ވޭޕް ފްލޭވާގެ ނަމުގައި ގެނައި ކެނަބިސް ޝިޕްމަންޓް: އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރެއް ނުކުރޭ --- ހޯމް މިނިސްޓްރީ
21 އޮކްޓޯބަރ 2024 - 12:01
ވޭޕް ފްލެވާގެ ނަމުގައި ރާއްޖެ އެތެރެކުރި ޑްރަގް ޝިޕްމެންޓުގެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.
އެ ޝިޕްމަންޓް އަތުލައިގަތީ މި މަހުގެ 14 ވަނަ ދުވަހުގެ ރޭ އެވެ.
އެ މައްސަލާގައި މީހަކު ހައްޔަރު ކޮށްފައިވޭތޯ "މިހާރު" އިން ސުވާލު ކުރުމުން ޕޮލިހުންގެ މީޑިއާ އޮފިޝަލެއް ވިދާޅުވީ މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.
ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓުގައި ކުރިން ވިދާޅުވެފައިވަނީ ވޭޕް އޮއިލް ނުވަތަ ފްލޭވާގެ ނަމުގައި ރާއްޖެ އެތެރެކުރީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް ކަމަށެވެ.
ކަސްޓަމްސް އިން އެ ޝިޕްމަންޓް ހިފަހައްޓާފައިވާ ކަމަށް ވިދާޅުވެ މިނިސްޓަރު ވަނީ ވޭޕް ކާޓްރެޖް ތަކެއްގެ ފޮޓޯ ވެސް އާންމު ކުރައްވައިފަ އެވެ.
14 May 2024 vana dhuvahu Raajje etherekuranikoh hifehettunu cannabis alhaafaivaa Vape Cartridge. School thakuge kiyavaa kudhinnah mifadha masthuvathakethi himeney vape olhuvaalaigen dhemundhaakan vanee faahanga kurevifa. https://t.co/DqSrn265xq pic.twitter.com/SYBCoBzCfC
— Minister of Homeland Security & Technology (@min_mohst) October 14, 2024
ޑްރަގް އަޅާފައިވާ ވޭޕް ސްކޫލް ދަރިވަރުންނަށް ދެމުންދާކަން ފާހަގަ ކުރައްވައި، އިހުސާން އޭރު ވިދާޅުވެފައިވަނީ އަންނަ މަހުން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި އެންމެ ބޮޑު އެއް ސަބަބަކީ ވެސް އެއީ ކަމަށެވެ.
ރައީސް ވަނީ ވޭޕާއި އޭގެ ވަކިވަކި ބައިތައް އަންނަ ނޮވެމްބަރު 15 ވަނަ ދުވަހުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ކަމާ ބެހޭ ފަރާތްތަކަށް އަންގަވައިފަ އެވެ. އަދި ވޭޕްކުރާ ތަކެތި ބޭނުން ކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި އިޝްތިހާރު ކުރުމާއި ހިލޭ ބެހުން އަންނަ ޑިސެމްބަރު 15 އިން ފެށިގެން މަނާކުރަން އަންގަވާފައި ވާއިރު، އިއްޔެ ވަނީ އަންނަ ނޮވެމްބަރު 15 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އަށް އެތެރެކުރާ ވޭޕުން ޑިއުޓީ ބޮޑުކުރުމަށް ގާނޫނަށް އިސްލާހެއް ވެސް ހުށަހަޅައިފަ އެވެ.
ކަސްޓަމްސް އިން "މިހާރު" އާ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު 2018 އިން ފެށިގެން މިދިޔަ ޖުލައި މަހާ ހަމައަށް 124 މިލިއަން ރުފިޔާގެ ގެ ވޭޕާއި އީ-ސިނގިރޭޓް ރާއްޖެއަށް އެތެރެ ކޮށްފައިވެ އެވެ. އަދި މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ ޖުލައި މަހާ ހަމައަށް 19.7 މިލިއަން ރުފިޔާގެ ވޭޕް އެތެރެ ކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޓަކަނޭ
21 October 2024
ޢެތަކެތި ޕޮޒިޓިވްއެއްނުވޭ، އެެހެންވީމާ މީހަކު ހައްޔަރުމުކުރެވޭނެތާ. މިސްޓަރ މިކަންހިގިގޮތް ރައްޔުތުންއަށް ސާފްކޮށްދޭންޖެހޭ
ޒަމްރް
21 October 2024
ދިވެހި ރާއްޖޭގަ ތިބޭ ފުލުހުންނަކީ ކަމެއް ކުރެވޭ ބައެއް ނޫން... ދިވެހި ފުލުހުން މީހަކު ހައްޔަރު ކުރިއަސް, އެވާނީ ނުބައިކޮށް ހައްޔަރު ކުރެވޭ މީހަކަށް... ކޮންމެ ސަރުކާރެއްގަ ވެސް ހަމަ މިހެން މިކަން ދިމާވީ.... ޑްރަގް ބޮޑުން ފައިސާ ދީގެން ސަލާމަތް ވަނީ... ވަރަށް ދެރަ ކަމެއް...
ހަސަންބެއްޔާ
21 October 2024
ތިޔަކަހަލަ ސަކަރާތްޖެހުމުން، މުވައްސަސާތަކުގެ އަގުވެއްޓުން ނޫންކަމެއް ނުވާނެއެވެ. އަމިއްލަޔަށް، އަމިއްލަ މީހާގެ ކައްވަޅު ކޮންނަނީއެވެ.
ޖަގޭ
21 October 2024
ވޭޕައް ތާޢީދު ކުރަނީއެއްނޫން އެކަމަކު ޑުރަގު އަޅައިގެން އެތެރެ ކުރި އެއްޗެއްގެ ވެރިފަރާތެއްވާނެ ކީއްވެ އެވަރުގެ ކުށެއް ކުރީމަ މީހަކު ހައްޔަރު ނުކުރީ؟ ގަބޫލު ކުރެވެނީ ސަރުކާރުން ކުޅުނު ގޭމަކާ، އެހެންވީމަ ގަޓު ހުރި ކަމަކަށް ގަބޫލު ކުރެވޭނެ ޖާގައެއް ނެތް ....
ޑރ ވާންޗޯ
21 October 2024
އަޅެފަހެ މިސަރުކާރުމީ ރައިއްޔަތުންގެ ވަރަށްފުރިހަމަ ވޯޓަކުންގެނައި ހަމައެކަނި ގަދަފަދައަޑެއްތަ؟.
ޑރ ވާންޗޯ
21 October 2024
ގައުމުގެ މަތިފަޑިފުރެންދެން ތިޔަފަދަ ތަކެތީގެ ރެސްޕޮންސިބްލް ތިބީމަ ދެންކާކު ހައްޔަރުކުރެވޭނީ؟.
ޕަބުޖީބު
21 October 2024
ކުޗް ތޯ ގަޑު ބަޑު ހެއި...
އަހުމަދު ސ
21 October 2024
މި ފްލޭވާ އިން ޑްރަގް ނުފެނުމުގެ ސަބަބުން 20 އޮކްޓޯބަރ ވަނަ ދުވަހުގެ ހަވީރު ގަޑިއެއްގައި ވެރިފަރާތަށް ހަވާލު ކޮއްފި އިނގޭ މީހެއް
ތަތާ
21 October 2024
މަޖިލިސް އިންތިހާބުގައި ލިބުނު ފައިސާއެއްގެ ބަދަލުގައި ސިގިރޭޓް ވިއްކާ ވަކި ބަޔަކަށް ފައިދާ ވާ ގޮތަށް ވޭޕް ވިއްކާ މީހުންގެ ވިޔަފާރި ބަންދުކޮށް މަނާކޮށް ހެދުމް މީ ވަރަށް ބޮޑު ކޮރަޕްށަނެއް. އަދި އޭގެ އިތުރުން ސަރުކާރުގެ ނިންމުން ދިފާއުކުރުމަށް މިފަދަ ދޮގު މައުލޫމާތު ހާދާ އާއްމުކުރުމަކިވެސް ވަރަށް ވިޔާނުދާ ކަމެއް.
ޒަމްރް
21 October 2024
ސްކޫލުތެރޭގަ ކުޑަ ކުދިން (10 އަހަރުގެ ކުދިން) ސިއްރުން ވޭޕް ކުރޭ... 12 އަހަރުން މަތީގެ ކުދިން ތިބެނީ އެޑިކްޓް ވެފަ.. ދަރިވަރުން ސްކޫލު ފާހާނާތަކުގަ ވޭޕް ބޭނުން ކޮށްފަ, ދެން ތިބޭ ކުދިންނަށް ދޭ... ކުޑަ ކުދިން (11 އަހަރު) ބަހުން ފައިބާ ގޮތަށް ސްކޫލު ޔުނިފޯމުގަ ވޭޕް ކުރަމުން ދަނީ... ދަރިންގެ ޙައްގުގަ ވޭޕް މަނާ ކުރަން ޖެހޭ...
ނާޑުވާ
21 October 2024
ސަރުކާރުން ކަންކަން ކުރަން ނޭނގުނީމަ ދެބޯ ގެރި ދުއްވަނީ. ވޭޕަށްވުރެ ގެއްލުން ބޮޑު ސިނގިރޭޓަށް އޮތް ޑިމާންޑް ކުޑަވާތީ ސިނގިރޭޓް ކާރޓެލް އާ ސަރުކާރާ ގުޅިގެން ވޭޕް ހުއްޓުވާ ސިނގެރޭޓް އާންމު ކުރަނީ އަދި ޓެކްސް ބޮޑުކޮށްގެން އާމްދަނީ އިތުރުކުރަނީ ދޮގު މައްޗަށް ދޮގު ހަދައިގެން.