައިނީ
17 September 2024
ހަބަރު ކިޔާބަލަ. ދުވާލަކު 300 ބޯޓޭ.އެހެންވީމާ އަހަރަކު 365 ދުވަހު ކޮންކެ ދުވަހަކު 3 ބޯޓު. ޖުމްލަ 1095 ބޯޓު. ބަލާ ބޯޓަކުން ފައިދާ 60 ޑޮލަރު ލިބުނަސް އަހަރުކު 1 ބިލިއަން ރުފިޔާ ފައިދާ. 60 ޑޮލަރު ފައިދާ ވާނީ 300 ޑޮލަރު ނުުސީދާ މުއާމަލާތާއެކު.
ތަމީމު
17 September 2024
ދުވާލަކު 300-400 ބޯޓު ދަތުރު ކުރަނީ، ރާއްޖެ ހުރަސްކޮށް.. އޭގެ %1 އަކީ، އަހަރަކަށް، އެވެރެޖް 1095 ބޯޓު....
އަމީން މުހައްމަދު ހަމީދު
17 September 2024
ބަންކަރިންއާއެކު މިގައުމު އިގްތިސާދު ބޮޑުތަނުން ކުރިއަރާނެ. ޑޮލަރ ބޮޑުތަނުން ވަންނާނެ
ކީއްކުރާނީ
19 September 2024
އަހަރެމެން ހީކުރީ ރިސޯޓުތަކުންވެސް ބޯކޮށް ރާއްޖެއަށް ޑޮލަރު ވަންނާނެކަމަށް، އެކަމަކު ފަހުން އެގުނީ ހުރިހާ ޑޮލަރެއް ބަހައްޓަނީ ބޭރުގެ އެކި އެކައުންޓްތަކުގައިކަން، ތިޔަ ބަންކަރިން އިންވެސް ހުރިހާ ޑޮލަރެއް ޖަމާވާނީ ތިޔަ ވިޓޯލްގެ އެކައުންޓަށް، އެސްޓީއޯއަށް ލިބޭނީ ދިވެހި ރުފިޔާކަންނޭގެ، ރައްޔިތުން ޖެހޭނީ ހާލުގަ،