ޕީޖީ އައްބާސް: ދައުލަތުން ކޮށްފައި ހުރި ދައުވާތަކާއި ބަންދުގައި ތިބި މީހުންގެ މައްސަލަތައް ރިވިއުކުރަން އެދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި --- ފޮޓޯ/މިހާރު
02 އޮކްޓޯބަރ 2024 - 13:59
ޖިނާއީ މައްސަލަތަކުގައި ދައުލަތުން ކޮށްފައި ހުރި ދައުވާތަކާއި ބަންދުގައި ތިބި މީހުންގެ މައްސަލަތައް ރިވިއުކުރަން އެދުމުގެ ފުރުސަތު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހުޅުވާލައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ އެ އޮފީހުން ކޮށްފައިވާ ދައުވާތަކާއި ބަންދުގައި ތިބި މީހުން ބަންދުގެ މައްސަލަ މުރާޖާކުރަން އެ އޮފީހަށް ހުށަހެޅުމުގެ ފުރުސަތު އިއްޔެއިން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް މަގާމާ ދާދިފަހުން ހަވާލުވެ ވަޑައިގަތުމަށްފަހު އޭނާ ވަނީ އެ އޮފީހުގެ ކުރީގެ ނިންމުންތަކާ މެދު ޝަކުވާއެއް އޮތް ނަމަ އެކަން ރިވިއުކުރަން ހާއްސަ ކޮމެޓީއެއް އެކުލަވާލައްވައިފަ އެވެ.
ނަމަވެސް އެއްވެސް މައްސަލައެއްގައި އަމިއްލަ އިސް ނެގުމުގައި ކުރީގެ ނިންމުންތައް ބަދަލު ނުކުރައްވާނެ ކަމަށް ޕީޖީ އައްބާސް ވިދާޅުވެފައިވެ އެވެ.
ހައި ކޯޓުގެ ފަނޑިޔާރު ކަން ވެސް ކުރިން ކުރެއްވި އައްބާސް ޕީޖީގެ މަގާމަށް މިދިޔަ މަހު އައްޔަން ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމުންނެވެ.
ޝަމީމް ވަކި ކުރުމުގެ ކުރިން އިސްތިއުފާގެ ސިޓީ އޭނާ ފޮނުއްވި ނަމަވެސް، އޭނާ ވަކިކުރަން މަޖިލީހުން ފާސްކުރީ އިސްތިއުފާގެ ސިޓީ ނުލިބޭ ކަމަށް ބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދުން999
02 October 2024
މާބާރަށް ނުދުވޭ ވެއްޓިދާނެ. ވާރުބަލި ފިލުވާލާ ވިސްނާލަން މަޑުކޮށްލާ.