މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން އެއާޕޯޓް ހިންގާ އޮޕަރޭޝަނުގެ ތެރެއިން --
24 ސެޕްޓެމްބަރ 2024 - 20:13
ފުލުހުންގެ ޑޯގް ސްކޮޑް ބޭނުންކޮށްގެން ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ، ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް، ކަސްޓަމްސް އާއި އެމްއޭސީއެލް ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
"މި މަސައްކަތުގެ ތެރެއިން ޑޯގް ސްކޮޑް އެއާޕޯޓުގައި ދަނީ ހަރަކާތްތެރިވަމުން،" ފުލުހުން ބުންޏެވެ.
މި ފަހުން ފުލުހުން ވަނީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބަޔަކު ހިފަހައްޓައިފަ އެވެ. އިނގިރޭސި ވިލާތަށް ރާއްޖެ މަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މެލޭޝިއާގެ ދެ މީހަކު ވެސް ދާދި ފަހުން ވީއައިއޭ އިން ހައްޔަރުކުރި އެވެ.
އަދި ރާއްޖެއަށް މަސްތުވާތަކެތި ގެނައި އުމުރުން ދުވަސްވީ ދިވެއްސަކު ވެސް މި ފަހުން ވަނީ ހައްޔަރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކ9ސކޑ
25 September 2024
ޑޯގް ސްކޮޑް އިތުރު ކޮށް އެއާޕޯޓުގަ އާއި ޕޯޓސްގަ 24/7 ހަރަކާތްތެރިވާންޖެހޭ ގޮތަށް ނިންމަންޖެހޭ ކަމެއް މީ
ޙީރް11
25 September 2024
ޑޯގް ޙަރާމް ޙަރާމް
މިޔޯ
25 September 2024
އެހާ މަދުން ބޭނުންކުރާތީތަ އެންމެ ދުވަހަކު ޚަބަރަކަށް އަރުވާލީ؟ ބާކީ އޮތްހާ ދުވަހު އެތަކެތީގެ ބޭނުން ކިހިނެތްބާ ކުރަނީ
ވަސް
25 September 2024
ތިހިރަ ބޮޑެތި ވިޔަފާރިވެރިންގެންނަ ގެންނަ ކޮންޓެއިނަރުތައް ބަލާ ފާސްކުރާނަމަ. އެއްއިރެއްގައި ގޮދަޑި ތެރެއިންވެސް ފެނުނީތާ.... ހަމައެކަނި އެއަރޕޯރޓުގައި ވަސްބަލައިގެން ނިންމާލަނީތޯ
ބުރުގާ
25 September 2024
ތީ ރާއްޖޭގެ ޕޮލިހުން ޑްރާމާ ކުޅެން ގެންގުޅޭ ޖަނވާރުތަކެއް. އިސްރާފުކުރާ ފައިސާ.
2024
25 September 2024
ތިޔަށްކުރާ ޚަރަދާއި، އޭގެ ނަތީޖާ ނުފެންނަނަމަ ތީ މިކުޑަ މުސްލިމް ގައުމުގަ ބޭކާރުކަމެއް.... ބޮއިހަލަކި
ސަލީމު އިދުރީސް
25 September 2024
ދުނިއޭގެ ކުރިއަރާފަ ވާގައުމުތަކުގަ ކުތްތާ ބޭނުކޮއްގެން މަސައްކުރިޔަސް ކުއްތާގަ އަތްލަން ހަރާމް ބަޔަކައް އޭތިލައްވާ ފުރިހަމަޔައް މަސައްކަތް ނުކުރެވޭނެ! އޭތިންނަކީ ވަރައް ލޯބިން ގެންޅެއް ޖެހޭޖަނާވާރަކައް ވާއިރު ފޯކުލިފުޓެއްހެން ބޭނުންކެޑުނީމަ ގަރާޖަލާގޮތައް ކޮއްޓެއްގަނުބޭއްވޭނެ އެއްތި އެގައުމުތަކުގަ ގެންގުޅެނީ މަސައްކަތް ކުރޫވާމީހުންގެ ގޭގޭގަ އާއިލާޔާއެކު
ވަނުވާ
25 September 2024
ވާނުވާ ނޭނގެންޏާ ވަހާކަ ނުދައްކާ ގޭގަ އޮއެބަލަ. އަމިއްލައަށް މޮޅުމީހާވެގެން ނޫޅެ
ފުރޭތަ1
25 September 2024
ތަނެއް ދޮރެއް ނޭންގުނަސް އަނގަ ގަދަ ކުރާތި. މަސައްކަތުގަ ކުއްތާ ގެންގުޅުމަކީ ދީނުގަ ހުއްދަ ކަމެއް. މަސައްކަތުގަ ގެންގުޅޭ ކުއްތާ ގެންގުޅެނީ ޕެޓު ގެންގުޅޭ ހެންނެއް ނޫން ގެއަކު ވެސް ނޫން
ކޮސްވާހަކަ
25 September 2024
ދޮގެއް މީ، މިހެން ޓުރެެއިން ކޮށްފަ ތިބޭ ކުއްތާ އަކީ ގޭގެ ލޯބިން ގެންގުޅޭ އެއްޗެއް ނޫން، މި ބުނީ މިއަށް އަނިޔާކޮށް ތަޅާ މަރަނީއެކޭ ނޫން، މިއަށް ޓުރީޓު ކުރާނީ ތަފާތުކޮށް، ހަމަ މަސްތުވާ ތަކެތި ދެނެގަންނަ ކުއްތާގެ ގޮތުގަ، އޭގެ ޓުރެއިނިންގެ އަސަރު ނުކެނޑޭ ގޮތަށް، ސަރވިސް ތަކަށް ހާއްސަ ޑޯގާ ޕެޓު ޑޯގާ ވަރަށް ތަފާތު ކޮށް ގެންގުޅެންޖެހޭ ދޭތި މީ
އަތްލަންޖެހޭތަ
25 September 2024
މިޒަމާނުގަ އަންގިކިޔާ އެއްޗެއްވެސް ހުރޭ
ފެންސު
24 September 2024
"ފާރަ ގެމަ" ޑޯގް ސްކޮޑަށް ދިވެހިން ކިޔަނީ. ކޮބާ ޤައުމިއްޔަތު މިހާރު؟
ޝެލަރީ
24 September 2024
ތި ޑޯގް ތަކުގެ ބޭނުންކޮއްގެއް އެއްވެސް މީހަކު އަތުވިތަ
ހިޕްޑޮންލައި
25 September 2024
އޭ ޝަކީރާއާ ނުބެހޭ
ބަންކަރިން
24 September 2024
އެމްޕީއެލް މާލެ ހުޅުމާލެ ތިލަފުއްޓަށްވެސް ތިގެންދަންޖެހޭ..