ޕީޖީ އައްބާސް ޝަރީފް: ޒުވާނަކު ވެއްޓުނު މައްސަލާގެ ތަހުގީގުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަން އޭނާ ވަނީ އަންގަވާފައި --- ފޮޓޯ/މިހާރު
26 އެޕްރީލް 2025 - 19:50
މާލޭގެ އިމާރާތެއްގެ މަތިން ޒުވާން އަންހެނަކު ވެއްޓުނު މައްސަލާގެ ތަހުގީގުގައި ފުލުހުން ގާނޫނާ ހިލާފަށް އަމަލުކުރިތޯ ބެލުމަށް ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް އަންގަވައިފި އެވެ.
މާލޭގެ އިމާރާތެއްގެ މަތިން މިމަހުގެ 18 ވަނަ ދުވަހު ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި ތަހުގީގު ކުރިއަށް ގެންދިޔަ ގޮތާ ގުޅިގެން ފުލުހުންނަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިއަދު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
ޕީޖީ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައިވަނީ އެ މައްސަލާގައި ފުލުހުންގެ އެއްވެސް އޮފިސަރަކު ގާނޫނަކާ ނުވަތަ އިޖްރައާތަކާ ހިލާފަށް އަމަލު ކުރިތޯ ބެލުމަށާއި އަދި ފުލުހެއްގެ އިހުމާލެއް ފާހަގަވެއްޖެނަމަ އެކަމަށް ފިޔަވަޅު އަޅަން ޕީޖީ އަންގަވާފައިވާ ކަމަށެވެ.
މީގެ އިތުރުން އަނިޔާލިބުނު ޔުމްނުގެ ކަރާމާތަށް ގެއްލުން ވެދާނެ އެއްވެސް މައުލޫމާތެއް އާންމު ނުކުރަން ފުލުހުންނަށް އަންގާފައިވާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އަދި ތަހުގީގުގެ މައުލޫމާތު އާންމު ކުރުމުގައި ފަރުދުންގެ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތަށް އަދި ތަހުގީގަށް ހުރަސް ނޭޅޭ ގޮތަށް މައުލޫމާތު އާންމުކުރަން ވެސް ފުލުހުންނަށް އަންގާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން އެ މައްސަލާގެ ތަހުގީގާ ގުޅިގެން އާންމުން އެ އޮފީހަށް ހުށަހަޅާ ޝަކުވާތައް ވެސް ބަލަމުން ގެންދާނެ އެވެ.
ޔުމްނު ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލާގައި އެންމެ ފުރަތަމަ ފުލުހުން ބުނެފައިވަނީ އޭނާ ވެއްޓުނީ އަމިއްލައަށް ކަމަށާއި އެކަމުގައި މީހެއްގެ ބައިވެރިވުމެއް ނެތް ކަމަށެވެ. އަދި އެ މައްސަލާގައި އޭރު ބަޔަކު ހައްޔަރު ނުކުރަން ވެސް ފުލުހުން ނިންމި އެވެ.
ނަމަވެސް އާންމުންގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް ފުލުހުން ފަހުން ވަނީ ޔުމްނުއާ އެކު އެންމެ ފަހުން އުޅުނު ރައުދު އަހުމަދު ޒިލާލް ހައްޔަރުކޮށްފަ އެވެ. އަދި އެ ހާދިސާ ހިނގި ރޭ ޔުމްނުއާ އެކު އުޅުނު އެހެން ބައެއް މީހުން ފުރުން މަނާކޮށް އަދި އެ މީހުންގެ ފޯނު ވެސް ވަނީ ހިފަހައްޓައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަ ބުނީ
27 April 2025
އެކަމުގައި އިހްމާލްވުމެއްނޫން އެއީ އަދި ނުހިނގާ ކަމެއްކަމަށް ހެކިބަސްދެވިދާނެ ލޯފަން ބޭފުޅަކަށް ! ނުފޫޒުންފުރި އިންސާފުން އެއްކިބާވެފައިވާކަމަށް ލޮލަށް އެމައްޒަރުފެނިއްޖެ ކޮއްމެ މީހަކުހެކިވާނެ! ކޮމިޝަނަރ ސުޖާއުއަށް އޮޅުވާލިބަޔަކު މިއަދު އެތިބީ ވަރަށްވެފަ! މަކަރާއި އޮޅުވާލުމުން ފެށިދަތުރު ނިމޭނީވެސް މަކަރާއި އޮޅުވާލުމުން !
ޖަމްޝީދު މުހައްމަދު
27 April 2025
މީގެ ސަބަބުން ކަންކަން ދާނީ ހަމަ މަގަށް އެޅުވޭނެ. ބާރު ސްޕީޑުގައި ކަންކަން ރަނގަޅު ކުރެވުމުން ދާނެ ކަން ހަމަ ޔަގީން
ރިފްއަތް ހަމީދު
27 April 2025
ރަނގަޅު ނިންމުމެއް. ދެން މީގެ ސަބަބުން ރަނގަޅަށް އިންވެސްޓިގޭޝަން ރަނގަޅަށް ހިންގަން މަސައްކަތް ކުރާނެ ޕޮލިސް ކަހަލަ ތަންތަނުން.
ޖިހާދު ކަރީމް
27 April 2025
ބަޔަކު އަދިވެސް ބުނާނެ މިސަރުކާރުން މިކަން ފޮރުވަނީއޭ. އެކަމް ފެނިގެން މިދަނީ އިންސާފް ހޯދަދޭން މަސައްކަތް ކުރާތަން.
ރިފާއު އައްބާސް
27 April 2025
މިއަދު ހަމަ ގައިމުވެސް މިކަން ވަކި ބަޔަކަށް ނުބަލާ ކޮންމެ ބަޔަކަށް ވެސް އިންސާފް ހޯދަން އެބަ މަސައްކަތް ކުރޭ
ސިއްބަތް އަޒީޒް
27 April 2025
މިސަރުކާރުން އެއްވެސް ވަރަކަށް މިކަން ފޮރުވަން ނޫޅޭ ކަން މި އިގެނީ.
ހަސަން ނިހާދް
27 April 2025
ފަހުގެ ތާރީހެއްގައި ރައީސަކު އައްޔަން ކުރި އެއްމެ ރަނގަޅު ޕީޖީ މިއީ.
ގަމާރ
27 April 2025
ކަލޯގަޔާ އަދި ތަންކޮޅެއްއަވަސް ތިކަމާ އުޅެން މަނިކުފާނު އޮތީ ގަދަނިދީގަ ނިދާފަތޯ؟ މިހާރު ތިހޭވެރިކަން ވީ
ޑެބީ
27 April 2025
ވިންޑޯޒް އެކްސްޕްލޯރާއަކަށް ދުލެއްނުކުރެއޭދޯ މިއައްބާސްވެސް. މިކަމެއް ހިނގިތާ 7 ދުވަސްފަހުން މިރޭކާލީ ކަމެއް ގޯސްވެއްޖެކަން
މޮޔަވެދާނެސ
27 April 2025
މިއީ އަނެއްކާ ޕީޖީއަށް ގާނޫނުން ލިބިދީފައިވާ ބާރެއްބާ. ފުލުހުންގެ މުއައްސަސާގެ އެތެރޭގެ ހިންގުމުގައި ދިމާވާ ކަންތައްތައް ބަލައި ފިޔަވަޅު އެޅުމަކީ ޕީޖީ ކުރަންޖެހޭ ކަމެއްބާ. މިހާރު މިދާ ގޮތުން ދައުލަތުގެ ނިޒާމްތައް އޮޅުންބޮޅުންވެ ބޮއްސުންލައި، އެކަކު ކުރަންވީކަމެއް ޒިންމާއެއް ނޭގި އެކިތަންތަނުން އެކި މަސައްކަތް ކުރާހެން ހީވާތީ، ދެން އަނެއްކާ ޕީޖީން އަމުރު ކުރީ ރަގަޅަށްތޯ ބަލަން ޓުއަރިޒަމް މިނިސްޓްރީން ނާންގައިފިއްޔާ ރަގަޅު