އެއާޕޯޓު ޓެކްސީ ކިއު: ޓެކްސީ ހިދުމަތް ދެން ދެވޭނީ ސެންޓަރެއްގައި ރެޖިސްޓްރީކޮށްގެން. -- ފޮޓޯ | މިހާރު
21 ސެޕްޓެމްބަރ 2024 - 10:23
ޓެކްސީ ރަޖިސްޓްރީކުރަން، ކުރިއެކޭ އެއްގޮތަށް ގަރާޖް ސިޓީ ހުށަހަޅަން ޖެހޭ ގޮތަށް އަނެއްކާވެސް ގަވާއިދު ބަދަލުކޮށްފި އެވެ.
ގަރާޖު ސިޓީ ހުށަހަޅަން ޖެހޭ ގޮތަށް ގަވައިދުގައި އޮތް އޮތުން އުވާލައި ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 10،000ރ. ދެއްކުމުން ޓެކްސީތައް ރަޖިސްޓްރީކޮށްދޭ ގޮތަށް ބަދަލު ގެނައީ، ކުރީގެ ސަރުކާރުން ސެޕްޓެމްބަރު 2023ގަ އެވެ.
އެކަމަކު މި ގަވާއިދަށް އަމަލުކުރުން މި ސަރުކާރުން އޮތީ މަޑުޖައްސާލައިފަ އެވެ.
ގަރާޖަކާ ނުލައި ފީއެއް ނަގައިގެން ރަޖިސްޓްރީކޮށްދިނުމަކީ ގާނޫނީ ގޮތުން އެކަން ކުރެވޭނެ ގޮތަކަށް ނުވާތީ ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އޭޖީގެ ލަަފައާ އެކު ގަވައިދު ކުރިން އޮތް ގޮތަށް ބަދަލުކޮށް ގެޒެޓްކޮށްފަ އެވެ.
މި ބަދަލާ އެކު ޓެކްސީ ރަޖިސްޓްރީކޮށްދޭނީ ގަރާޖެއް އޮވެގެންނެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ގަވައިދު ކުރިން އޮތް ގޮތަށް ބަދަލުކުރީ، ގާނޫނީ ގޮތުން ހުރި ފުށު އެރުންތަކާ އެކު އެގޮތަށް ކުރިއަށް ނުގެންދެވޭނެ ކަމަށް އޭޖީ އޮފީހުން ވެސް ލަފާ ދީފައި އޮތުމުން ކަމަށެވެ.
ގަރާޖް ސިޓީ ހުށަނާޅައި ރަޖިސްޓްރީކުރުމަކީ، ވެހިކަލްތަކުން ތޮއްޖެހިފައި އޮތް މާލެ ސަރަަހައްދަށް ބަލާއިރު ރަނގަޅު ކަމެއް ނޫން ކަމަށް ވެސް މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓްރީން އޮތީ ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮވެލި
21 September 2024
ޓެކްސީ ސެންޓަރަކީ ހަމަ ނަން ބޯޑެއް. އެމީޙުންގެ އަމިއްލަ ޓެކްސީ ހުންނަނީ ކީ އެއް ނޫން. ގަވައިދުން ކުރާ އެއްވެސް ކަމެއް ނޯވޭ. އެހެން ގައުމުތަކުގައި ސެންޓަރުތަކުގެ ޓެކްސީ ޑްރައިވަރުން ތިބެނީ ޔުނިފޯމް ލައިގެން. އެމީހުން ޖެހޭނެ މަގުމަތީ ގަވައިދުތަކަށް އެންމެ ފުރިހަމައަށް ބޯލަނބާ ބަޔަކަށް. އޫބަރ ސްޓައިލް ޕްރައިވެޓް ކާރުތަށް މާކެޓަށް އައިމާ ޓެކްސީ ހޯދަން ތަންކޮޅެއް ފަސޭހަ. މިހާރު ތިއުޅެނީ ވަކި ބަޔަކަށް ފައިދާ ހޯދާ ދޭން.
ދޮން
21 September 2024
ފުލެޓްގައި އުޅޭމީހުން ކިނެެތް ހަދާނީ ، ހަމަ މާލެ ގައި ގޯތި އޮތްމީހުން މުއްސަދި ވަނީ ، ޒަމާން ބަދަލުވެއްޖެ ފުލެޓް ރަޖިސްޓުރީ އަށް ކާރު ރަޖިސްޓަރ ކުރެވެންޖެހޭ ، ޕަބްލިކް ޕާކިން ހަދާ އެކަން ކުރެވޭ ހެދުމަކީ ސިޓީ ކައުންސިލާއި ދައުލަތުގެ ޒިއްމާއެއް،
ޗޯރު
21 September 2024
ބަރާބަރު.
އަނދުން ގަރާޖް
21 September 2024
ރަޖިސްޓްރީ ކޮށް ދޭންވާނީ ގަރާޖަކަށް އެ ގަރާޖެއްގެ ކެޕޭސިޓީ އަކީ 1 ކާރު ނަމަ 1 ކާރު.. މާލެ ފުރިފަ އެއޮތީ ގަރާޖު ތަކުގައި ހުރި ވެހިކަލް ތަކުން
ހުސް ވަގު ގަރާޖު މުޅި ރަށުގައި.
21 September 2024
މާލޭ މީހުން ގަރާޖު ވަގުސިޓީ ވިއްކުން ހުއްޓާނުލާނަމަ ތިކަން ހައްލު ނުވާނެ.
އުސްމާނުބެ
21 September 2024
ހުސް ވަގު ގަރާޖު މުޅި ރަށުގައި. ކެރެންޔާ ނިކަން ނުކުމެ ބަލާލަބަލަ ތިބުނާ ގަރާޖު ތައް ވަގު ސިޓީ ދޭން ތިބީ ނިކަން މާލެ މީހުން ތޯ ނޫނީ ތިބުނާ ރައްރަށު މީހުންތޯ ، ވެންމަސް ވެނައް ކާންދޭއިރުވެސް ނަންވާނީ މާލެ މީހުން ( މިހެން ބުނެވުނީތީވެސް މާފައް އެދެން )
ކޮބާތަފާތަކީ
21 September 2024
ވަގު ސިޓީ ވިއްކާ މީހާ އެކަނިތަ ގޯހީ؟ ގަންނަ މީހާ ހަމަ ރަގަޅު؟ ދެން މަޖްބޫރީ ހާލަތޭ ކިޔާފަ ނިންމާލާނީކީ ނޫން. މަކަރާ ދޮގުހެދުމާ އޮޅުވާލުމަކީ އޭގެ ގޮތުގަ ހަމަ ނުބައި ކަންކަން. ތެދުވެރިކަމާއެކު ކުރެވެން ނެތް ކަމެއްނަމަ އެކަން ދޫކޮށްލުމުގެ އިޚްތިޔާރުވެސް އޮންނާނެ.
ހަމަހުވާ މިބުނީ
21 September 2024
މާލޭމީހުންގެ ގޭގެ ތިރީގައި ފިހާރަ ހެދުންމަނާކޮށް އެގެއެއްގެ މީހުންގެ ސައިކަލާ ކާރާ ވައްދަން ގަރާޖުހެދީމަ ނުފުރޭނެ. ގަރާޖުސިޓީދީފަ ފިހާރަހަދައިގެން ދެކޮޅުން ފައިދާނަގަނީ.
ނަގިއްޔާ
21 September 2024
ތީހަމަ ހުސް ސޯލިހު ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން އަތަށްގޮވަން ދޫކޮށްލާފައި ހުންނަކަންތައް. އެެއްޗެކޭ ބުނާ މީހާގޯސްވާނީ. ކަމެއްވާއިރަށް ދެން ކީރީތިކުރައްވަނީ.
އަބުދާ
21 September 2024
ފުޅިބައްތި ދިއްލައިގެން އުޅުނު ޒަމާނަކީ ހާދަ ރަނގަޅުދުވަސްވަރެކޭ ހިތައް އަރަނީ މިހާރު.
އަޑަފި
21 September 2024
އެއް ލައްކަ ރުފިޔާ ދީފަ މާލެ މީހެއް އަތުން ގަރާޖު ސިޓީ ހޯދާފައި މަގުމަތީގައި ޕާކު ކުރަން ޖެހުނީމަ އެކަމުގެ ޒިންމާ ނަގާނީ ކާކު؟
ކީއްވެނުނަގަންވީ
21 September 2024
ތިބުނާ ގޮތަށް މާލެ މީހެއް އަތުން ގަރާޖު ސިޓީ ހޯދާ މީހާގެ ނެތްދޯ އެއްވެސް ޒިންމާއެއް އެއްވެސް ކުށެއް. އޮޅުވާލައިގެން ދޮގުހަދައިގެން ގަރާޖު ސިޓީއެއް ހޯދުން އެކަނިތަ އެމީހާ ކުރަން އޮންނަ ކަމަކީ؟ ތަނެއް ނެތިއްޔާ ވެހިކަލް ނުހޯދީމަ ނިމުނީނު.
އަނެއްރާޢްޖެ
21 September 2024
މިދިޔަ ސަރުކާރުން ކަންތައްތައް ލުއިފަސޭހަކުރަން ދެކޮޅުބެލުމެއްނެތި ކުރިކަންތައްތަކަކުން ހާދަ ބޮޑެތި މައްސަލަތަކެއް ދިމާވެފައި އެބަހުއްޓޭ. މެޑިކަލްހެދުން ހުއްޓަލުމުން ފައިލޭރިޔާ ޖެހިފައި ތިބިމީހުން ރާއްޖެއައި، މިކަހަލަ ކިތަންމެ ކަމެއް. ވޯޓެއްލީބޭނެ ކޮންމެކަމެއް ކުރަމުން ދިޔަ އެކަމުގެ ނެގެޓީވް ކޮންސިކްވެންސަކަށް ނުބަލައި.
ދޫނިބެ
21 September 2024
ލަހެއް ފަހެއްނުވެ ރަށު ސެންޓަރު އުފައްދާ ރަޖިސްރީކޮށްގެން މާލެ ސަރަހައްދަށް ގެނެސް ޓެކްސީ ކުރާނެ . ދެކޮޅު ނުޖެހޭ ގަވާއިދެއް
އަލިބެއްޔާގެ ކޮޔަ
21 September 2024
ޓެކްސީ ކާރުތައް ފަސޭހައިން ރަޖިސްޓަރީ ކުރެވޭނެ ގޮތެއް ހަދައިދީބަލަ ރައީސް.