ޑރ. ޝަޒްރާ (ކ) އާއި ޝާދިޔާ ފަލަސްތީނުގެ ހައްގުގައި އަޑުއުފުލަނީ: ޝާދިޔާ ބަންދުކުރި މައްސަލަ ވަނީ ހައި ކޯޓަށް ހުށަހަޅާފައި
19 ސެޕްޓެމްބަރ 2024 - 14:35
ރާއްޖޭގައި ހުރި ބައެއް އެމްބަސީތައް ކައިރީގައި އިޒްރޭލާ ދެކޮޅަށް އަޑު އުފުލަމުން ދަނިކޮށް ހައްޔަރުކުރި އައިޝަތު ޝާދިޔާ ބަންދުކުރި މައްސަލަ އޭނާގެ ފަރާތުން ހައި ކޯޓަށް ހުށަހަޅައިފި އެވެ.
އެމްބަސީތައް ކައިރީގައި އަޑުއުފުލި މައްސަލާގައި، ޑރ. އިޔާޒް އަބްދުއްލަތީފްގެ އަނބިކަނބަލުން ޝާދިޔާގެ އިތުރުން ޑރ. ޝަޒްރާ އިބްރާހިމް ހައްޔަރުކުރީ މިދިޔަ މަހުގެ ފަހުކޮޅެވެ. އެ މީހުންގެ ބަންދުގެ މުއްދަތު ދެ ފަހަރެއްގެ މަތިން ކްރިމިނަލް ކޯޓުން އިތުރު ކުރުމަށްފަހު މިމަހު ކުރީކޮޅު ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.
ޝާދިޔާ ބަންދުކުރަން ކްރިމިނަލް ކޯޓުން ދެ ފަހަރެއްގެ މަތިން ނެރުނު އަމުރު އިސްތިއުނާފް ކުރަން އޭނާގެ ފަރާތުން ހައި ކޯޓަށް ހުށަހަޅާފައި ވިޔަސް، އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.
އެ މައްސަލާގައި ފުލުހުން ބުނެފައިވާ ގޮތުގައި އެ މީހުން ހައްޔަރުކުރީ އެމްބަސީތައް ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭލެވުމާއި ބޭ އަދަބީ ބަހުން މުއާމަލާތު ކުރުމުގެ އިތުރުން ސަފީރުންނަށް އުނދަގޫވާ ގޮތަށް އަމަލު ކުރުމުންނެވެ.
ފުލުހުން ބުނީ އެކަން އެގޮތަށް ނުކުރަން ނަސޭހަތް ދިނުމުން ވެސް އެކަން ހުއްޓާނުލި ކަމަށެވެ.
ޝާދިޔާ އާއި ޑރ. ޝަޒްރާ އަކީ ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރުމާއި އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމާއި އެ ގައުމުން ހިންގާ ގަތުލު އާންމަށް ތާއީދުކުރާ ބްރޭންޑްތައް ބޮއިކޮޓްކުރަން ރާއްޖޭގައި ހަރަކާތްތައް ރޭވުމާއި ހިންގުމުގައި އުޅުނު ދެ މީހުންނެވެ.
އެމީހުން ބަންދުކުރުމާ ގުޅިގެން އަދާލަތު ޕާޓީ އާއި އެމްޑީޕީގެ އިތުރުން އާންމުން ވެސް ކަންބޮޑުވުން ފާޅުކުރި އެވެ. އެކަމަކު އެކަން ސަރުކާރުގެ އިސް ބޭފުޅުން އެކަން ދިފާއު ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާވެރިބެ
20 September 2024
ކޮންމެ ތާކަށް ހުށަ ހެޅިޔަސް ބޭރުގައުމުތަކުގެ ޑިޕްލޮމެޓުންނަށް ފުރައްސާރަ ކުރުންވާނީ ކުށަކަށް. މާދަން އައިސް ސިފައިންގެ ކުރިމަތީ ފަލަސްތީނޭ ކިޔާފަ ހަޅޭއްލަވަން ފަށައިފިއްޔާ ޔޯ؟ ހަމަ އަޅާ ނުލަންވީ؟
ކުމާރުބެ
19 September 2024
ތެދެއް, އިންޑިޔާ އެންބަސީ ފިޔަވާ , އެހެން އެހެން އެންބަސީ ކާރި މުޒާހިރާ ކޮށްގެން ނުވާނެ, އެހެން ސަފީރުންނަށް އުދަގޫވާނެ, އިންޑިޔާ ސަފީރު ފިޔަވާ.
ރާވެރިބެ
20 September 2024
އެއްވެސް އެމްބަސީ އެއް ކައިރީގަ މުޒާހިރާ ނުކުރެވޭނެ. އަމުދުން މެ ދެ އަންހެނުން ކުރީކީ 'މުޒާހިރާ' އެއްނޫނޭ. ހަމަ ގަސްދުގަ ސައޫދީ ސަރުކާރަށް ފުރައްސާރަ ކުރަން އެއްޗެކޭ ކިޔައިގެން ހަޅޭއްލެވީ.
raajje
19 September 2024
ބަންދުކުރާގޮތަށްއުޅުނީމާބަންދުކުރީ، ފުލުހުން އަމަލުކުރިގޮތާމެދު %100 ތާއީދު، ކޯޓަށްދާންޖެހޭކަމެއްނޫން ވަރަށްސާފު އެންބަސީތައްކައިރީ މުޒާހަރާކުރުމަކީ ހުއްދަކަމެއްނޫން! ފަލަސްތީނަށް ތާއީދުކުރަން ރާއްޖޭގެ ގަވައިދުތަކާ ގާނޫނާހިލާފަށް ޢަމަލުކުރުން އޯކޭއެއްނުވާނެ، ތިހެންކުރާމުޒާހަރާއަކުން ފަލަސްތީނުމައްސަލައަށް އެއްވެސްހައްލެއްލިބޭތަ؟ ނޯ، ހަގީގަތުގައި ފަލަސްތީނާއެކުގައިވާނަމަ އެހެންކޮންމެވެސްގޮތަކަށް ތިކަމާކުރިމަތިލާބަލަ! ބޭނުންވަނީހައްލު ހޭކުމެއްނޫން!
އަޅި ބުރުވާ
19 September 2024
ދެއަންބަތް މީހުންނާއިންނަން އެއްމެ ގިނައިން އިރުސާދު ދެނީ މި ސެއިހު! އެކަމަކު ސޭހު މިހުރީ މުޒާހަރާއެއްގެ ދަށުވެ ފިތިފަ! އަންހެނުން މުޒާހަރާއަށް ފޮނުވާފަ ސޭހު މިސްކިތުގަ ދަރުސް ދިނުމުގަ!
ބާބް
19 September 2024
ޖެނީވާ ކޮންވެންޝަންގައި އަދި ބައިނަލް އަގުވާމީ ގާނޫނުގައި ޚާއްސަ އިނާޔަތާއި ހިމާޔަތްދިނުމަށް ގައުމުތަކުން އެއްބަސްވެފައިވާ ތަންތަން އެމްބަސީ ތަކަކީ. ހީވަނީ ތި މައްސަލަ ވެއްދިމީހާގެ ފޫކޮޅުގައި ސައްޕެއް ޖަހާނެހެން.
ހޮޓްކިންގ
20 September 2024
ތިބުނާ ޖެނީވާ ކޮންވެންޝަންގަ އޮވޭދޯ އެމްބަސީ ހިންގަން ކުއްޔަށް ހިފާ އަމިއްލަ ފަރުދުންގެ ގޯތިގެދޮރަށް ކުލި ނުދޭންވެސް.
އަޅި އަލި
19 September 2024
އިޔަޒު ބުނާނެ އަންހެނުންނަކީ ގޭގައި ޕްރިންސެސް ހެދިފަ ތިބެންޖެހޭ ބައެކޭ! ތިޔަކިޔާ އެއްޗަކާ މަންޒަރަކާ ދިމާ ނުވޭތޯދޯ!
މިއނީ
19 September 2024
މިސްކިތުގަ ނަމާދު ކުރުމައްވުރެ ރަގަޅީ ގޭގަ ނަމާދު ކުރުން، އެކަމަކު އަޑުގަދަކުރާ ހިފައިގެން ރަށުތެރޭ ދުއްޕާން ކުރުން އޯކޭ.
ހުސްނުބާނޫ
19 September 2024
ހެޔޮނުވާނެ، މިލިޓަރީ ގާނުނަކުން ނަމަވެސް ތިމީހާ ހައަޔަރުކޮށްފަ ބަގައްޓަބަލަ. އަހަރެމެންނަށް ތިދެމީހުނާހެދި ބޮޑު އަނދަގުލަކަށް ވެއްޖެ. އަހަރެމެންނަކީ ޓޫރިޒަމުން ލިބޭ އެއްޗަކުން ދިރިއުޅޭ ބައެއް. ތިދެމީހުންގެ ހާސަރުބޮނޑި ހިފައިގެން ބައެއްދުވަސް ދުވަހު ތިބޭނެ ޓޫރިސްޓުން ހިނގާބިނގާވެ އުޅޭ ޖެޓީ ހައެކާއި އަށަކާއި ދެމެދުވެސް. އަމިއްލަ ގައުމަށްވެރެ ފަލަސްތީނު އިސްކުރަންޏާ އެތާގަ ދިރިއުޅެން ދޭބަލަ. ކޮންމެހެން އަހަރެމެންނަށް އުނދަގޫ ކުރާނެކަމެއް ނެތް.
ޑރ ވާންޗޯ
19 September 2024
ތިމައްސަލަ މާރަނގަޅަށް ބެލޭނެ އެމްބަސީއަށް ހުށައެޅިނަމަ!!!!.
ކުރަގަނޑު
19 September 2024
މޯދީއަށް ޖެއްސުންކުރި ތިން މީހުން ދައުލަތުގެ ރަސްމީ ހައިސިއްޔަތުން އެކަން ކުރީމާ ވެސް ވަޒީފާގައި ތިބީ އޭގެ ތެރެއިން ދެމީހަކު ހިތަށް ފެނިގެން އިސްތިއުފާ ދެންދެން. އެކަމަކު ސައުދީ ސަފީރަށް ފެންނަ ތާކު ދެ އަންހެނަކު އިހްތިޖާޖެއް ކޮށްލިކަމަށްޓަކައި މި ވަރެއް ވާން ޖެހޭތަ ؟
ގަމޜ
19 September 2024
ދިވެހި ފުލުހުންނައްއެގޭނެ ބާ ބޭ އަދަބީ ބަހުން މުއާމަލާތު ކުރުމަކީ ކޮބާކަން ފަލަސްތީންގެ ހާލަތު ބުނުމަކީ ބޭ އަދަބީ ބަސްތޯ ....... މީ އިސްލާމީގައުމެއްތޯ؟ އެ މައްސަލާގައި ފުލުހުން ބުނެފައިވާ ގޮތުގައި އެ މީހުން ހައްޔަރުކުރީ އެމްބަސީތައް ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭލެވުމާއި ބޭ އަދަބީ ބަހުން މުއާމަލާތު ކުރުމުގެ އިތުރުން ސަފީރުންނަށް އުނދަގޫވާ ގޮތަށް އަމަލު ކުރުމުންނެވެ.
މިއޮއް ފަލަސްތީނެއް
19 September 2024
ހަމަ ހޭގައިތަ ތިހުރީ. އިސްލާމީ ގައުމަކީ ރާއްޖެ އެކަނިތަ؟ މިތާގައި ރާ ލިބެން ހުންނަންޏާ ކަލޭމެން ރާބޯނެ. ޖުވާ ކުޅެެެވެންޏާ ޖުވާ ކުޅޭނެ. ނާސިގެ ހުންނަންޏާ އުޅޭނީ އެތަންތާގައި. މުސްލިމުންނަށްވަނީ ފަލަސްތީނުގެ ވާހަޖަ ދެއްކީމަ ދޯ؟ ފަލަސްތީނޭ ކިޔަން ޖެހެނީ ރާއްޖޭގެ މީހުން އެކަނިތަ. ދޭބަލަ ފަލަސްތީނަށް ކަލޭމެން އުޅެން.
އެހެނަސް
21 September 2024
ބޭއަދަބީ ބަސްވާނީ ބޭ އަދަބީ ބަހައް ފަލަސްތީނައް ނަސްރު ލިބޭތޯ ނޫނީ ގައިދާވޭތޯ ދަފީރުންނައް ޖެއްސުން ކުރީމަ. ބޮޑައް ބެލެވެނީ ތިޔައީ އެހެން ކަހަލަ ކަމަކާ