ހުޅުމާލެ ފަޅު ތެރޭ އޮތް ސަފާރީއެއްގައި އަލިފާން ރޯވެފައި--ފޮޓޯ: އެމްއެންޑީއެފް
07 ނޮވެމްބަރ 2024 - 09:15
ހުޅުމާލެ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ރޭ ފަތިހު ރޯވެ އަނދައިފި އެވެ.
އެމްއެންޑީއެފުން ބުނީ، މި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމެއް ލިބިފައި ނެތް ކަމަށެވެ.
"ނަމަވެސް ސަފާރީ ވަނީ އަލިފާން ރޯވުމުގެ ސަބަބުން ވަރަށް ބޮޑަށް ހަލާކުވެފަ އެވެ،" އެމްއެންޑީއެފުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ވެ އެވެ.
އެމްއެންޑީއެފުން ބުނީ "ބްލޫވޭގާ" ކިޔާ ސަފާރީގައި އަލިފާން ރޯވިއިރު، އޭގައި ތިބީ 12 ފަޅުވެރިން ކަމަށާއި ކައިރީގައި އޮތް ޑައިވިން ދޯންޏަކަށް އެ އެންމެން އެ ވަގުތު އަރާފައިވާ ކަމަށެވެ. އެއީ ހަތް ދިވެހިންނާއި ފަސް ބިދޭސީންނެވެ. ބިދޭސީން ނިސްބަތް ވަނީ އިންޑިއާ އާއި ސްރީ ލަންކާ އަދި ބަންގްލަދޭޝް އަށެވެ.
"ސަފާރީގައި އަލިފާން ރޯވި އިރު އޭގައި ހުރީ ޑައިވިން ކުރުމަށް ބޭނުންކުރާ ސާމާނުކަން އެ ސަފާރީގެ ކެޕްޓަން މައުލޫމާތު ދެ އެވެ،" އެމްއެންޑީއެފުން ބުންޏެވެ.
އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމުގެ ރިޕޯޓް ލިބުނީ ރޭ ފަތިހު 3:42 ގައި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އަލިފާންގަނޑު ނިއްވާލި އިރު އެ ސަފާރީ ގާތްގަނޑަކަށް ވަނީ އެއްކޮށް އަނދައި ހުލިވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަކަތަ
07 November 2024
އަލިފާން ނިއްވާލިއިރު ސަފާރީ އެކީ އަނދާ ހުލިވުން ނޫން އިތުރު ގެއްލުމެއް ސަފާރީއަށް ލިބިފައި ނުވޭ.
ސަވާރީ
07 November 2024
އަލިފާން ނިވާއިރު ސަފާރީ ހުލިވުން ނޫން ގެއްލުމެއް ނުލިބޭ.އަނެއްކޮޅުން އޮޑިދޯނި ފަހަރުގައި އިންޖީނަށް ނޫނީ ޕަންޕަށް ފިއުލް އަޅަނީވެސް ސިނގިރޭޓް ރޯކޮށްގެން އެ ތުމުގަ ޖަހައިގެން. ރޯވީމަ ރޯވީ.ރޯވުމުގެ ކުރިން ސަލާމަތީ ފިޔަވަޅެއް އަޅާކަށް ނުވާނެ.ސަމާލުވާކަށް ވެސް ނުވާނެ