ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
20 އޮކްޓޯބަރ 2024 - 15:32
މި އަހަރުގެ ޖުމްހޫރީ ދުވަހާ ގުޅުވައިގެން ނޮވެމްބަރު 10 ވާ އާދިއްތަ ދުވަސް ވެސް ބަންދުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.
ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒު ސޮއިކުރައްވައި ނެރުއްވި ދެންނެވުމުގައި ވަނީ، އަންނަ ނޮވެމްބަރު މަހުގެ 10 ވެސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ ޖުމްހޫރީ ދުވަސް ކަމަށްވާ ނޮވެމްބަރު 11 ވަނަ ދުވަސް ބަންދު ދުވަހަކަށް ވާތީ އެވެ.
އެހެންވެ، ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނެތި މުވައްޒަފުންނަށް ޗުއްޓީ ލިބޭ ގޮތަށް ހަމަޖެއްސުމަށް ރައީސް މުއިއްޒު އެދިވަޑައިގަތެވެ.
ނޮވެމްބަރު 10 ބަންދު ކުރުމުން ހަފުތާ ބަންދާ އެކު ޖެހިޖެހިގެން ހަތަރު ދުވަހަށް ސަރުކާރު ބަންދުވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހޮބް
20 October 2024
ބަންދު ނުކުރިޔަސް ވާކަމެއްނެތޭ
ލަޔާން އަހްމަދު
20 October 2024
މިހުރީވާ ރައީސެއް އަހަރުންނަށް ލިބިފަ. މޭން އެކޭ
މޫސާ ޔައިޝް
20 October 2024
މީ ރައްޔިތުންނާ ދޭތެރޭ ވިސްނާ ވެރިޔެއް
އަނީފް
20 October 2024
ޝުކުރިއްޔާ ރައީސް
މުއްދަތު
20 October 2024
ބަރާ ބަރު! ބަންދު މުއްދަތު ޖަހަމުން ގެންދަނީ ވެސް 10 ދުވަހަށް!
އެޗް އެމް
20 October 2024
މިއަންނަ އަހަރުގެ ކަލެންޑަރު ނެރުމުގެ ކުރިން މިކަހަލަ ގެޕްތައް ރަގަޅު ކޮށްފަ ނެރޭނެ ކަމަށް ބެލެވޭ. އޭރުން ރައީސަށް އިރުއިރުކޮޅާ މިތަކުލީފު އުފުލާކަށް ނުޖެހޭނެ.
އަބްޑޫޅް +
20 October 2024
ދިވެހިރާއްޖޭގެ ގައުމީ ހޮބީ އަކީ ރަސްމީ ބަންދު ދުވަސްތައް އިތުރުކުރުން. މިހާރު ބައެއް މަސްމަހުގެ ފަހުދިހަ އެކުގަ، އެބަ ބަންދު ކުރެޔޭ. އެކަމަކު ކަންނެތްގިރުވަން، މިމީހުން އެނދު-އުނދޯލީގައ ލެޑިފައި ތިބެން ވިޔަފާރި ތަކާއި ޓެކިސް ދޭ މީހުންނަށް އެބަ ޖެހެޔޭ. މިއީ ދެން ކޮންފަދަ ބޮޑު ނުފޮރުއްޕާނެއްތަ؟
އިންމަަ
20 October 2024
ކަލޭމެންނަށް ނުހޮރޮއްޕާނަކަށް ނުވާ ކަމެއް އޮވޭތަ؟ މި ދެން ކޮން ކަމެއް މީހެއް ރުޅި އަންނަން. ޔަގީނޭ އެމްޑީޕީ ސޮރެއްކަން ކައޭތީ
ބަޝީރް
20 October 2024
އެންމެ ދުވަހެއް ބަންދު ކޮށްގެން ކަންނެތް ވަންޏާ ނެތެއްނު ސަލާމަތެއް. ތިކަހަލަ މީހުންނަކާ ހެދީ އަސްލު ނޮހޮރޮއްޕާނަކަށް ވަނީ
މްހިލާ
20 October 2024
ސަރުކާރު ހިސޯރު ކޮށްގެން އުޅޭ +3000 ސިޔާސީ ޕާރޓީ ބޮޓުން އަށް މަސައްކަތެއް ނުކޮށް ލާރި ހޯދަދޭން ހިންގާ ވަރަށް ނޭދެވޭ ކަމެއް މީ.
އަރޫޫ
20 October 2024
އާން ތިބުނާ ސިޔާސީ މީހުންނަށް އެކަނި ވިއްޔާ ބަންދު ވަނީ. އަގަޔެއް އިނިއްޔާ ކޮންމެވެސް އެއްޗެކޭ ކިޔަން ވާނެ
ލާހިމް
20 October 2024
ޝުކުރިއްޔާ ރައީސް. ރައްޔިތުންނަށް ބެއްލެއްވުމުގެ މިވަރުގެ ވެރިއެއް ދުށިންތަ؟
އަހަރެމެން
20 October 2024
ބުރާސްފަތި ބަންދުކުރިނަމަ ކިހާ ރަނގަޅު
ކަލޭމެން
20 October 2024
ނޮވެމްބަރުމަސް އެކުގައި ބަންދުކޮށްލިނަމަވެސް ބުނާނެ، ޑިސެމްބަރުމަސް ވެސް ބަންދުކުރިނަމަ ކިހާ ރަނގަޅުހެއްޔޭ. ހިތެއް ނުފުރޭނެ.
ކަލޭމެން
20 October 2024
އަހަރެމެންނަށް ހެޔޮ ހަމަ އެއް ގޮތެއްވެސް ނޯންނާނެ.
ޖީއްކޮ
20 October 2024
އަދި ފަސް ދުވަސް އިތުރު ކުރާށޭ ބުނި ނަމަ. ދުވަހަކުވެސް ހިތެއް ނުފުރޭނެ