ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)
12 ނޮވެމްބަރ 2024 - 12:21
އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން އިޒްރޭލުގެ ޕާސްޕޯޓު ރާއްޖޭގައި މަނާކުރަން ހުށަހަޅާފައިވާ ބިލުގެ މަސައްކަތް އަވަސް ކުރަން ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި ގަރާރުގައި ވިދާޅުވެފައި ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ނަސްލު ނައްތާލުމުގެ އަމަލު ހިންގަމުން އަންނަތާ އަހަރެއް ވެފައިވާއިރު ސަރުކާރުން އެކަން ކުށްވެރިކުރުން ފިޔަވައި އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ.
އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އައުން މަނާކުރުމަށް އިމިގްރޭޝަން ގާނޫނަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް އިސްލާހެއް ހުށަހަޅާފައި ވަނިކޮށް ސަރުކާރުން ވަނީ ކެބިނެޓް ބައްދަލުވުމެއް ބާއްވައި ޕާސްޕޯޓު މަނާކުރަން ނިންމާފައިވާކަން އިއުލާންކޮށްފަ އެވެ. ކުޑޫގެ ގަރާރުގައި ވަނީ ސަރުކާރުގެ އެ ނިންމުމުގައި އަމަލީ ސިފައެއް ޖެއްސުމަށް އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށެވެ.
އެ ބިލު މަޖިލީހުގެ 241 ކޮމިޓީގައި އޮންނަތާ ހަތަރު މަސް ވެފައިވާ ކަމަށް ކުޑޫ ވިދާޅުވި އެވެ. ނަމަވެސް މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރު ހިންގާ ޕާޓީއަށް އޮތް އިރު ބޭނުންވާ އެހެން ކަންކަން މަޖިލީހުގެ ތެރެއިން ދައުރުން ބޭރުން ޖަލްސާ ބާއްވައިގެން ވެސް ނިންމަމުންދާ ކަމަށް ކުޑޫ ވިދާޅުވި އެވެ.
"... އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމަށްޓަކައި ހުށަހަޅާފައިވާ ބިލު އަވަހަށް ފާސްކުރުމަށް ބާރު އަޅައިދިނުމަށް ސަރުކާރަށް ގޮވާލުމަށްޓަކައި މި ގަރާރު ހުށަހެޅީމެވެ." އެ ގަރާރުގައިވެ އެވެ.
އިޒްރޭލް ޕާސްޕޯޓު މަނާކުރުމުގެ މައްސަލަ ގިނަ ދުވަސްތަކެއް ވަންދެން މަޑު ޖެހިފައި އޮތުމަށް ފަހު މަޖިލީހުގެ 241 ކޮމިޓީން މިއަދު ވަނީ އެ މަސައްކަތް އަލުން ފަށައިފަ އެވެ. އެ މައްސަލަ ނިންމާނެ ތާރީހެއް ކަނޑައަޅަން މިއަދު ބޭއްވި ބައްދަލުވުމުގައި މެންބަރުން ވިދާޅުވި ގޮތުގައި މި ދައުރުގެ ތެރޭގައި އެ ބިލުގެ މަސައްކަތް ނިންމޭނެ ކަމަކަށް ނުބެލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސިޔާސީ ގޭމު
12 November 2024
ސުވާލަކީ އިޒްރޭލު ޕާސްޕޯރޓް އޮންނަނީ ހަމައެކަނި ޔަހޫދީންގެހޭ. އެއްވެސް މުސްލިމެއްގެ އަތުގައި އެ ޕާސްޕޯރޓް ނޯވޭހޭ. އޮންނަނަމަ، އިޒްރޭލު ޕާސްޕޯރޓް އޮތް މުސްލިމު މީހާވެސް ފޮނުވާލާނީހޭ؟ އެހެންކަމަށްވާނަމަ ކޮބައިހޭ ތިކަމެއްގެ ބޭނުމަކީ؟ ތީ ކުޅޭ ސިޔާސީ ގޭމެއްހޭ؟
ފުތު
12 November 2024
ފަލަސްތީންގެ އެތައް މިލިޔަން މީހުންގެ އަތުގައި އޮންނަނީ އިޒްރޭލް ޕާސްޕޯޓް. ފަލަސްތީނަކީ އަދި ވުޖޫދު ނުވާ ހިޔާލީ ދައުލަތެއް. ދިވެހިނަށް ނޭންގޭނެ މިކަމުގެ ވާނުވާވެސް
ވާނުވާދިވެހިން
13 November 2024
ފުތާ. އެކަމު އިޒުރާހެލް އުފައްދަން ތިއިޅޭ ފިތުނަ އިންގިރޭސިން ފުރަތަމަ ނެރުނު ލިޔުމުގައި ވެސް އޮންނަނީ ފަލަސްތީނުގެ ބިމުގައި އިޒުރާހެލްކިޔާ ޔަހޫދީ ދައުލަތެއް އުފައްދާވާހަކަ. އަނެއްކާ ޔޫއެންއޭ ކިޔާތަނުން ފުރަތަމަ ނެރުން ލިޔުމުގައި ވެސް އޮންނަނީ އެހެން. ކިހިނެކުންތޯ އެހެންވީމާ ފަލަސްތީނު ހިޔާލީ ދައުލަތަކަށްވީ؟ ދޮންކުދިންގެ މީޑީޔާއިން ބުއްދި ގޯސްކޮއްލާފަ ތިހުރީ
މުލޭ
12 November 2024
އިޒްރޭލު ޕާސްޕޯޓު މަނާކޮށްގެން އިޒްރޭލަށް ލިބޭނެ އެއްވެސް ގެއްލުމެއް އަދި އެކަމުން ދިވެހިންނަށް ލިބޭނެ މޮޅެއް ވެސް ނެތް. ލިބުނިއްޔާ ލިބޭނީ ދެރައެއް. ފައިދާއެއްނެތް ގެއްލުންހުރި ކަމެއް ކުރާނެ ކަމެއްނެތް. ވަގުތު ބޭކާރު ކުރުމެއް ތިއީ. ތިކަމުން މޮޅެއް ލިބޭނަމަ ރައީސް އިބްރާހީމް ތިކަން ކޮށްފައި ފައިބައިގެން ދާނީ. އެކަމަށް އެކަށީގެންވާ ވަގުތު އިބޫއަށް ލިބުނު.
ދޮހޮއްތު
12 November 2024
ހިތުން ތިއުޅެނީ ސަރުކާރު ގުއިރޯނުގަ ޖައްސަންތޭ... އެންމެނައް އެނގޭ އެމެރިކާއައްވުރެ ގަދަ ނުވެވޭނެކަން
1818
12 November 2024
ސައުދީއަށް ދާންވީމަ އެއްޗެއް ބުނެލީ!
ފިތުނަ ފުރޭތަ
12 November 2024
ޢެމޮޑީޕީގެ ހުންނަ ނުބައިކަން ދިވެހިންނަ ފެނޭތަ؟ ފަލަތީނަށް ދިމާވެފައިވާ ނިކަމެތި ހާލަތު ބޭނުންކޮށްގެން މިއުޅެނީ ސިޔާސީ މަންފާނެގޭތޯ. ބޮލުގަ ތަތްކަމެއް ހިރމީހަކަށް ވިޠާ އެގޭނެ އެމްޑީޕީއިން މި އަބުރާ ގޭސްގަޑު. ފަލަސްތީނަށް ހޮޔޮއެދޭކަމަށް ޙެދިގެން މިއުޅެނީ ބޭރުގެ ޕުރެސާ ރާއްޖެޔަށް ނުފޯރިވިގެން. ގައުމު ބަގުރޫޓުކޮށާފައި ގޮސް އަދި ވެސް ޖެއްސުމުގައި. ދިވެހިން މިބައިގަޑަށް ވޯޓު ދޭކަން ދެރައީ
ޤާސިދް
12 November 2024
ފަލަސްތީނުގެ މައްސަލަޔަކީ ގިނަ ދޮގު ވާހަކަތަކެއްގެ މައްޗަށް ހަދާފައިވާ ވާހަކައެއް. ދެން އެކަހަލަ ވާހަކަތައް މައްޗަށް ޕާސްޕޯޓް މަނާކޮށް ޓޫރިސްޓުން އައުން މަނާ ކުރާކަށް ނުޖެހޭ މިހާރު ވެސް އަގަޔާ އަތާ ދިމާ ނުވެ ފެތެމުން ދާއިރު. ކިހާ ބޮޑު ނުހޮރުއްޕާނެއް މީ
މަހާ
12 November 2024
ކޮން މޮޔައެއް ގޮވާކަށް އެމްޑީޕީން ރާއްޖެ ފުނޑާލާ ސަރުކާރު ވައްޓާލާން ކުރާ ކަންތައް