ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ނޯމަލައިޒޭޝަން ކޮމިޓީ އާއި، ރާއްޖެ ވަޑައިގެން އުޅުއްވާ ފީފާގެ ވަފްދާ ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފު މިއަދު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2024 - 18:43
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ނޯމަލައިޒޭޝަން ކޮމިޓީ އާއި މިހާރު ރާއްޖެ އައިސް އުޅޭ އުޅޭ ފީފާގެ ވަފުދާ، ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފް މިއަދު ބައްދަލު ކުރައްވައިފި އެވެ.
ރާއްޖޭގެ ފުޓުބޯޅަ އިދާރާގެ ކަންކަން ހަމަޔަކަށް އަޅުވަން އުފައްދާފައިވާ ނޯމަލައިޒޭޝަން ކޮމިޓީގެ އެދުމުގެ މަތިން ބޭއްވި ބައްދަލުވުމުގައި އެފްއޭއެމްގެ ގިނަ އަދަދެއްގެ ފައިސާ އަށް ކުރީގެ މެނޭޖުމަންޓުގެ ދުވަސްވަރު ހިޔާނާތްތެރިވި މައްސަލައިގެ އެންމެ ފަހުގެ މައުލޫމާތު ޕީޖީ ހިއްސާކުރެއްވި އެވެ. އެ ހިޔާނާތުގެ ސަބަބުން އެފްއޭއެމަށް ގެއްލިފައިވާ ފައިސާ އާއި މުދާ އަނބުރާ ހޯދުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭގޮތުން ވެސް އެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.
އެފްއޭއެމްގެ ކުރީގެ ވެރިންގެ މައްޗަށް ހިންގަމުންދާ ޖިނާއީ ތަހުގީގާ ގުޅިގެން، އެ އިދާރާގެ މަސައްކަތްތައް އާންމު ހާލަތަކަށް ރުޖޫއަ ކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތުގައި ދިމާވާ ދަތިތައް އެފްއޭއެމްގެ ފަރާތުން ޕީޖީއާ ހިއްސާކުރި އެވެ.
މިދިޔަ ހަފުތާގައި މަގާމާގާ ހަވާލުވެވަޑައިގެންނެވި އައްބާސް ވަނީ ތަހުގީގީ އިދާރާތަކާ ގުޅިގެން އެކަންކަން ހައްލުކޮށް ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެފްއޭއެމްގެ ތެރޭގައި މިފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތަށް އަމާޒު ކޮށްގެން ނޯމަލައިޒޭޝަން ކޮމިޓީގެ މަސައްކަތްތައް ބައްޓަންކުރުމަށް އައްބާސް އެދިވަޑައިގަތެވެ.
އެފްއޭއެމާ ގުޅޭ ހިޔާނާތުގެ މައްސަލަތައް ފުލުހުން ތަހުގީގު ކުރަން ފެށީ ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ނެރުއްވި އަމުރަކާ ގުޅިގެންނެވެ.
އެފްއޭއެމްގެ އެކައުންޓުން އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އޭނާގެ އަމިއްލަ އެކައުންޓަށް 10،000 ޑޮލަރު ޖަމާކޮށް އެ ފައިސާ އަށް ހިޔާނާތްތެރި މައްސަލައިގައި އޭނާގެ މައްޗަށް ޕީޖީ އޮފީހުން ވަނީ މި އަހަރުގެ ކުރީކޮޅު ދައުވާކޮށްފަ އެވެ.
ކޮވިޑުގެ ދުވަސްވަރު ފުޓްބޯޅަ ކްލަބްތަކަށް ދިމާވީ މާލީ ދަތިތަކުން އަރައިގަތުމަށް އެފްއޭއެމުން، ފީފާ މެދުވެރިކޮށް ނެގި ލޯނު ފައިސާ އިން، ބައްސާމް ދެ އެޕާޓްމަންޓް ގަތް މައްސަލައިގައި ތަހުގީގު ނިންމައި، ދައުވާކޮށްދޭން އެދި ފުލުހުން ވަނީ މިދިޔަ ހަފުތާގައި ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަށީދު
26 September 2024
ބައްސާމު ތި ސަލާމަތްވީ. ބައްސާމަކީ ރައީސް މައުމޫނާ އާއިލީ ގުޅުން އޮންނަ ބޭފުޅެއް. ޕީ.ޖީ ޝަރީފް އަކީ ރައީސް މައުމޫނުގެ ލޯޔަރު.
ސްޓަންނޓްމޭން
26 September 2024
ޝަހީމް މިހާރު އެކަށްޗެއްވެސް ނުވޭ، ހަފްތާޔަކު އެއްހަބަރު. މިސޮރު ދުވާލަކު ދެހަބަރަށް އަރާ.
ޅިޔަނުބޭ
25 September 2024
އަހަރުމެން ބޭނުންވާ ސްޕީޑްގަ ކުރިޔަށް ނުދިޔަސް، ޒުހޫރުގެ ވާހަކަތަށް އަދި ރަނގަޅު. މައްސަލައަކީ އެ ފޮޓޯ ތަކުގަ ފޯނާ ކުޅެން އިންނަ މީހާ ކައިރި ކޮށްގެން އުޅޭތީ.އެކަން އަވަހަށް ރަނގަޅު ކޮށްލާ!!
ވެނަތިލޭޓަރު
24 September 2024
ފުޓުބޯޅައަށް ބެލިކަމުގައި ވިއަސް އަދި ގައުމުގެ ކޮންމެ ދިމާލަކަށް ނަޒަރު ހިނަގާލި ނަމަވެސް ފެންނަމުންދާނީ ކޮރަޕްޝަންގެ ސަބަބުން ގައުމު ހަފުސް ހަފުސްވެ ގޮަތްހުސް ވެފައިވާ މަންޒަރު .
އަބްޑޫޅް +
25 September 2024
ފެންނަނީ ވައްކަމާއި ޓެކުން. މިއީ ދިވެހިބަހުން ކިޔާގޮތް.
ބަޓާ
24 September 2024
މަހީކުރީ ފީފާގެ ވަފުދެކޭ ބުނީމަ ފީފާގެ ބިލްޑިން ކޮންސްޓްރަކްޝަން ޓީމެއްކަމަށް އަންނަނީ ޕެންޓްހައުސް ނަގަން.
ނަދީމް 1256
24 September 2024
ދެން ބައްސާމް ގެ މައްސަލް އަބުރާގެންދާނީ
ސޮނީ
24 September 2024
".... އެ ހިޔާނާތުގެ ސަބަބުން އެފްއޭއެމަށް ގެއްލިފައިވާ ފައިސާ އާއި މުދާ އަނބުރާ ހޯދުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭގޮތުން ވެސް އެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ." ޕެންޓް ހައުސް ނީލަން ކިޔާލަ، ހަމަޖެހުނީއެއްނުން.