ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލްތައް ހުރީ ބާރުތައް ޖަމާކުރުމާ ދިމާލަށް ކަމަށް އެ މެމްބަރުން ވިދާޅުވޭ --- ފޮޓޯ/މަޖިލިސް
06 ނޮވެމްބަރ 2024 - 16:01
ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅަމުންދާ ގިނަ ބިލްތައް ހުރީ ސަރުކާރަށް ބާރުތައް ޖަމާކޮށް، ހުދުމުހުތާރު ވެރިކަމެއް ކުރުމާ ދިމާލަށް ކަމަށް އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުން މިއަދު ބުނެފި އެވެ.
އެމްޑީޕީގެ ޕީޖީ ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ މިދިޔަ ހަފްތާ އާއި މި ހަފްތާގައި މަޖިލީހަށް ހުށަހެޅި ބިލްތަކުން ފާހަގަ ކުރެވެނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ހުރިހާ ބާރުތައް ލިބޭ ގޮތަށް ހުރި ތަން ކަމަށެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ވެރިން އައްޔަން ކުރުމުގެ ބާރު ރައީސަށް ދިނުމާއި ސިޔާސީ ޕާޓީތަކަށް ކުރާ ޖޫރިމަނާ ބޮޑުކުރުމުގެ އިތުރުން ގާނޫނުލްއުގޫބާތަށް ހުށަހެޅުނު އިސްލާހުގައި ވެސް ހުރީ އެ ސިފަތައް ކަމަށް އޭނާ ވިދާޅުވި އެވެ.
ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވީ އެމްޑީޕީގެ ސަރުކާރު ބަދަލުކުރީ ގޯސްކޮށް ކަމެއް ހިނގާތީ ކަމަށް ރައްޔިތުންނަށް ގަބޫލު ކުރެވުމުން ކަމަށާއި އެހެންކަމުން މި ސަރުކާރު ވާން ޖެހޭނީ އެއަށް ވުރެ ރަނގަޅު ސަރުކާރަކަށް ކަމަށެވެ.
"އަބަދުވެސް ސަރުކާރުތައް ވާން ޖެހޭނީ ރަނގަޅޭ. ހުޅުދުހުތާރު ކަމާ ދިމާލަކަށް ނޫނޭ ދާންވީ، ދާންވީ ރަނގަޅަށް މެނޭޖް ކުރެވިގެން ރަނގަޅަށް ރައްޔިތުންގެ ފައިސާ ބޭނުންކުރެވިގެން، ކޮރަޕްޝަން މަދު ކުރެވިގެންދާތަނޭ އަޅުގަނޑުމެން ފެންނަން ޖެހޭނީ،" ގަޕޯ ވިދާޅުވި އެވެ.
އިދިކޮޅު އެމްޑީޕީ ތަމްސީލުކުރައްވާ މެންބަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: މަޖިލިސް
އޭނާ ވިދާޅުވީ އެ މަންޒަރު ނުފެންނަ ކަމަށާއި އަދި ފެންނަމުންދަނީ ކުރިއަށް ވުރެ ވެސް ގޯސްކޮށް ކަންކަން ގޮސް، ރައްޔިތުން ނިކަމެތި ކުރަމުންދާ މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ކަންކަން ކޮށްދިނުމުގައި ރައްޔިތުންގެ ފައިދާ ނޫން އިތުރު މަސްލަހަތެއް ސަރުކާރުގައި އޮވެގެން ނުވާނެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ފާޑު ވިދާޅުވަމުން ގަޕޯ ވިދާޅުވި ބަޖެޓުގައި ރައްޔިތުންނަށް އެއްވެސް އުންމީދެއް ނެތް ކަމަށާއި އަދި ރައްޔިތުންނަށް ފައިދާހުރި އެއްވެސް ކަމެއް ހިނގާނެ ކަމަށް ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބުނާ އެއްޗާ ދިމާ އިދިކީއްޔަށް ހުރިހާ އެއްޗެއް ގޮސް މި ނިމެނީ، އެއީ ބަހެއް ވިޔަސް ކުރަން ބުނި މަސައްކަތަކަށް ވިޔަސް، ރައްޔިތަކަށް ވީ ވައުދަކަށް ވިޔަސް ސީދާ އެކޮޅުކޮޅުން،" ގަޕޯ ވިދާޅުވި އެވެ.
އެމްޑީޕީ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވީ ޕީއެސްއައިޕީ މަޝްރޫއުތަކަށް ހަތަރު ބިލިއަން ރުފިޔާ ބަޖެޓްގައި އޮތް ނަމަވެސް އޭގެ ތަފްސީލެއް އަދި އެ އަދަދު ގެނައި ގޮތެއް އެނގެން ނެތް ކަމަށެވެ.
އެ ތަފްސީލް ހާމަކުރަން ޖެހޭނެ ކަމަށާއި އަދި ތަފްސީލް ހޯދަން ލިޔުމުން އެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާވެރިބެ
07 November 2024
އަޅުގަނޑު އެމްޑީޕީގެ ބޮޑުންނަށް ދަންނަވާލަން އޮތީ މިހާރު ސަރުކާރުން ޑްރާފްޓްކުރާ ބިލްތަށް އެހެރީ ގައުމު އެފިޝަންޓްކޮށް ހިންގުމަށް މަގުފަހިވާ ގޮތަށް ކަމަށް. ބާރުތަށް ޖަމާ ކުރަނީއޭ ކިޔާނެ ކަމެއް ނެތް. ޒިންމާ އަދާކުރާނެ މީހަކު ނެތިފަ ބައިވަރު މީހުން ތަކެއްގެ އަތް މައްޗަށް ދޫކޮށްފަ އޮވެގެން ވަނީ ކޮންކަމެއް؟ ގައުމު އޮޔާ ދިޔައީ.
ފެންސު
07 November 2024
ހުދުމުހުތާރުވުމަކީ ބާރުތައް ޖަމާކުރުމެއްނޫން. ހުދުމުހުތާރުވުމަކީ ބާރުތައް ވަކިކޮށްވިޔަސް އެއްކޮށްވިޔަސް އަނިޔާވެރިކަން އިސްކުރުން. ތިބުނާ ބާރުތަކެއް ވަކިވަކިކޮށްގެން ވީރަގަޅެއް ބުނެބަލަ. ބާރުތައް އެއްކޮށްގެންވިޔަސް އިންސާފުވެރި އަމާން ވެއްޓެއް ބޭނުމީ. ދެން ޑިމޮކްރަސީގެވާހަކަ ރަހަޅުވާނީ ނުދެއްކިއްޔާ
ލަސް
07 November 2024
އެހެންވެޔޭ މައިންބަފައިން ބުނަނީ ކިޔަވާށޭ. ކިޔެވިނަމަ ތަންދޮރު އޮޅުންފިލީސް. ތިގޮތަށް ނާތަހުޒީބު ކޮމެންޓް ނުކުރީސް.
ޝަހުޒީން
06 November 2024
ތި އެމްޑީޕީ ގެ ހަމަ. ތިމީހުންގެ ވެރިކަމުގައި ޕީޕީއެމަށް މާލެސިޓީ ލިބުމުން ކަންތައް ކުރީ ކިހިނަކުން. މުއިއްޒުގެ މޭޔަރކަމުގައި އޭނަޔަށް އޮތީ ކޮންބާރެއް. އެމްޑީޕީ ނޫންބަޔަކު ވެރިކަމަށް އެރުމާއެކު ބާރުތައް އަތްގުޅިކުރާކަން އެމްޑީޕީ އަށް އެނގިއްޖެ. އެމްޑީޕީ އަކީ ތިއީ. މަކުރަންޏާ ހަމަ ބަރާބަރު. ޢެހެން ބަޔަކު ކުރަންޏާ ގޯސް.
ފިރޯސް
06 November 2024
މާމޮޅުބަޔެއް. 5 އަހަރު ދިނިން. މަޖިލިސް ދިނިން. ކައުންސިލްތައް ދިނިން. ކޯޓުތައް އިސްލާހުކުރުނުގެ ނަމުގައި ވެރިކަމަށް އައީ. ގެއްލިފައިވާ މީހުންގެ ހައްގުލިބޭނެކަމަށްބުނި. އިކޮނޮމީ ރަނގަޅުކުރާނޭ ކަމަށް ބުނި. ގައުމުދަރުވައިފައި އަދިވެސް ބިލް ބިލް ބިލް .
އަހުމަދުބޭ
06 November 2024
ވީވަރަކުން ބާރުތަށް ޖަމާކޮއްގެންވެސް މިވެރިން މިގެންނަން އުޅޭ ޑިމޮކްރަސީއާއި ދުރައްދެވޭތޯ ބަލަން އެބަޖެހޭ؟ މިވެރިން މިގެނައި ޑިމޮކްރަސީން މިއުޅެނީ ގައުމަށް ހަމައިސްކޮޅަށް ނުތެދުވެވިގެން އަބަދު މިއޮންނަނީ ނޭވައި ހޮޅިއަށް އެޅިފައި