އިޒްރޭލްއާ ދެކޮޅަށް އެމްބަސީތަކުގެ ކައިރީގައި މުޒާރަހާ ކުރަނިކޮށް ހައްޔަރުކުރި ދެ މީހުން: ޝަރުތުތަކާ އެކު މިއަދު ވަނީ ދޫކޮށްލާފައި
05 ސެޕްޓެމްބަރ 2024 - 13:32
ރާއްޖޭގައި ހުރި ބައެއް އެމްބަސީތައް ކައިރީގައި އިޒްރޭލާ ދެކޮޅަށް އަޑު އުފުލަމުން ދަނިކޮށް ހައްޔަރުކުރި ދެ އަންހެނުން ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލު އާންމާ ދެކޮޅަށް ބައެއް އެމްބަސީތައް ކައިރީގައި އަޑު އުފުލަމުންދާ މައްސަލާގައި ހައްޔަރު ކޮށްފައިވަނީ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒުގެ އަނބިކަނބަލުން ޢާއިޝަތު ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހީމެވެ.
ފުލުހުން ބުނީ އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން އެ ދެ މީހުން ޝަރުތުތަކާ އެކު ދޫކޮށްލަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. އެމީހުންގެ ބަންދު އިތުރު ކުރަން ކޯޓަށް ގެންދިޔައީ އެންމެ ފަހުން އެ މީހުން ބަންދަށް އިތުރުކުރި ފަސް ދުވަހުގެ މުއްދަތު މިއަދު ހަމަވާތީ އެވެ.
އެއްވެ އުޅުމުގެ ގާނޫނާ ހިލާފުވުމުން ކަމަށް ބުނެ ހައްޔަރުކުރި އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ފުރަތަމަ އިތުރުކުރީ ތިން ދުވަހެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އެ މީހުން ހައްޔަރުކުރީ ޑިޕްލޮމެޓިކް އެމްބަސީތައް ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑުގަދަކުރާ ބޭނުން ކޮށްގެން ހަޅޭލެއްވުމާއި ބޭ އަދަބީ ބަހުން މުއާމަލާތު ކުރުމުގެ އިތުރުން އެމްބަސީތަކާއި ސަފީރުންނަށް އުނދަގޫވާ ގޮތަށް އެ މީހުން އަމަލު ކޮށްފައިވާތީ ކަމަށެވެ.
މީގެ އިތުރުން އެކަން އެގޮތަށް ނުކުރަން ނަސޭހަތް ދިނުމުން އެކަން ނުހުއްޓާތީ އެ މީހުން ހައްޔަރުކުރީ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ޑރ. ޝާދިޔާ އާއި ޝަޒްރާ އަކީ ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރުމާއި އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުމާއި އެ ގައުމުން ހިންގާ ގަތުލު އާންމަށް ތާއީދުކުރާ ބްރޭންޑުތައް ބޮއިކޮޓް ކުރަން ރާއްޖޭގައި ހަރަކާތްތައް ރޭވުމާއި ހިންގުމުގައި އުޅޭ ދެ މީހުންނެވެ.
އެ ދެ މީހުން ބަންދު ކުރުމާ ގުޅިގެން އަދާލަތު ޕާޓީއާއި އެމްޑީޕީގެ އިތުރުން އާންމުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަމަވެސް، ސަރުކާރުގެ ބައެއް އިސް ބޭފުޅުން ވަނީ އެކަން ދިފާއުކޮށް ވާހަކަ ދައްކައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާވެރިބެ
05 September 2024
މި މީހުން ދެން މިކުށް ތަކުރާރު ކޮށްފިއްޔާ ޖަލަށްލާން ޖެހޭނެ. ޝޭޙުމެން ޖެހޭނެ ވިސްނަދޭން. މިފަދަ ފުރައްސާރަ ކުރާނަމަ ސައޫދީ އިން މިކަހަލަ ފުރައްސާރަ ކުރާ މީހުން އުމްރާ އަށް ދާން ވެސް ވިސާ ނުދީފާނެ. މީ ކުޑަ ކަމެއް ނޫން.
ހުސްނުބާނޫ
05 September 2024
ތިމީހުން ވަކިރަށަކަށް ފޮނުވަންވީ. ހައްގޭ ކިޔާފަ އެހެން މީހުންނަށް އުނދަގޫކޮށް އެހެން މީހުންގެ ހައްގަށް އެރިޔަސް ވަރިހަމަދޯ؟ މިގައުމު ހަލާކުރަން އުޅޭނެ ކަމެއްނެތް. ތިއީހަމަ ދެޖޯކަރުން. ނިކަން ހާހުން މީހުން އެއްކޮށްގެން މިޒާހަރާކޮށްބަލަ. ތިދެމީހުން ތިކުރާ ކަންތަކަށް އަހަރެމެން ކިޔަނީ ފަސާދަކުރުމާއި ނެތިމޮށުމޭ.
މިއައު
05 September 2024
އިންޑިއާ އައުޓް ގޮވި މީހުންނަށް ވެރިކަން ލިބުނީމަ..........
އައުޓޭ
06 September 2024
އިންޑިއާ އައުޓޭ ގޮވީ އިންޑިއާ އެމްބަސީ ބުޑުގަ އަޑުގަދަ ކުރާ ބަހައްޓައިގެން ތަ؟ ހިތުން ވަރަށް މޮޅު އެއްޗެއް ދޯ؟ އޭރަކު ވެސް މިތާ ހުރި އެމްބެސަޑަރަކަށް ބަޔަކު ނުހޮރޮއްޕާން ނުކުރޭ!
ސާގިޔާ
05 September 2024
މަގުމަތީގައި ހަޅޭއް ނުލަވާ ފަލަސްތީނަށް ފައިސާ ހަދިޔާ ކޮށްބަލަ