ހުޅުމާލޭގެ ހުސް ބިމެއްގައި ރޯވެ އަނދަނީ

ހުޅުމާލޭ ފެރީ ޓާމިނަލް ކައިރީގައި އަލަށް ހަދާފައިވާ ލޯކަލް މާރުކޭޓް ކުރިމަތީގައި އޮންނަ ހުސް ބިމުގައި އަލިފާން ރޯވެ ވަރަށް ބޮޑަށް އަނދަމުން އެބަ ދެ އެވެ.


އެތަނުގައި ތިބި ބައެއް މީހުން ބުނީ ގަސްތަކާއި ވިނަގަނޑުގައި ރޯވެފައިވާ އަލިފާންގަނޑު އެމްއެންޑީއެފަށް އަދިވެސް ނިންވާނުލެވޭ ކަމަށެވެ.

"ވަރަށް ބޮޑަށް އަލިފާން ރޯވެފައި ހުރީ. ސިފައިން ފެން ޖަހަމުން ދޭ ދެ ފަރާތަކުން. އެކަމަކު ހިއެއްނުވޭ ނިންވާލަން ފަސޭހަވާނެ ހެންނެއް،" މި ވަގުތު އެ ސަރަހައްދުގައި ހުރި މީހަކު ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެގެން އުޅޭކަމުގެ މައުލޫމާތު ލިބުނީ މެންދުރު ފަހު 1:21 ހާ އިރު ކަމަށެވެ. އަދި އެވަގުތުން ފެށިގެން އަލިފާންގަނޑު ނިންވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އަލިފާން ރޯވެފައިވާ ހިސާބުގަނޑަކީ މިހާރު ހުޅުމާލޭގައި އެންމެ ބޮޑަށް ގަސް ހެދިފައި އޮންނަ ދިމާލެވެ. މި ތަނުގައި އަލިފާން ރޯވީ ކީއްވެގެންކަމެއް އަދި ނޭނގެ އެވެ.