ނާސިފް: އެޗްޑީސީގެ ޗެއާމަން ކަމަށް އޭނާ ވަނީ އައްޔަން ކޮށްފައި
06 ނޮވެމްބަރ 2024 - 18:45
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަން ކަމަށް އަހުމަދު ނާސިފް (ޑީޑީ) އައްޔަން ކޮށްފި އެވެ.
އެ މަގާމަށް ނާސިފް އައްޔަން ކުރުމާ ހަމައަށް އޭނާ ހުންނެވީ ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ޗެއާމަންގެ މަގާމުގަ އެވެ. އެ ކުންފުނީގެ ޗެއާމަން ކަމަށް އޭނާ އައްޔަންކުރީ މިދިޔަ ޖެނުއަރީ މަހު އެވެ.
ނާސިފް ވަނީ 2018 ވަނަ އަހަރު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވައިފަ އެވެ.
Warmest congratulations to our new Chairman, Ahmed Nasif. We look forward to working under your insightful guidance.#WithHDC pic.twitter.com/yWTiFJlSYq
— Housing Development Corporation (@hdcmaldives) November 6, 2024
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް (ޓީސީއެލް) އާއި ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ނާސިފް ކުރެއްވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާޑުވާ
07 November 2024
ކޮބާތޯ ކަނޑާލި ކަމަށް ބުނާ 250 ސިޔާސީ މުއައްޒަފުން.
ދޮން
07 November 2024
މާކަބޮޑު ކުރިއެރުމެއް ދެއްކޭ ބޭފުޅެއްނޫން ، ބަދަލެއް ނުގެނެވޭ އޮތް ގޮތަކަށް އޮވެދަނީ ފަައްސިޔަލަށް ، ހަވާލުވި ގިނަ ކުންފުނިތައް ދިޔައީ ދަށަށް ، އެކަމަކު ރަގަޅު އަހުލާގެއްގެ ވެރިއެއްކަމަށް ފެނޭ ، ދަންނާތީ ބުނެލީ ރުޅިއަކުން ނޫން މިފަހަރު ރަގަޅުކޮށްލާނެކަމަށް އުއްމީދުކުރަނީ ،،
ރަދީފު ބިން ރަފައިދާ
06 November 2024
ދެން ކޮބާ ފަޟުލު؟
އަޅެކީކޭބުނާނީ
07 November 2024
ފަޟުލަކީ މެނޭޖިންގ ޑިރެކްޓަރެއްނު!
ކާފަަ
07 November 2024
ސީއީއޯ، މެނޭޖިން ޑައިރެކްޓަރ، ޗެއާމަން، އެސިސްޓެން ސީއީއޯ، އެސިސްޓެންޓް މެނޭޖިން ޑައިރެކްޓަރ، އެސިސްޓެންޓް ޗެއާމަން.......