09 ނޮވެމްބަރ 2024 - 18:27
އަޒަރުބައިޖާންގެ ވެރިރަށް ބަކޫ އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަޒަރުބައިޖާން އެއާލައިންގެ ސީދާ ދަތުރުތައް މިއަދު ފަށައިފި އެވެ.
އަޒަރުބައިޖާން އެއާލައިނުގެ ފުރަތަމަ ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވަނީ މިއަދު ހެނދުނު 09:45 ގަ އެވެ.
އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ ޗީފް ކޮމާޝަލް އޮފިސަރު މުހައްމަދު މިހާދު ވިދާޅުވީ އާ ރޫޓުގެ ސަބަބުން ދެ ގައުމުގެ މެދުގައި ދަތުރުފަތުރުގެ ގުޅުން ވަރުގަދަވެ، އަޒަރުބައިޖާނުން ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް ފަސޭހައިން ދަތުރުކުރެވޭނެ މަގު ހުޅުވޭނެ ކަމަށެވެ.
އަޒަރުބައިޖާން އެއާލައިންގެ ޗީފް ކޮމާޝަލް އޮފިސަރު ޖަމީލް މަނިޒާޑޭ ވިދާޅުވީ ވިންޓާ ސީޒަންގައި ރާއްޖެ ފަދަ މަގްބޫލު މަންޒިލަކަށް ސީދާ ދަތުރުތައް ފެށުމަކީ އަޒަރުބައިޖާނުގެ ޓޫރިސްޓުންނަށް ލިބޭ ބޮޑު ފަސޭހައެއް ކަމަށެވެ.
އަޒަރުބައިޖާން އެއާލައިނުން ބަކޫ އިން ރާއްޖެއަށް ހަފްތާއަކު ދެ ފްލައިޓެއް އޮޕަރޭޓްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ދަތުރުތަކުގައި ބޭނުންކުރާނީ އެއާބަސް ބ787ީ މަރުކާގެ މަތިންދާ ބޯޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަޖަބު
11 November 2024
އަޒަރުބައިޖާނުން މާލެއަށްސީދާ ދަތުރުގައި ކިތައްގަޑި އިރުވޭތޯ؟
ކަނޑު ކިންގު
10 November 2024
ލޯބި ކުދިން އަންނާނެކަމަަށް އުންމީދު ކުރަން
މުގައްދަސް
10 November 2024
ރަނގަޅު ކަމެއް! ސެންޓްރަލް އޭޝިއާ އާއި އީސްޓަރން ޔޫރަޕް ހިމެނޭ ގޮތަށް އޮވެފައި އަދި އެސަރަހައްދުގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް ގައުމު.
ހުސްއަނގ
10 November 2024
މިދަތުރުގައި ފްލައިޓުން ފުރަތަމަ އައި މީހުންގެ އަދަދު ޖަހާލަ ދެއްވިނަމަ ދަތުރުވެރިން ލިބޭވަރު އަނދާޒާކޮށްލަން އެނގޭނެދޯ. ފްލައިޓް ދަތުރު ތަކަށް އިސްކަން ދޭވާނީ ރާއްޖެ އަންނަ މީހުންގެ އަދަދު އެ ޤައުމަކުން ނޫނީ ސަރަހައްދަކަށް ބަރޯސާ ކޮށްގެންދޯ
ސިވާން
10 November 2024
ޥެސްޓް ލާފައި ހުންނަން ޖެހޭގޮތަކީ ކޮބާތޯ
ނައިފަޜޭ
10 November 2024
ޢަސްތާ ކިންގު މޮޑެލް ކުރަނީތަ...
1818
09 November 2024
ހޮންކޮންގ އިން ރާއްޖެއަށް ކުރާ ދަތުރުތައް “ހޮންގކޮންގ އިން ވަނީ ހުއްޓާލާފައި! ރާއްޖޭގެ ވެރިން ކޮށްޓަ ކޮށްޓާ ހުއްޓާ ބަގުރޫޓް ސިރީލަންކާ ކުރިއަރާނެ!
ބޮކޭ
09 November 2024
ކަލެއައް މާ އެނގެނީ..ފުލައިޓް ސެޑިއުލަކީ ސީޒަނަލް އެއްޗެއް..
ށިން
09 November 2024
އެއާބަސް ބ787ީ މަރުކާގެ މަތިންދާ ބޯޓެވެ. މިއީ އަދި އާ ވައްތަރެއްގެ މިކްސް އެއް
އަޅީ ބަލީ
09 November 2024
787 ބާ؟ 737ބާ؟
ބޮއިންގް ބީ380
09 November 2024
އެހެންނުވާނެ. ބަސް ހުންނާނެ ތަފާތު ކުންފުނީގެ. މަޒްޑާ، ސުވަރާޖް މަޒްޑާ، ބެންޒް.. އެއީ ބޮއިންގް ގެ އެއަރބަސް ބީ 787. ދެންހުންނާނެ އެއރބަސް އޭ 320، 321، 330، 340، 350، 380 މިހެންގޮސް ނަން ހުސްކޮށް. އަދި ބޮއިންގް ބީ 320، 321، 330 .. އެހެން ހުރެދާނެތާ ޓެސްލާ ފޯޑުވެސް .. އެވަރުކަމެއް ވެދާނެ!