25 އޮކްޓޯބަރ 2024 - 01:48
ފައިނަލުގައި ޕޮލިސް ކްލަބް ބަލިކޮށް، ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތަށި ކްލަބް ވެމްކޯއިން މިލްކުކޮށްފި އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗު ވެމްކޯއިން ކާމިޔާބު ކުރީ 3-1 ސެޓުންނެވެ.
މެޗުގެ ފުރަތަމަ ދެ ސެޓް އިތުބާރާ އެކު ވެމްކޯއިން ކާމިޔާބު ކުރި އެވެ. އެއީ 25-23 25-13 ންނެވެ. އެކަމަކު ތިންވަނަ ސެޓް ބޮޑު ލީޑަކުން ޕޮލިސް ކްލަބް ގެންދިޔަ އެވެ. އެ ސެޓް ޕޮލިހުން ގެންދިޔައީ 25-12 އިންނެވެ. އަނެއް ސެޓް ވެމްކޯއިން 25-16 އިން ހޯދައި މެޗު ކާމިޔާބު ކުރި އެވެ.
ކުރިން ގައުމީ މުބާރާތަށް އެންމެ ފަރތި ޕޮލިސް ކްލަބް ބަލިކޮށް، ވެމްކޯއިން ވަނީ ކްލަބް ވޮލީގައި މި އަހަރު ދެ ތަށި ގެންގޮސްފަ އެވެ. އެންމެ ފަހުން ބޭއްވި ގައުމީ ލީގު ވެސް ކާމިޔާބު ކުރީ ވެމްކޯ އެވެ.
މުބާރާތުގެ އެންމެ މޮޅުންތެރިންގެ އެވޯޑް ހޯދި ކުޅުންތެރިންނާއި އެންމެ މޮޅު ކޯޗުގެ އެވޯޑް ހޯދި އަދީލް، ފޮޓޯއަކަށް ހުއްޓިލައިގެން --- ފޮޓޯ: ނިޝާން އަލީ | މިހާރު
މުބާރާތުގެ އެންމެ މޮޅު ތިން ކުޅުންތެރިން ވަނީ ހޮވާފަ އެވެ. އެ ތިން ކުޅުންތެރިންނަކީ: - ހައްވާ ރާޝިދާ (ޕޮލިސް ކްލަބް)
- ފާތިމަތު ޖޫޒާން ޒަރީރު (ކްލަބް ވެމްކޯ)
- އާއިޝަތު މާޖިދާ (ކްލަބް ވެމްކޯ)
މުބާރާތުގެ 19 އަހަރުންދަށުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވުނީ ވޮލީބޯލް ޔޫތު ނިއު ޖެނަރޭޝަންގެ އާއިޝަތު ނަސްމާ އަހްމަދެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކަށް ހޮވުނީ ވެމްކޯއަށް ކޫޅޭ އުޒްބެކިސްތާނުގެ އިންނަ ޔަކޯވްލެވާ އެވެ.
މުބާރާތުގެ މޮޅު ކޯޗުގެ އެވޯޑް ހޯދީ ވެމްކޯގެ އަހްމަދު އަދީލް (ބޭބެ) އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒިލާނީ
25 October 2024
ކުނި މެނޭޖުނުކޮށް ކުޅިވަރާއިގެން އުޅޭ ބައެކޭ މީ. ކުންފުނި ރީބްރޭންޑުކޮށްފަ ކުޅިވަރާ ބެހޭ މިނިސްޓްރީގެ ދަށުން ހިނގާ ކުންފުންޏަކަށް ހަދާދެން