ޝަހުމް: ޝަހުމްގެ މައްސަލަ ދެ އަހަރު ފަހުން ސުޕްރީމް ކޯޓުން ފަށަން ވަނީ ތައްޔާރުވެފައި --- ފޮޓޯ/ޕޮލިސް
23 އޮކްޓޯބަރ 2024 - 12:53
މީގެ 12 އަހަރު ކުރިން މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލި މައްސަލާގައި ކުށް ސާބިތުވި އިބްރާހިމް ޝަހުމް އާދަމް މެރުމަށް ހައި ކޯޓުން ކުރި ހުކުމުގެ މައްސަލަ ދެ އަހަރު ފަހުން ސުޕްރީމް ކޯޓުގައި ފަށަން ތާވަލްކޮށްފި އެވެ.
ޝަހުމް މެރުމަށް ކުރި ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅީ 2022 ވަނަ އަހަރު އެވެ. ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ދައުލަތުން ހުށަހަޅާނީ ކުށްވެރިޔާގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ނުކުރުމުންނެވެ.
މި މައްސަލާގެ ފުރަތަމަ އަޑުއެހުން ބާއްވަން ސުޕްރީމް ކޯޓުން ތާވަލުކޮށްފައިވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ހެނދުނު 10:00 އަށެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ބައްލަވަނީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު އަލީ ރަޝީދު ހުސައިންނެވެ.
މަޖީދީމަގާއި އަލިކިލެގެފާނު މަގު ގުޅުނު ހިސާބުގައި 2011 ވަނަ އަހަރު ސ. ހިތަދޫ ވަރުދީގޭ އަހުސަން ބަޝީރަށް ހަމަލާދީ އޭނާ މަރާލި މައްސަލާގައި އިބްރާހިމް ޝަހުމް އާދަމް މެރުމަށް ހައި ކޯޓުން 2021 ވަނަ އަހަރު ފަހުކޮޅު ހުކުމްކުރީ އެ ހަމަލާއަށްފަހު އަހުސަން މަރު މަތީގައި އޮވެގެން ބުނި ބަހަށް ބުރަދަން ދީގެންނެވެ. އެއީ މަރު މަތީގައި އޮވެގެން ބުނި ބަސް (ޑައިން ޑިކްލަރޭޝަން) ރާއްޖޭގެ ކޯޓަކުން ހެއްކެއްގެ ގޮތުގައި ބަލައިގަތް ފުރަތަމަ މައްސަލަ އެވެ.
ޝަހުމްގެ އިތުރުން މއ. ވީނަސްތަރި ހަސަން ޝިމާޒް މުހައްމަދު ސުވާދުގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމެއް ވެސް މި މައްސަލާގައި ހައި ކޯޓުން އިއްވި އެވެ. އެއީ އަހުސަން މަރާލުމުގައި ޝަހުމަށް އެހީތެރިވެދިން ކަމުގެ ކުށުގަ އެވެ.
ޝަހުމްގެ މައްޗަށް މަރުގެ ހުކުމް އައިއިރު އޭނާ ގެންދަނީ މަރުގެ އެހެން މައްސަލައެއްގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ވެސް ތަންފީޒު ކުރަމުންނެވެ. އެއީ 2010 ވަނަ އަހަރު މާފަންނު ޔޫތު ސެންޓަރު ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލި މައްސަލާގައި ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވެގެންނެވެ.
އެ މައްސަލާގައި ތުހުމަތުގައި ޝަހުމް ހައްޔަރުކޮށްފައި ހުއްޓާ 2011 ވަނަ އަހަރު ކްރިމިނަލް ކޯޓުން އޭނާ ބަންދުން ދޫކޮށްލީ ހެލްތު މިނިސްޓްރީގެ ލިޔުމެއް ނުލިބޭތީ އޭރުގެ ހެލްތު މިނިސްޓަރު ޒިންމާދާރު ކުރަން ކަމަށް ބުނެ އެވެ. އޭނާ ދޫކޮށްލިތާ ދުވަސްކޮޅެއް ވީތަނާ، އަހުސަނަށް ހަމަލާދީ މަރާލުމަށްފަހު ފިލައިގެން އުޅެނިކޮށް އޭނާ ހައްޔަރުކުރީ ފަޅު ރަށަކުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެހިބިން
23 October 2024
މިމީހުން މުސްކުޅިވެގެން މަރުވާއިރުވެސް ދަޢުލަތަކަށް މަރުގެ ހުކުމް ތަންފީޒެއްނުކުރެވޭނެ. އެެއެއްޗެކޭ މިއެއްޗެކޭކިޔައިގެން ދިގުދަންމާނެ.
މުދިން
23 October 2024
މުދިންކަން ކިޔަވައިގެން މީހުންގަޔައް ވަޅިޖަހަންދުވީ
ނުވި
23 October 2024
މި ލިޔުމުގެ އެންމެ ފަހު ޕެރެގުރާފެއް ފަހުމެއް ނުވި. ހެލްތު މިނިސްޓަރު ޒިންމާދާރު ކުރަން އޭނަ ދޫއްކޮށްލީ ކީއްވެޔޯ؟
ޙަބީބް
23 October 2024
2014 ވަނަ އަހަރު ޝަހުމް ހައްޔަރުކޮށްފައި ވަނީ މާވެޔޮމަގުގައި ހުންނަ ގެސްޓް ހައުސް އެއްގެ ކުޑަދޮރަކުން ފުންމާލައިގެން ފިލަން ދުވަނިކޮށެވެ.
ސައްޕޭ
23 October 2024
"ޝަހުމް ހޯދަން ހަތިޔާރު ބޭނުންކުރުމުގެ ހުއްދަ ސިފައިންނަށް ދީފި" 2014 ގެ ސުރުހީ އެއް.
ޙަޒްނާ
23 October 2024
"އޭގެ އިތުރުން ވެސް މާރާމާރީގެ ގިނަ އަދަދެއްގެ މައްސަލަތަކުގައި ޝަހުމް ހިމެނެ އެވެ. އެގޮތުން އޭނާ މުދިމް ކޯހުގައި ކިޔަވަމުންދިޔައިރު ހޮޓަލެއްގައި ސައި ބޯން އިން މީހަކަށް ލަކުޑި ބުރިއަކުން ހަމަލާދީފައިވާތީ އޭނާ އެއް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ވެސް ކޮށްފަ އެވެ" ހަވީރު ނޫސް 2012
ޑަކޭ
23 October 2024
2 މީހެއްގެ ފުރާނަ ނަގާލި މީހެއް! ބޮޑު ކުއްވެރިއެއް. މީނާ ސިޔާސީ ހަލަ ބޮލި ކަމުގައި މާލެތެރެއަަށް އައިސް މިޝަންއެއް ޖައްްސަން އުޅެނިކޮށް ފުލުހުން ވަނީ އަތުލައިގަނެފައި.
ނަން..
23 October 2024
މީނަގެ ކުށުގެ ބައެއް ޢަބްދުﷲ ޤާޒީ ވެސް ޖެހޭނެ ޒިންމާވާން. ފުލުހުން މިއީ ނުރައްކާތެރި ކުއްވެރި އެއް ގޮތުގައި ކަނޑައަޅާ އަދި ދޫކޮއްލައިފިނަމަ ނުރައްކާތެރި ހަމަލަދޭނެ ކަމަށް ބުނެފަ އޮއްވާ ގނަސީދު ވެރިކަމުގައި ހުރީމަ އޭނަ ޒިންމާ ކުރަންނޭ ކިޔާފައި ދޫކޮއްލުމުން ފިނޭންސް މިނިސްޓްރީ ކުރިމަތީ އޮތް ގޯޅީގައި އުޅޭ ބޮބީ ކިޔާ ޒުވާން ކުއްޖެ ކަތިލަ މަރާލި މީހެއް.
މަހާރަދުން
23 October 2024
ސާބަހޭ ! ކުއްވެރިޔާ ފަރާތުންވެސް އަދި އެހެންމީހަކުވެސް އިސްތިއުނާފުނުކޮއްފިނަމަ ރައްޔިތުން ފެލާ ދައުލަތުންވެސް ނިކުމެ ކުއްވެރިންނާ ވަގުން ދޫކުރެވޭނެ މަޅިއެއް ޖަހަންވާނެ!!!
ހުސެން ހަސަން
23 October 2024
މީނާ އަކީ ނަފްސާނީ ބަލީގެ މީހެއް.