ބޭންކް އޮފް މޯލްޑިވްސްގެ އިމާރާތް: ރުޕޭ ކާޑުގެ ހިދުމަތް ފެށުމުން ކަސްޓަމަރުންނަށް ވަރަށް ފަސޭހަވާނެ ކަމަށް އެ ބޭންކުން ބުނި.-- ފޮޓޯ: ބީއެމްއެލް
07 އޮކްޓޯބަރ 2024 - 20:15
ރާއްޖޭގައި ރޫޕޭ ކާޑުގެ ހިދުމަތް ފެށުމުން ރޫޕޭގެ ކަސްޓަމަރުންނަށް ވަރަށް ބޮޑަށް ދެން ފަސޭހަވާނެ ކަމަށް ބީއެމްއެލް އިން މިއަދު ބުނެފި އެވެ.
ބީއެމްއެލް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ބޭންކުގެ އޭޓީއެމް އަދި ޕީއޯއެސް ޓާމިނަލްތަކުގައި ރޫޕޭ ކާޑު ބޭނުންކުރެވޭނެ ގޮތް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި)ގެ ޕްރޮޑަކްޓެއް ކަމަށްވާ ރޫޕޭއަކީ މިހާރު 300 މިލިއަނަށް ވުރެ ގިނަ މީހުން ބޭނުންކުރާ އިންޑިއާގެ ފުރަތަމަ ގްލޯބަލް ކާޑު ޕޭމަންޓް ނެޓްވޯކެވެ.
Today we have started accepting RuPay cards on our ATMs and POS terminals. RuPay, a product of the National Payments Corporation of India (NPCI), is India’s first global card payment network which is now used by more than 300 million users worldwide. pic.twitter.com/ccWBRrOvYt
— Bank of Maldives (@bankofmaldives) October 7, 2024
ރޫޕޭ ކާޑު ރާއްޖޭގައި ބޭނުންކުރެވޭ ގޮތް ހަދާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ދެ ގައުމުގެ ރަސްމީ މަޝްވަރާތަކަށް ފަހު މިއަދު ބޭއްވި ރަސްމިއްޔާތުގަ އެވެ. އެ ރަސްމިއްޔާތުގައި ވަނީ ރާއްޖޭގައި ރޫޕޭ ކާޑުގެ ފުރަތަމަ ޓްރާންސެކްޝަން ހެދި މަންޒަރު ލައިވްކޮށް ދައްކާލައިފަ އެވެ.
މި ހިދުމަތް ފެށުމާ ގުޅޭ ގޮތުން ބީއެމްއެލްގެ ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިންގެ ޑައިރެކްޓަރު މޫސާ ނިމާލް ވިދާޅުވީ ރާއްޖޭގައި ރޫޕޭ ކާޑު ބަލައިގަތުން މަގުފަހިކުރުމަށް އެންޕީސީއައިއާ އެކު ބައިވެރިވެވުމަކީ އެ ބޭންކަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"އިންޑިއާގެ ރީޓެއިލް ޕޭމަންޓް ސިސްޓަމްތަކަށް ރޫޕޭގެ ސަބަބުން ފާހަގަކޮށްލަންޖެހޭ ފަދަ ބޮޑު ބަދަލެއް އައިސްފައިވާއިރު، ރާއްޖޭގެ އެންމެ ފުޅާ ބޭންކިން ނެޓްވޯކްގައ،ި ބޭންކް އޮފް މޯލްޑިވްސް އިން ރޫޕޭ ކާޑުގެ ހިދުމަތް ދޭން ފެށުމާ އެކު ރޫޕޭ ކަސްޓަމަރުންނަށް ފައިސާ ދެއްކުން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައާ އެކު 20 އަތޮޅުގައި 39 ބްރާންޗް، 88 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 143 އޭޓީއެމް، 7،000 އަށް ވުރެ ގިނަ މާޗަންޓުންނާއި ކޭޝް އޭޖެންޓުގެ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގެ ހިދުމަތާ އެކު ބޭންކުގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލްގެ ބަޔާނުގައި ބުންޏެވެ.
އިންޑިއާގެ ޔޫޕީއައި ޕޭމެންޓް ހިދުމަތް ރާއްޖޭގައި ބޭނުންކުރެވޭ ގޮތް ހަދައިފި https://t.co/A1PK3JU8nO
— Mihaaru (@Mihaarunews) October 7, 2024
ރާއްޖެއަށް ރޫޕޭ ކާޑު ތައާރަފްކުރުމަކީ އެ ގައުމުން ރާއްޖެ އަންނަ ޓޫރިސްޓުންނަށް ފައިސާގެ މުއާމަލާތް ކުރުމުގައި ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑިރާސ
09 October 2024
ތީގެން ދިވެހިންނަށް ވާނެ ފައިދާއެއް ބުނެބަލަ ނޫސްވެރިޔާ .. ބީ.އެމް.އެލް ގެ ކަސްޓަމަރުންނަށް ރުޕޭ ކާރޑު ދޫކުރާނީ ކޮންއިރަކުން.. ރުޕޭ ކާރޑު ހޯދަން ބީ.އެމް.އެލް ގެ ދިވެހި ކަސްޓަމަރުން ކިހިނެއް ހަދަންޖެހެނީ..؟ ތީ ވެސް ޑްރޯން އާއި ބަންކަރިން ޕްރޮޖެކްޓު ކަހަލަ އެހެން ގައުމުގެ ބަޔަކަށް ބޮޑު ފައިދާ އޮންނަ ކަހަލަ ކަމެއްތޯ؟
އަމީން ފައިސަލް.
08 October 2024
މީގެ ސަބަބުން ގިނަ ގުނަ ފައިދާ ހަގީގަތުގައިވެސް ވާނެ. ޑޮލަރަށް ބަރޯސާވެފަ އޮތް އޮތުން ބޮޑުތަނުން ކުޑަވެގެން ދާނެ
އަލީ ރަމީޒު
08 October 2024
ތިޔަ ކާޑު ބޭންކު އޮފު މޯލްޑިވުސް އިން ދިވެހިންނަށް ހަދާދޭތަ. ތިއަކަމުން ދިވެހިންނަށް އޮތް ފައިދާ އަކީ ކޮބާ
ބިންގަރާސް
08 October 2024
އޮޅޭގޮތަށް ޚަބަރު ނުލިޔުން ބުއްދިވެރި، ސަރުކާރު ޕްރޮމޯޓްކުރަންވެސް ތެދުބަހުން ޚަބަރު ލިޔަންވާނީ، ރާއްޖެއަކަށް ރުޕޭއެއް ތައާރަފެއްނުކުރެވޭ އަދި، ހަމައެކަނި ރުޕޭ ކާޑު ބީއެމްއެލް އޭޓީއެމް އަދި ޕޮސް މެޝިންގައި ބޭނުން ކުރެވެނީ، މިގޮތަށް ވަރަށް ގިނަ ކާޑު ބޭނުންކުރެވޭ، ރާޢްޖެއަށް ރުޕޭ ކާޑު ތައާރަފު ކުރިކަމަށްވާނީ ބީއެމްއެލް ނުވަތަ އެހެން ބޭންކަކުން ރުޕޭ ނެޓްވޯކުގައި ބޭނުންކުރެވޭ ކާޑެއް ތައާރަފް ކުރުމުން، އޭރުން ބުނެވިދާނެ ރާއްޖެއަށް ރުޕޭ ތައާރަފްވިކަމަށ
ކޮމެންޓްބޮޓް
09 October 2024
މިތާ ކޮމެންޓްކުރާ ބޮޓުތަކަށް ތިކަން ވިސްނައިނުދެވޭނެ.
ބަބްސް
08 October 2024
މިކަމުގެ ފުރިހަމަ ފައިދާ ލިބޭނީ ބ.މ.ލ ގެ އޮންލައިން ޕޭމަންޓް ގޭޓްވޭއިން ރޫޕޭ ސަޕޯޓުކުރާ ދަުވަހަކުން.
ބޮޑުރިޔާ
08 October 2024
މިތޯ އެވިދާޅުވާ ޕޭޕަލް އަކީ ހަމަ އެއްވައްތަރުކަމުން އަހާލީ
ޙަޖަމަން ކޮމަނާ
08 October 2024
އެމްޑީޕީން ކުރިނަމަ މިވެސް ވާނީ އިންޑިޔާގެ އަޅުވެތިކަމަށް ދިޔަކަމަށް. ރައްޔިތުން ވިސްނެވުން މުހިންމު
އެމްސް
08 October 2024
ދިވެހިންނަށް އެއްވެސް ލުޔެއް ލިބޭނެތޯއެވެ؟
އެމީހުންގެ ބޭންކް
08 October 2024
ރުޕޭ މީހުންނަކީ އަދި ދިވެހިންނެއްނޫން ދޯ؟
ދޮހޮއްތު
08 October 2024
ކޮންދުވަހަކުންތަ ވިސާ އެމެކްސް އަދި މާސްޓަރ ކާޑުގޮތައް ދިވެހިންނައް ތިޔަ ކާޑު ލިބޭނީ ….