ދަރިވަރުންތަކެއް ވޭޕް ހިފައިގެން: ރާއްޖޭގައި ވޭޕް މަނާކުރަން ނިންމުމުން ޑަބްލިއުއެޗްއޯއިން ވަނީ މަރުހަބާ ކިޔާފައި --- ފޮޓޯ/މިހާރު
16 އޮކްޓޯބަރ 2024 - 11:00
ރާއްޖެއަށް ވޭޕް އެތެރެ ކުރުމާއި ބޭނުންކުރުން މަނާކުރަން ނިންމުމުން ޑަބްލިއުއެޗްއޯއިން މަރުހަބާ ކިޔައިފި އެވެ.
އެ ޖަމިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ އޮފީހުން އެކްސްގައި އިއްޔެ ކުރި ޕޯސްޓުގައިވަނީ ވޭޕް ބޭނުންކުރުން މަނާކުރުމަކީ ޒުވާނުންގެ މެދުގައި ވޭޕްކުރުން އިތުރުވުމުގެ ސަގާފަތް ހުއްޓުވުމަށް މުހިއްމު މަސައްކަތެއް ކަމަށެވެ.
މީގެ ފަސް އަހަރު ކުރިން، 2019 ވަނަ އަހަރު ހެދި ގްލޯބަލް ޔޫތު ޓޮބޭކޯ ސާވޭއާ ހަވާލާދީ ޑަބްލިއުއެޗްއޯއިން ބުނީ ރާއްޖޭގައި 15 އަހަރާއި 13 އަހަރާ އަހަރާ ދެމެދުގެ 23.1 ޕަސެންޓް ފިރިހެން ކުދިންނާއި 10.7 ޕަސެންޓް އަންހެން ކުދިން އީ-ސިނގިރޭޓް ބޭނުންކުރާ ކަމަށެވެ.
Congratulations #Maldives 🇲🇻 for announcing a ban on vaping. An important initiative to arrest the worrying trend of increase in vaping, specially among young adolescents. As per the 2019 Global Youth Tobacco Survey, 23.1% boys and 10.7% girls in the age group of 13 to 15 years… https://t.co/mffmWgYZL2
— World Health Organization South-East Asia (@WHOSEARO) October 15, 2024
ހާއްސަކޮށް މި ސަރަހައްދުގެ ގައުމުތަކުގެ ޒުވާނުންގެ މެދުގައި އީ-ސިނގިރޭޓް ނުވަތަ އިލެކްޓްރޯނިކް ނިކޮޓިން ޑެލިވަރީ ސިސްޓަމް (އީއެންޑީއެސް) އާއި އިލެކްޓްރޯނިކް ނޮން-ނިކޮޓިން ޑެލިވަރީ ސިސްޓަމް (އީއެންޑީއެސް) އާއި ހޫނު ދުންފަތުގެ ބާވަތްތައް (އެޗްޓީޕީ) އަދި ނިކޮޓިން ޕައުޗް (އެންޕީ) ފަދަ ނޮވެލް އަދި އިމާޖިން ނިކޮޓިން އެންޑް ޓޮބެކޯ ޕްރޮޑަކްޓްސް (އެންޕީ) ބޭނުންކުރުން އިތުރުވަމުން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާގައި މިދިޔަ ހޯމަ ދުވަހު ކުރެއްވި ޕޯސްޓުގައި ވަނީ އަންނަ މަހުގެ 15 އިން ފެށިގެން ވޭޕް އެތެރެކުރުން މަނާކޮށް އަދި އަންނަ ޑިސެމްބަރު 15 އިން ފެށިގެން ވޭޕްކުރާ ތަކެތި ބޭނުން ކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި އިޝްތިހާރު ކުރުމާއި ހިލޭ ބެހުން މަނާކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވައިފަ އެވެ.
އޭގެ ފަހުން އެ މަނިކުފާނު ވަނީ ސިނގިރޭޓުން ނަގާ ޑިއުޓީ ވެސް ތިން ރުފިޔާއިން އަށް ރުފިޔާއަށް ބޮޑުކުރުމަށް ނިންމަވައިފަ އެވެ.
ޑަބްލިއުއެޗްއޯއިން ބުނީ ދުނިޔޭގައި ވެސް 37 ގައުމެއްގައި އީ-ސިނގިރޭޓް މަނާކޮށްފައިވާ ކަމަށެވެ. އަދި މި ސަރަހައްދުން ދެކުނު ކޮރެއާ އާއި އިންޑިއާ އާއި ސްރީލަންކާގެ އިތުރުން ތައިލެންޑު އަދި ޓީމޯ ލެސްޓުގައި ވަނީ ވޭޕް މަނާ ކޮށްފައި ވާއިރު، އެހެން ގައުމުތަކުން ވެސް އެ ބާވަތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅަން ވަކާލާތު ކުރާނެ ކަމަށް އެ ޖަމްއިއްޔާއިން ބުންޏެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް މި ސަރަހައްދުގެ މެމްބަރު ގައުމުތަކުން އަޅާ ފިޔަވަޅުތަކުން، އެ ވަބާއާ ދެކޮޅަށް މަސައްކަތް ކުރުމުގައި ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދު އޮތީ ކުރީ ސަފު ކަމަށް ވެސް އެ ޖަމްއިއްޔާއިން ބުންޏެވެ.
ޑަބްލިއުއެޗްއޯއިން ބުނީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ހުރިހާ ވައްތަރަކީ ވެސް ގެއްލުން ހުރި އަދި ގައިންގަޔަށް ނާރާ ބަލިތައް ކަމަށްވާ ކެންސަރާއި ހިތުގެ ބަލިތަކާއި ފުއްޕާމޭގެ ދާއިމީ ބަލިތަކާއި ހަކުރު ބަލީގެ ނުރައްކާ ބޮޑު ކަމެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބާބް
16 October 2024
އިންޑިޔާގައި ކިހިނަކުން ތިއެއްޗެއް މަނާކުރީ. މޮހާރުވެސް ގަދަޔަށް ވިއްކާ ފިހާރަތަކުގައި.
ކަހެރުވައް
16 October 2024
އަދި ކަމަކުނުދޭ. މަރުހަބާއަކުން ކެއްކޭނީ ކޮން ރިހައެއް؟ އެވޯޑެއް ދީބަލަ. ރައީސް އޮފީހުގެ ފާރުގަ ހަރުކޮށްލާނެ.
އިލަ
16 October 2024
އަދި އޮތީ ބޮޑު ކަންތައް.. އެއީ ތިޔަ މަނާ ކުރި ކަންތައް ތަންފީޒުކުރުން.. ޔަގީނުންވެސް ނުވާނެ ކަމެއް.. އެހެންނަމަ ސިނގިރޭޓް ބުއިން މަނާ ރަތްކުލައިގެ ބޯޑުދަށުގައި ތިބެގެން ބޯ މީހުންނަށް އަދަބު ދޭނެ..
ޕޮބްލިކް
16 October 2024
އަހަރެން ވެސް މަރުހަބާ ކީސް ވަގުތު ކޮޅެއް ދީފަ މަނާ ކުރިނަމަ! ބައްސާމް އައްވެސް ވަގުތު ކޮޅެއް އިތުރު ކޮއްދިންދޯ!
ޖައުޝަންް
16 October 2024
މިއީ އެމްޑީޕީ ވެރިކަމެއް ނަމަ މިފަދަ ކަންކަމަށް ބީރު ކަންފަތެއްދީގެން އެމީހުންތިބޭނެ އެންމެން ރުއްސަން. އަން ޕޮޕިއުލަރ ޑެޒިޝަން އަކީ ކޮންމެ ކޮންމެ ވެރިޔަކަށް ނެގޭނެ އެއްޗެއްނޫން. ރައީސް މުއިއްޒު ވިސްނަނީ ގެއްލޭ ވޯޓަކަށް ނޫން. އެހެންނަމަވެސް ސަލާމަތްވާ ފުރާނަތަކަށް. ދުނިޔޭގެ އިދާރާތަކުންވެސް ރައީސް މުއިއްޒުއަށް މިއަދު ސެލިއުޓް ދެއްވާ.
ދެވަނަ ދައުރެއް މުއިއްޒުއަށް
16 October 2024
ގައުމު ހެޔޮ މިސްރާބަކަށް ދާކަމުގެ އަލިގަދަ ނިޝާންތަށް ފެނިގެން މިދަނީ. މުޅި ދުނިޔެއިން ރައީސް މުއިއްޒު މިޔަދު ބަލައިގަނޭ. ތިއީ ހަމަ ދިވެހިންގެ ރައީސް.
ސައިފްް
16 October 2024
ރާއްޖޭގެ މިހާތަނަށް ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ރައީޒް މުއިއްޒު ފާހަގަ ކޮޮށްލެވެނީ ގަޓުހުރި ހިއްވަރުހުރުރި ރައީސެއްގެ ގޮތުގައި. ގިނަ ބަޔަކު އެކަމަކަށް ބޭނުންވެ އެދިއެދި ހުރި ވޭޕް މަނާކޮށްލުމަކީ ކޮންމެ ކޮންމެ މީހަކަށް ވާނެވަރުގެ ކަމެއްނޫން.
ޖައުފަރްް
16 October 2024
މި ގައުމުގެ ކަންކަން ހަމަމަގަށް އެޅުމަށް ރައީސް މުއިއްޒު ކުރައްވާ ކަންކަން ދިވެހިން ބަލައިގަނޭ. އަދި މުޅި ދުނިޔެވެސް ބަލައިގަނޭ.
އުލްފާާ
16 October 2024
ރައިސް މުއިއްޒަކީ އުނދަގޫ ޑެޒިޝަން ނެގުމުގެ ނަމޫނާއެއް. މިކަން މުޅި ދުނިޔެއިންވެސް ގަބޫލްކުރޭ.
ލަސްމީ
16 October 2024
އިޒްރޭލް ޕާސްޕޯޓް، އިންޑިޔާ އައުޓް ފަދަ ކަންކަން ދެއްތޯ؟ ހަމަ ނަމޫނާ.
ބާބް
16 October 2024
އިޒްރޭލް ޕާސްޕޯޓް މަނާކުރީމަ ޔަހޫދީން ރާއްޖެއައުން ހުއްޓުވޭތަ؟ އަދި އިޒްރޭލް ޕާސްޕޯޓް މަނާކުރީމަ ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ހިންގާ ހަނގުރާ ހުއްޓާލާތަ؟
ކެންސަލް
16 October 2024
އެންމެ ގިނައިން ޑިޒިސަން ރިވާރސް ކުރާ ވެރިޔާ ވެސް މެ.. ހެހެ.