ކުޅުދުއްފުށީ ސަމޭދާން ގޭގައި މިރޭ ރޯވެ އަނދަނީ.
01 ނޮވެމްބަރ 2024 - 22:17
ހދ. ކުޅުދުއްފުށީގައި ގެއެއްގައި މިރޭ އަލިފާން ރޯވެއްޖެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އަލިފާން ރޯވީ އެ ރަށުގައި މީހުން ދިރުއުޅޭ ގެއެއް ކަމަށްވާ ސަމޭދާންގަ އެވެ. ރަށުގެ ސްޓޭޑިއަމް ސަރަހައްދުގައި ލަކުޑިން ހަދާފައި ހުންނަ ގޭގައި ރޯވި އަލިފާންގަނޑު ބައިގަޑިއެއްހާއިރުގެ ތެރޭގައި ވަނީ ނިއްވާލައިފަ އެވެ.
ދެމަފިރިއަކު އެކަނި ދިރިއުޅޭ ގޭގައި އަލިފާން ރޯވީ އެ ދެ މީހުން ވެސް ގޭގައި ނޫޅޭ ވަގުތެއްގަ އެވެ. އެކަމަކު އަލިފާން ނިއްވައިލެވުނުއިރު، އެ ގެ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.
މިކަމާ ގުޅޭގޮތުން އެމްއެންޑީއެފް އަދި ރަށު ކައުންސިލްގެ ބަހެއް ނުލިބޭތީ އިތުރު ތަފްސީލެއް ނުލިބެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަށިވަށިން
02 November 2024
އެގެ އެއްކޮށް އަނދާ ހުލިވީމަ ނިއްވާލެވުނީ. ސިފައިން އެއްކަމެއް ނުކުރިޔަސް އަނދާ ހުލިވީމަ ނިވޭނެ. އަލިފާން ނިއްވުމުގެ ޙައްގުވެސް ލިބެނީ ހަމައެކަނި މާލެއިން. ރަށެއްގަ ތަނެއްގަ ރޯވީމަ ޖެހޭނީ އަނދާ ހުލިވަންދެން ތިބެން. މާލޭގަނަމަ ވަގުތީހިޔާތައް ދީފަ ހިލޭސާބަހަށް ކާންބޯންދީފަ ބައިތިއްބާނެ އެގެ ހެދެންދެން. އެރަށުގަ އެމީހާ ހުންނަންޖެހުނީ އާއިލާމީހެއްގެ ގޭގަ. މިހުރީ މާލެއާއި ރާއްޖެތެރޭގެ ހުރި ތަފާތު.
ފޮނިބޮކި
02 November 2024
ދެމަފިރިއެއް ނޫން، 2 ފިރިހެނުން އެ ގޭގައި އުޅެނީ