އައިފާ 2024: އެންމެ މޮޅު ފިލްމުގެ އެވޯޑާއި "އެނިމަލް"ގެ ޑައިރެކްޓަރު ސަންދީޕް ރެއްޑީ ވަންގާ ހަވާލުވަނީ.
30 ސެޕްޓެމްބަރ 2024 - 10:40
އިންޑިއާގެ ފިލްމީ ދާއިރާގެ މަސައްކަތްތައް އަގުވަޒަންކޮށްދޭ "އައިފާ އެވޯޑްސް"ގައި މި އަހަރު އެންމެ މޮޅު ފިލްމުގެ އެވޯޑް "އެނިމަލް" ކާމިޔާބުކޮށްފި އެވެ.
މި އަހަރުގެ އައިފާ އެވޯޑް ބޭއްވީ އަބޫ ދާބީގަ އެވެ. މިފަހަރުގެ އެވޯޑް ހޮސްޓުކުރީ ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ހާން އާއި ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރެވެ.
ސަންދީޕް ރެއްޑީ ވަންގާ ޑައިރެކްޓުކޮށްފައިވާ "އެނިމަލް" އެންމެ މޮޅު ފިލްމުގެ އެވޯޑް ކާމިޔާބުކުރީ މިދިޔަ އަހަރު ގެނެސްދިން ބޮލީވުޑްގެ ކާމިޔާބު ފިލްމުތައް ކަމަށްވާ "ޓުވެލްތު ފެއިލް"، "ޖަވާން"، "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ"، "ސާމް ބަހާދުރް" އަދި "ސްތުޔަޕްރޭމް ކީ ކަތާ"އާ ވާދަކޮށްގެންނެވެ.
މިފަހަރު އެންމެ ގިނަ އެވޯޑް ވެސް ލިބުނީ "އެނިމަލް" އަށެވެ. އެ ފިލްމަށް ވަނީ ހަ އެވޯޑެއް ލިބިފަ އެވެ. އެއީ އެންމެ މޮޅު ފިލްމުގެ އިތުރުން، އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑާއި އެންމެ މޮޅު އެކްޓަރު (ނެގެޓިވް ރޯލް)ގެ އެވޯޑާއި އެންމެ މޮޅު މިއުޒިކްގެ އެވޯޑާއި އެންމެ މޮޅު ލިރިކްސްގެ އެވޯޑް އަދި އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔާގެ އެވޯޑެވެ.
• އެންމެ މޮޅު އެކްޓަރު - ޝާހްރުކް ހާން (ޖަވާން)
• އެންމެ މޮޅު އެކްޓްރެސް - ރާނީ މުކަރްޖީ (މިސިޒް ޗެޓަރްޖީ ވާސަސް ނޯވޭ)
• އެންމެ މޮޅު ޑައިރެކްޓަރު - ވިދޫ ވިނޯދް ޗޯޕްރާ (ޓުވެލްތު ފެއިލް)
• އެންމެ މޮޅު ސަޕޯޓިން އެކްޓަރު - އަނިލް ކަޕޫރް (އެނިމަލް)
• އެންމެ މޮޅު ސަޕޯޓިން އެކްޓްރެސް - ޝަބާނާ އަޒްމީ (ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ)
• އެންމެ މޮޅު އެކްޓަރު (ނެގެޓިވް ރޯލް) - ބޮބީ ޑިއޯލް (އެނިމަލް)
• އެންމެ މޮޅު ވާހަކަ - ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ
• އެންމެ މޮޅު ވާހަކަ (އެޑަޕްޑެޓް) - ޓުވެލްތު ފެއިލް
• އެންމެ މޮޅު މިއުޒިކް - އެނިމަލް
އައިފާ އެވޯޑްގެ ތިން ހަފުލާއެއް ޖެހިޖެހިގެން ތިން ދުވަހު ބޭއްވި އެވެ. އެންމެ ފުރަތަމަ ހަފުލާ ބޭއްވީ މިދިޔަ ހުކުރު ދުވަހުގެ ރޭގަ އެވެ. އެ ހަފުލާގައި އޮތީ ހިންދީ ސިނަމާ ނޫން އިންޑިއާގެ އެހެން ބަސްތަކުން ނެރޭ ފިލްމުތަކަށް އެވޯޑް ދިނުމެވެ. އަދި ހިންދީ ފިލްމުތަކަށް އެވޯޑް ދިނުން އޮތީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ދެވަނަ ހަފުލާގަ އެވެ.
އެންމެ ފަހު ހަފުލާ ބޭއްވީ ރޭގަ އެވެ. އެ ހަފުލާގައި އޮތީ އިންޑިއާގެ މިއުޒިކް އިންޑަސްޓްރީގައި މަސައްކަތްކުރާ ފަންނާނުންގެ އަގުވަޒަންކުރުމާއި އެމީހުންގެ ޕާފޯމަންސްތަކެވެ.
މިއީ، އައިފާ އެވޯޑް ދިން 24 ވަނަ އަހަރެވެ.
އި އެވޯޑް ކާމިޔާބުކުރާ ފަންނާނުން ކަނޑައަޅަނީ ފޭނުންގެ މެދުގައި އޮންލައިންކޮށް ނަގާ ވޯޓަކުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުލް
01 October 2024
ވ ވ ބަސްމަގު ހުތުރު ފިލްމެއް. މިއަށް ޖަޖްކޮށް ވަނަ ދިން މީހުންނަށް މިކަމުދިޔައިމަ ހައިރާނެއް ނުވޭ. މިހާރު ރީތި ހުތުރު މިއޮތީ އޮޅިފަވިއްޔަ.
2024
01 October 2024
ފޭނުން އޮންލައިކޮށޭ ތި މީހުން ހިތަށް އެރި މީހަކަށް ދޭ އެއްޗެއްތީ..... ބޮއިހަލަކި
ފަރީދު 9871
30 September 2024
އައިފާ އެވޯޑް އަކީ މިހާރު ކަންމަތީ މުބާރާތުގެ ޓުރޮފީ ކަހަލަ އެއްޗެއް