ފިލްމު ޝޫޓިންގައި ހިނގި ހާދިސާއެއްގައި އިމްރާންގެ ކަރަށް ގެއްލުން ލިބިފައި.
08 އޮކްޓޯބަރ 2024 - 05:45
ފިލްމެއްގެ ޝޫޓިންގައި ބޮލީވުޑްގެ އެކްޓަރު އިމްރާން ހާޝްމީގެ ކަރަށް އަނިޔާވެއްޖެ އެވެ.
އެއީ އިމްރާންގެ އާ ފިލްމު "ގުދަޗާރީ 2"ގެ ޝޫޓިންގަ އެވެ. އިންޑިއާގެ ހައިދަރުއާބާދުގައި ޝޫޓްކުރާ އެ ފިލްމަކީ އެކްޝަން ސްޕައި ތުރިލާއެކެވެ. އެއީ ސައުތު އިންޑިއާގެ ފިލްމެކެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އިމްރާނަށް އަނިޔާވީ ވަރަށް މައްޗަށް ފުއްމައިގެން ނަގަން ޖެހޭ އެކްޝަން މަންޒަރެއް ނަގަން އުޅުމުގެ ތެރޭގައި ހިނގި ހާދިސާއެއްގަ އެވެ. އެ ހާދިސާގައި އޭނާ ކަރުން ތަންކޮޅެއް ވަނީ ވަރަށް ބޮޑަށް ކަނޑައިގެން ގޮސްފަ އެވެ.
އެ ހާދިސާއަށް ފަހު ދުވަސްކޮޅަކަށް މަސައްކަތް މަޑުޖައްސާލައި އަރާމުކުރަން ޑޮކްޓަރުން ލަފާދީފައި ވާތީ، އޭނާ އެނބުރި މުމްބާއީއަށް ދިއުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
ތެލުގޫ ފިލްމު "ގުދަޗާރީ 2" އަކީ 2018 ވަނަ އަހަރު ގެނެސްދިން "ގުދަޗާރީ"ގެ ސީކުއެލްއެކެވެ. އެ ފިލްމަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ. އެކަމަކު، ފުރަތަމަ ފިލްމުގައި އިމްރާން ނޫޅެ އެވެ.
މިއީ އިމްރާން ކުޅޭ ސައުތު އިންޑިއާގެ ދެވަނަ ފިލްމެވެ. އޭނާގެ ފުރަތަމަ ފިލްމަކީ އަންނަ އަހަރު ރިލީޒްކުރާ ގޭންގްސްޓާ އެކްޝަން ތުރިލާ ފިލްމު "އޯޖީ" އެވެ.
"ގުދަޗާރީ 2" ވެސް ރިލީޒްކުރަނީ އަންނަ އަހަރު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ެިއިމްރާންފޭން ގާރލް
08 October 2024
ގެޓް ވެލް ސޫން ބޭބީ