ރައީސް ޑރ. މުހައްމަދު މުއިއްޒު އެމެރިކާގެ މަޝްހޫރު ޕްރިންސްޓަން ޔުނިވާސިޓީގައި: ރާއްޖޭގެ ޓޫރިޒަމް ކުރިއަރުވަން ބޭނުން ވަނީ ސުލްހަވެރިކަމާ އެކު ދެމިތިބުން ކަމަށް ވިދާޅުވި. -- ފޮޓޯ | ރައީސް އޮފީސް
03 އޮކްޓޯބަރ 2024 - 12:51
ރާއްޖޭގެ ޓޫރިޒަމް ދާއިރާ ކާމިޔާބުކަމާ އެކު ކުރިއަށް ގެންދަން ބޭނުންވަނީ ދިވެހިންގެ އެކުވެރިކަމާއި ސުލްހަވެރިކަން ދެމެހެއްޓުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް ދުވަހާ ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓުގައި ރައީސް ވިދާޅުވީ، ޓޫރިޒަމްގެ ބިންގަލަކީ މިތުރުވެރިކަން ނުވަތަ ރަހުމަތްތެރިކަން ކަމަށެވެ. ރާއްޖޭގެ ޓޫރިޒަމްގެ ކުރިއެރުމަށް އެކުވެރިކަމާއި ހިތްހެޔޮކަމާއި އަމާން ކަމާއި ރައްކާތެރިކަން ދަމަހައްޓަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
— Dr Mohamed Muizzu (@MMuizzu) October 3, 2024
ރާއްޖޭގެ ޓޫރިޒަމަށް 52 އަހަރު ފުރުން މިއަދު ފާހަގަކުރާ އިރު، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 1.4 މިލިއަން ޓޫރިސްޓުން އައިސްފަ އެވެ.
ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީ އަކީ ދައުލަތަށް އެންމެ ގިނައިން ޓެކްސް ވެސް ވަނަ ދާއިރާ އެވެ. މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ޓީޖީއެސްޓީގެ ގޮތުގައި 6.6 ބިލިއަން ރުފިޔާ ލިބިފައިވާ އިރު ރިސޯޓު ކުލީގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ރާއްޖޭގައި މިވަގުތު 62،000 އެނދު އޮޕަރޭޓް ކުރަމުންދެ އެވެ. އޭގެ ތެރެއިން 43،000 އެނދު ހުރީ ރިސޯޓުތަކުގަ އެވެ. ގެސްޓްހައުސްތަކުގައި ހުރީ 15،000 އެނދެވެ. މިވަގުތު ރާއްޖޭގައި 182 ރިސޯޓާއި 795 ގެސްޓްހައުސް ހިންގަމުންދެ އެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރު ދެ މިލިއަން ޓޫރިސްޓުން ގެނައުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަލާމު
03 October 2024
ޓިއަރިޒަމުން ސީދާ ރާއްޖެއަށް ފައިދާ ވާނެ ގޮތެއް ހޯދަން އިނގުނީ މި ރައީސަށް. އެހެންވެ މަގޭ ފުރިހަމަ ތާއީދު މި ރައީސަށް އެބަ އޮތް
ހަލީލު
03 October 2024
އެއްބަޔަކު އަނެއްބަޔަކާ ތަޅާފޮޅުން ހުއްޓާލަންޖެހޭ. ގައުމަށްވެސް އެންމެ ފައިދާ ބޮޑީ އެ ގޮތް
ވަޖުދީ
03 October 2024
ޓުއަރިޒަމް ދާއިރާއިން ސީދާ ދިވެހިންނަށް މަންފާ ލިބޭނެ ގޮތަށް ބޭންކިން ނިޒާމަށް ގެނައި ބަދަލަކީ ވަރަށް ރަނގަޅު ބަދަލެއް
އަބޫބަކުރު
03 October 2024
ރާއްޖޭގެ ޓޫރިޒަމް މިހާ ހިސާބަށްވެސް އައިސްފަ މި ވަނީ ދިވެހިންގެ އެއްބައިވަންތަކަމާއި ހިއްހެޔޮކަމުން
ބާސިތް
03 October 2024
ޓުއަރިޒަމް ސެކްޓާ ކުރިއަރާނީ ރާއްޖޭގައި ހަމަޖެހުން ގާއިމު ކުރެވިގެން
އޮނަރަބްލް އަފީފު ދީދީ
03 October 2024
ރައީސަށް ރަނގަޅަށް އެގިވަޑައިގަންނަވާނެ "އަދުލު އިންސާފުން ބޭރުން ކަންކަން ހިގާ ތަނެއްގައި" އެކުވެރިކަމާއި ސުލްޙަވެރިކަމަށް ޖާގަ ނޯންނާނެކަން. ރާއްޖޭގައި ތިކަން އާލާކުރަން ބޭނުންނަމަ ދިވެހިރައްޔިތުންގެ އިލާހީ އެއްމެދު މުދާ (ރާއްޖޭގެ ފަޅުރަށް ތަކުގެ މައްޗަށް) ޤާނޫނީ އިމުގެ ތެރެއިން ނުޙައްޤު ބާރުވެރިކަން އެއްވެސް ބަޔަކަށް ނުހޯދޭގޮތަށް ފަތުރުވެރިކަމުގެ ސިނާއަތު އަލުން ތަރުތީބުކޮށް ދައުލަތާއި ރައްޔިތުންގެ ޙައްޤު ހިމާޔަތް ކޮށްދޭން އެބަޖެހޭ އިގޭތޯ.
އޮނަރަބްލް އަފީފު ދީދީ
03 October 2024
ރާއްޖޭގައިއޮތް ބައިޤަރުނު ވެފައިވާ ޓްއަރިޒަމް ވިޔަފާރީގެސިނާއަތު (ޙާއްސަކޮށް ރިސޯޓްތަކުގެ ވިޔަފާރި) އަދިވެސް ބައްޓަންކޮށް މިސިނާއަތުގެމައްޗަށް ގަދަވެގަނެގެންތިބި "ދަހިވެތި ސައުދާޤަރުން" ގެ އަމަލުތައްހުރީ މާކުރީ ޒަމާނެއްގައި Zimbabwe އާއި South Africa ފަދަ ބައެއް ޤައުމުތަކުގެ ޤައުމީ ތަރިކައިގެމައްޗަށް (ދަނޑުބިންތަކާއި، ތެޔޮވަޅު އަދި މައުދަން ތަކުގެމައްޗަށް) އެ ޤައުމުގައި އުޅުނު "މަދު ބަޔަކު" ވެރިވެގެންތިބި ފަދަ ނޭއްގާޔި އަނިޔާވެރި ގޮތަކަށް އިގޭތޯ.
އޮނަރަބްލް އަފީފު ދީދީ
03 October 2024
މަތީގައިދެންނެވި ޙާލަތު ބަދަލުކޮށް ދައުލަތުގެ މުދަލުގެމައްޗަށް އެއްވެސްބަޔަކަށް ޤާނޫނީހަމަތަކާއި އުސޫލުގެ ބޭރުން ގަދަވެގަނެ ނާޖާއިޒު މަންފާނުނެގޭގޮތް ހެދުމުގެ ފުރިހަމަބާރުވެރިކަމާއި އިޙްތިޔާރު މިވަގުތު ރައީސަށް ލިބިވަޑައިގެންފައިވޭ. މިހާރުހުރި މާލީޤާނޫނު (ދުނިޔޭގައި ވަރަށް އާންމުކަމެއް) ތަންފީޒުކޮށް މަނިޓަރީ އުސޫލުތަކުގެބޭރުން "ކަޅުބާޒާރުގައި ޑޮލަރު ގަނެ ވިއްކުން ހުއްޓުވަން" ޤަވަރުނަރު އުޅުއްވީމަ ސައުދާޤަރުން ވަތްވަތް ޖަހައިގަތްގޮތް ފެނިއްޖެ.
އޮނަރަބްލް އަފީފު ދީދީ
03 October 2024
މިދެންނެވި ބަދަލާއިއެކު "ރިސޯޓް ހެދުމަށް" ރާއްޖޭގެ އެއްވެސް ރަށެއް އެއްވެސް ފަރާތަކަށް ދޫނުކުރާގޮތަށް ހަމަޖެހި ސަރުކާރާއި ކައުންސިލްތަކާއި National Tourism Board ބޯޑްގެ ލަފާގެމަތިން ރިސޯޓް ހަދާން ކަޑައަޅާ ހުރިހާ ރަށްތަކެއް 100 އަހަރުގެ ކުލީގެ މުއްދަތަކަށް ޙަވާލު ކުރެވޭނީ ދައުލަތާއި ރައްޔަތް ޙިއްސާވާ ކުންފުނި Maldives Tourism Development Cooperation އާއި. ރަށްތައް ތަރައްޤީ ކުރުމަށްފަހު އިތުރު ފަރާތްތަކަށް ސަބްލީޒް ކުރާނީ MTDC ގެ ފަރާތުން އިގޭތޯ.
އޮނަރަބްލް އަފީފު ދީދީ
03 October 2024
އިއްޒަތްތެރި ރައީސް. މިކަން މިހެންކުރާންޖެހެނީ "ކަނަމަދެއްގެ މިންވަރުގެ ފައިސާކޮޅެއްދީފައި" ދައުލަތުގެ ފަޅުރަށެއް 99 އަހަރަށް ކުއްޔަށްނަގައިގެން 40 މިލިޔަނެއްހާ ޑޮލަރަށް އެތަންތަރައްޤީކޮށް ދައުލަތަށް އެގުމެއްވެސްނެތި (އެންމެކުޑަމިނުން ވިޔަފާރީގެމުއާމަލާތަށް ދައްކާންޖެހޭ GST ވެސް ދެއްކުމެއްނެތި) ދިވެހި ދަހިވެތި ސައުދާޤަރުން މިރަށްތައް ބިދޭސި ކުންފުނިތަކަށް 500 މިލިޔަނެއްހާ ޑޮލަރަށް 30 ހަކަށް އަހަރަށް ވިއްކާވިއްކުން ހުއްޓުވާ އިންސާފު ޤާއިމް ކުރަން.
އޮނަރަބްލް އަފީފު ދީދީ
03 October 2024
އަހަރުމެނަށްއިގެންވީ ދައުލަތާއިރައްޔަތް ޙިއްސާވާ ފަތުރުވެރިކަމުގެ ކުންފުނި MTDC ބަޤުރޫޓްކުރީ ކޮންބައެއްކަމާއި ރާއްޖޭގެ އެންމެދުވަސްވީ ޕަބްލިކްކުންފުނި MTCC އެޙާލުގައި އޮތީކީއްވެގެންކަން. ދަންނަވަންތޯ ޗައިނާ، ޖެޕާން، ކޮރެއާ، ތުރުކީގެ ކޮންސްޓްރަކްޝަން ކުންފުނުތަކާއި، ދުނިޔޭގެ ޤައުމުތަކުގެ ސްޓޭޓް ކުންފުނިތައް ކުރިއަރައި ބިލިޔަން ޑޮލަރުގެ މަލްޓިނޭޝަން ކުންފުނިތަކަށް ބަދަލުވެގެންދިޔައީ ސަރުކާރުގެއެހީތެރިކަމާއި މިފަދަހަރުދަނާ އުސޫލުތަކުގެ ތެރެއިންކަން.