އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ޕްރެސް ކޮންފަރެންސެއްގައި ވާހަކަދައްކަވަނީ -- ފޮޓޯ: މިހާރު
02 އޮކްޓޯބަރ 2024 - 13:55
މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އާއްމު ކުރީ މުހިއްމު ގަވައިދުތަކެއް ކަމަށާއި އެކަމަކު އޭގައި ހުރި ބައެއް ކަންކަމުގެ ސަބަބުން ގެސްޓްހައުސްތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ނޭދެވޭ އަސަރު ކުރުން އެކަށީގެންވާ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޓޫރިޒަމް ދާއިރާގެ ހުރިހާ އާމްދަނީއެއް ރާއްޖޭގެ ބޭންކަށް ޖަމާކުރެވޭ ގޮތަށް ގެނައި ބަދަލާއި ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް ވަކި ވަރެއް މާރުކުރަން ޖެހޭ ގޮތަށް ހެދުމަކީ ޑޮލަރުގެ މައްސަލައަށް އާ ސަރުކާރުން އެޅި މުހިއްމު ފިޔަވަޅެއް ކަމަށެވެ. ނަމަވެސް އެ ނިންމުމާ ގުޅިގެން ބައެއް ކަންކަމަށް އިތުރު ޕްރެޝަރުތައް އުފެދިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޓޫރިސްޓެއްގެ ބޮލަކަށް ވަކި ވަރެއް ދޭން ލާޒިމު ކުރުމުގެ ބަދަލުގައި އެ ފެސިލީއަކަށް ލިބޭ އާމްދަނީން ވަކި މިންވަރެއް މާރުކުރެވޭ ގޮތަށް ހެދުން މުހިއްމެވެ. އަދި އެކަން ރިވިއު ކުރަން ސަރުކާރަށް ގޮވާލެއްވި އެވެ.
އެމްއެމްއޭ އިން ރޭ އާންމުކުރި ފައިސާއާ ބެހޭ ގަވާއިދުގައިވާ ގޮތުން، ޓޫރިޒަމް ދާއިރާގެ ހުރިހާ ފެސިލިޓީތަކަކުން ވެސް ކަނޑައަޅާފައިވާ ވަކި އަދަދެއް ބޭންކުތައް މެދުވެރިކޮށް މާރުކުރަން ޖެހޭނެ އެވެ. ރިސޯޓުތަކާއި ހޮޓާތަކާއި ޓޫރިސްޓުން އުޅަނދުތަކަށް ކޮންމެ މަހަކު އަންނަ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރުގެ ރޭޓުން ރާއްޖޭގެ ބޭންކުތަކުގައި މާރުކުރަން ޖެހޭނެ އެވެ.
ގެސްޓް ހައުސްތަކުން ކޮންމެ ޓޫރިސްޓެއްގެ ބޮލަށް 25 ޑޮލަރުގެ ރޭޓުން ކޮންމެ މަހަކު އަންނަ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ވެސް ރާއްޖޭގެ ބޭންކަކަށް މާރުކުރަން ޖެހޭނެ އެވެ.
"އާ ގަވާއިދުގެ ސަބަބުން ގެސްޓްހައުސްތަކާއި ޓޫރިޒަމް ދާއިރާގެ ކުދި ވިޔަފާރިތަކަށް ވަރަށް ބޮޑު އަސަރެއް ކުރާނެ. އެފަދަ ބައެއް ވިޔަފާރިތަކުން މިހާރު ވެސް ޓޫރިސްޓުންނާ އަންނަނީ ދިވެހި ރުފިޔާ އިން މުއާމަލާތް ހިންގަމުން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަފާރީތަކާއި ގެސްޓްހައުސްތަކާ ދެމެދު އެހާ ބޮޑު ތަފާތުކުރުމެއް ގެންގުޅުމުގެ ސަބަބުން މުޅި ލިވަބޯޑު އިންޑަސްޓްރީއަށް އޭގެ އަސަރު ކުރާނެ އެވެ. އަދި މެދު ފަންތީގެ ރިސޯޓުތަކަށް އެކަމުގެ ގެއްލުމާ ކުރިމަތިވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
The recent changes mandated by the government, requiring all tourism revenues to be deposited in the Maldives and imposing a mandatory surrender of USD for each tourist, represent the most consequential decision taken by the current administration to address the foreign currency…
— Fayyaz Ismail (@faya_i) October 2, 2024
ފައްޔާޒު ވިދާޅުވީ 2022 ވަނަ އަހަރު ކެބިނެޓުން ވެސް ވަނީ ބޭރު ފައިސާ ރާއްޖޭގައި ބެހެއްޓޭނެ ގޮތްތަކެއް ފާސްކޮށްފައި ކަމަށެވެ. އެމްއެމްއޭއިން އެކަން އޭރު ތަންފީޒު ނުކުރީ ޓީޖީއެސްޓީ ބޮޑު ކުރުމާއި ކޮވިޑާ ގުޅިގެން އައި ހީނަރުކަމާ އެކު ވިޔަފާރިތަކަށް ގެއްލުންތައް ކުރިމަތިވެދާނެތީ ކަމަށެވެ.
އޭނާ ވިދާޅުވީ، ހަމައެކަނި އެމްއެމްއޭ އިން އެޅި ފިޔަވަޅުތަކުން އިގްތިސާދީ ހާލަތު ރަނގަޅު ނުކުރެވޭނެ ކަމަށެވެ. އަދި ހަރަދު ކުޑަ ކުރުމަށް ސަރުކާރުން މުހިއްމު ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ގެނައި ބަދަލާ އެކު ސަރުކާރާއި އެމްއެމްއޭ އިން ދާއިރާގެ ސްޓޭކްހޯލްޑަރުންގެ ހުރި ކަންބޮޑުވުންތައް ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޑަމްސްމިތު
04 October 2024
ދިވެހިރާއްޖޭގައި އޮޕަރޭޓްކުރާ ހުރިހާ ޑޮލަރު އެކައުންޓުތަކެއް އުވާލަބަލަ. އެއްފަހަރުން މައްސަލަ ހައްލުވީ. ޑޮލަރުގެ ބްލެކް މާކެޓެއް އުފެދި ދައުލަތަށް ނުކަތާވަރަށް ޑޮލަރު ޑިމާންޑް ބޮޑުވަނީ މާލީ ނިޒާމު ތެރޭގައި ޑޮލަރު ގެންގުޅެވޭތީ. ޑޮލަރު ރައްކާ ކުރެވޭނެ ގޮތެއް ނެތިއްޔާ އަދި ނިޒާމު ތެރޭގައި ބޭނުން ނުކުރެވެންޏާ އެއަށް އޮންނަ ޑިމާންޑް އަމިއްލައަށް ނެތިގެން ދާނެ. ނަތީޖާއަކީ ޑޮލަރުތައް ބޭންކަށް މާރުކުރުން ނޫންގޮތެއް ނެތުން.
ފައްޔާ
03 October 2024
ވެރިކަމުގަ ތިބިއިރު ނުވީމަ ދެންކޮން ވާހަކަތަކެއް ދައްކަންވީ.މާދާމާވެސް ތިމީހުންނަށް ވެރިކަމަށް އާދަވިއްޖެއްޔާ މިއަދު އެޅި ހަރުދާނަ ފިޔަވަޅުގެ ލަބާ ލިބޭނެ. ދެންވެސް ރައްޔިތުންނަށް އެއްޗެއް މަދުވެދާނެތީ ވަކާލާތު ކޮށްބަލަ. ބޭރުފައިސާ ޑޮލަރު މާރުކުރަން އެގެނައި ބަދަލަކަުން އަންނަ ގެސްޓަކަށް ނުވަތަ ވިޔަފާރިއަކަށް ގެއްލުމެއްނުވޭ. ޑޮލަރޭޓް އޮތީ ކެޕްކޮށްފަ 15.42 ރުފިޔާއަށް. ފަހަރެއްގަ ކުރިން ކަޅުބާޒާރުގެ ކަންމަތީގަ މާރުކުރީމަލިބޭ މަންފާ ގެއްލިދާނެ.
މަމްނޫހް ޒާހިރު
03 October 2024
ސަރުކާރުން ކަން ކުރީ ނުވަތަ ނެގި ޑިޒިޝަން ހަމަ ބަރާބަރު. އެއީ ފަހުގެ ތާރީހެއްގައި ރާއްޖޭގެ ސަރުކާރަކުން ނެގި އެއްމެ ގަޓް ހުރި އެއްމެ މުހިއްމު ނިންމުން.
ހުވޭނާ މުހައްމަދު
03 October 2024
ފައްޔާޒް މެންނަ ހަޖަމެއް ނުވާނެ މިގައުމު ހަމަޔަކަށް އެޅި ކުރިއެރުން ލިބެން ފެށުމުން. އެކަން މިފެންނަނީ
އަމްޝާދު އަޒީޒް
03 October 2024
ފައްޔާޒް އެވެ. ސަރުކާރުން މިއެޅީ ތިމީހުންނަވެސް އަޅަން ނުކެރުނު ފިޔަވަޅެކެވެ. މިކަން ސިޔާސީކުރަން ނަހަދާށެވެ. - ގައުމަށް ހެޔޮ އެދޭ ދަރިޔެއް
އާސިމް ރިޒާ
03 October 2024
ސަރުކާރުން އަޅާނީ އަޅަންޖެހޭ ފިޔަވަޅު. މިކަހަލަ ފިޔަވަޅު ނާޅާ ކުރިޔަށް ނުދާނެ. ކޮންމެހެންވެސް އަޅަންޖެހޭ ފިޔަވަޅު މިއީ.
އަކްމަލް އަލީ
03 October 2024
މިހެންވެ ބުނަނީ މިމީޙުން ގައުމަށް ހެވެއް ނޭދޭނެޔޭ. މިހާ މުހިއްމު ނިންމުމެއް ނިންމީމަވެސް އެހެރީ ދައްކާ ވާހަކަ
އަފާފް ސައީދު
03 October 2024
މިސަރުކާރުން ނެގި އެއްމެ ރަނގަޅު އެއް ނިންމުން އެއީ. ވާހަކަ ގިނަ ނުކުރޭ
ފެންވަރުތަ
03 October 2024
ކޮން ގެސްޓުންނެއް ދިވެހި ފައިސާއިން mihaaru ވިޔަފާރި ކުރަނީ. ވިޔަފާރިތަކަށް ބުރޫ އަރަންޏާ އިމިގްރޭޝަން ކައުންޓަރ ގެ ކުރިން ބައިންދާ ބޭންކް ކައުންޓަރ ޓޫރިސްޓް ވިސާލިބޭނީ 1000 ޑޮލަރު މާރުކުރި ސުލިޕް ދެއްކީމަ. ދެން އެމީހުން ދިވެހި ރުފިޔާ ބޭނުން ކުރެވޭނެ ރިސޯޓްގަވެސް. ބާކީ ހުރިއްޔާ ފުރަމުން މާރުކުރާނީ.
ބާބް
03 October 2024
ޔާމީނުގެ ދައުރުގައި ކަޅުބާޒާރު އެއްކޮށް ނެތިފައި އޮއްވާ އަނެއްކާ ޑޮލަރުގެ ކަޅު ބާޒާރެއް އުފަންކުރުވީ ބްރޯމެން. މަނިޓަރީގައި ހުންނަ ޑޮލަރު ވަލުދޮރާށީން ބަންގާޅީން ވައްދައި ވިއްކަން ހަވާލުކުރާ ވާހަކަ މީހުން ދައްކާ. ކޮވިޑްގައި ގައުމުތަކުން ދިން އެތައްސަތޭކަ މިލިޔަން ޑޮލަރު ދައުލަތުގެ ބަޖެޓަށް ނުވައްދައި ކަޅުބާޒާރުގައި ވިއްކީ ތިބައިގަނޑު. އަނގަހުޅުވައިގެން ވާހަކަ ދައްކަން ކެރޭތީ އަޖައިބުވަނީ
ބާބުލް
04 October 2024
"ޔާމީނުގެ ދައުރުގައި ކަޅުބާޒާރު އެއްކޮށް ނެތިފައި އޮއްވާ..." ކަލޯ ތި ދައްކަނީ މި ދިވެހިރާއްޖޭގެ ވާހަކަތަ؟ ނޫނީ ކޯމާއެއްގަ އޮވެފައި ހެއި އަރައިގެންތަ ތިއުޅެނީ؟ ތިޔަހަރަ ދައްކާ ވާހައިން ހަމަ އަހާނުލާ ނުހުރެވުނީ. ވަރަށް ސަލާން!