ޑްރޯން މެދުވެރިކޮށް ބޯޓު ލޮކޭޓްކޮށްފައި: އެ ބޯޓު މިހާރު ވަނީ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައި --- ފޮޓޯ/އެމްއެންޑީއެފް
16 ނޮވެމްބަރ 2024 - 20:31
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެގެން އުޅުނު ބޭރުގެ ބޯޓެއް އެމްއެންޑީއެފްގެ ޑްރޯން މެދުވެރިކޮށް ހޯދައި، އެ ބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އެމްއެންޑީއެފް އިން ބުނީ އެމްއެންޑީއެފް އެއާ ކޯގެ ޑްރޯން ބޭނުން ކޮށްގެންނާއި އަދި އެމްއެންޑީއެފް ކޯސްޓްގާޑުން ގުޅިގެން ރާއްޖޭގެ އުތުރުގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ހިންގި އޮޕަރޭޝަނެއްގައި ބޭރު ގައުމެއްގެ ބޯޓެއް، ގާނޫނާ ހިލާފަށް ރާއްޖޭގެ ސަރަހައްދުގައި އުޅެނިކޮށް ޑްރޯނުން ލޮކޭޓްކޮށްފައިވާ ކަމަށެވެ.
އެ ބޯޓް އިންޓަސެޕްޓް ކުރުމަށްފަހު މިހާރު ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
ރާއްޖޭގައި އަސްކަރީ ޑްރޯންތައް ފުރަތަމަ ފަހަރަށް ބޭނުންކުރަން ފަށާފައިވަނީ މި އަހަރުގެ މާޗް މަހު އެވެ. ތުރުކީ ސަރުކާރުން ދިން ވަރަށް ބޮޑު ލުޔަކާ އެކު، ދިވެހި ސަރުކާރުން ހަރަދު ކޮށްގެން ވަނީ ތިން ޑްރޯން ގެނެސްފަ އެވެ. މި ވަގުތު އެ ޑްރޯންތަކުގެ މައި މަރުކަޒެއްގެ ގޮތުގައި ބޭނުންކުރަނީ ނ. މާފަރު އެއާޕޯޓެވެ.
ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތަށް އަސްކަރީ ތިން ޑްރޯންގެ ބޭނުން ހިފަމުން ގެންދޭތޯ ބެލުމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަން ވެސް އިދިކޮޅު އެމްޑީޕީން އޮތީ ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޟމމމ
18 November 2024
އެހެންވީމާ ވާނެ ހަވާއަރުވާ، ބޮޑު ޖަލްސާ ބާއްވާ އަދި ކޭކު ފަޅަންވެސް. އިރުވައި މޫސުމް ފެށުނީމާ މަސްވެރިން ހޯދާނެ ތިކަހަލަ އެތައް ބޯޓެއް.
އަދީލް ބަޝީރު
17 November 2024
1 އަހަރު ފުރޭތީ ކޮންމެވެސް ޗަރުކޭހެއް ދައްކާލީއޭ.
ވާނުވާ،،،
17 November 2024
އަސްކަރީ ޑުރޯން އޭ ކިޔާ މި ގެނައީ އޭގެ ބޮޑީގަނޑު އެކަނި. އެ ޑުރޯންތަކުގެ އަސްލު މުހިންމު ބައި(ހަމަލާ ދޭ ބައި) ނުލާ ތިޔަ އޮތީ ގެނެސް. ސާރޗް އެންޑް ރެސްކިއު މިޝަންތަކަށް ހާއްސަ ޑުރޯން ތިއައްވުރެ އަގު ހެޔޮކޮށް ލިބޭނެ.
ރާވެރިބެ
17 November 2024
ވާނުވާ ހަމަ ނޭގެނީ. އެމްއެންޑީއެފް ގެ ޑްރޯންތަކަކީ ވައިން އެއްގަމަށް ނުވަތަ ކަޑަށް މިސައިލުން ހަމަލާ ދިނުމުގެ ގާބިލްކަން ހުރި ޑްރޯން ތަކެއްކަން ޑިފެންސް މިނިސްޓަރ ވަނީ އިއުލާން ކުރައްވާފަ. ވިދާޅުވީ އަލިފާނުގެ ބާރު ބޭނުން ކުރުމުގެ ގާބިލްކަން ހުރިވާހަކަ. ހުރިހާ ގާބިލް ކަމާ ތަފްސީލެއް ހާމަ ކުރާ ކަށް ނުޖެހޭ.
އަލީ!!
17 November 2024
ތިބޯޓު ފެންނާނެ ރާޑަރުތަކުންވެސް.. ދެން ރާޑަރު ހުއްޓަސް ކޮންމެއެއްޗެއްވެސް ދެން ފެންނާނީ ޑުރޯނުން.!!
ދަބަރޭ
17 November 2024
ބަޔަކަށް ބޯޓު ފެނިގެން ޚަބަރުކޮށްލީމަ ދުރަނު ތި ފޮނުވަނީ ފޮޓޯ ނަގާލަން!
ޖަލީލީ
17 November 2024
މީ ހަމަ ތެދެއް. އިއްޔެ ހަވީރު ފުލައިޓް ރާޑަރ ބެލި ނަމަ ޑްރޯންގެ ޓްރެކިން ފެންނާނެ. އަހަރެން ބެލިން ގައިމަށްވެސް
ރަންނަ
17 November 2024
ބޭރުގެ އުޅަނދެއްވަދެ ޑްރޯން ލޮކޭޓްކޮށް އެ ޑްރޯން އިންޓަސެޕްޓް ކުރުމަށްފަހު އަސްކަރިއްޔާ އާ ހަވާލުކުރިވާހަކަ ބުނިނަމަ ގަބޫލުކުރަން ފަސޭހަވީސް. ސިޔާސީ ސްޓަންޓް ޖައްސާޖައްސާ މުޅި ގައުމު ފަސާދަވެ ނިމިއްޖެ.
ނިއްކުރިއަށް ރުލެއްވެސްނާރުވާ
17 November 2024
ލަންކާ ސިފައިން ތި ބޯޓު ރާއްޖެސަރަހައްދުން ލޮކޭޓްކޮށްފަ ދިވެހި ސިފައިންނަށް އެންގީ. އޮޅުވާލިޔަސް ބޮޑުވަރު
ލޮކޭޓް
17 November 2024
ލޮކޭޓްކޮއްފަ އެންގި އިރު މީނަ ހުރި ކައިރީގަ
ރަންނަ
17 November 2024
ބޭރުގެ އުޅަނދެއްވަދެ ޑްރޯން ލޮކޭޓްކޮށް އެ ޑްރޯން އިންޓަސެޕްޓް ކުރުމަށްފަހު އަސްކަރިއްޔާ އާ ހަވާލުކުރިވާހަކަ ބުނިނަމަ ގަބޫލުކުރަން ފަސޭހަވީސް. ސިޔާސީ ސްޓަންޓް ޖައްސާޖައްސާ މުޅި ގައުމު ފަސާދަވެ ނިމިއްޖެ.
ތަފްޞީލު
17 November 2024
ކޮބާ ތަފްޞީލު. އެހެންނޫނީ މިވެސްވާނީ ހަމައެކަނި ޚަބަރަކަށް
ސުމާރު
17 November 2024
މީ ހަބަރެކޭ. މިއަށް ފިލްމެއް ހަދަން ވީތަ؟