އިންޑިއާ އިން ރާއްޖެއަށް ކަނޑައެޅި ސަފީރު ބާލާސުބްރަމާނިއަން.
25 ނޮވެމްބަރ 2024 - 17:32
އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާ އާ ސަފީރުގެ މަގާމަށް ޖީ ބާލާސުބްރަމާނިއަން ހަމަޖައްސައިފި އެވެ.
އިންޑިއާ ސަފީރުގެ މަގާމުގައި މިހާރު ހުންނެވީ ނޮވެމްބަރު، 2021 އެ މަގާމަށް އައްޔަން ކުރެއްވި މުނޫ މަހާވަރެވެ. އޭނާގެ ދައުރު މިމަހު ހަމަވާނެ އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިވަގުތު ނައިޖީރިއާގެ ސަފީރު ކަމުގައި ހުންނެވި ބާލާސުބްރަމާނިއަން ރާއްޖެއަށް ކަނޑައަޅާ ސަފީރަކަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް މަގާމުގެ މަސްއޫލިއްޔަތުތަކާ އޭނާ ހަވާލުވެވަޑައިގަންނަވާނެ ކަމަށެވެ.
ބާލާސުބްރަމާނިއަނަކީ 1998 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ހާރިޖީ ދާއިރާގައި މަސައްކަތް ކުރައްވަމުން އަންނަ ބޭފުޅެކެވެ.
އޭނާ ވަނީ މޮސްކޯ އާއި ބެންކޮކުގައި ހުންނަ އިންޑިއަން މިޝަންގެ ޑެޕިއުޓީ ޗީފްގެ މަގާމު ވެސް އަދާ ކުރައްވައިފަ އެވެ. އަދި ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކްގައި އިންޑިއާގެ ޑެޕިއުޓީ ޕާމަނެންޓް ރިޕްރެޒެންޓޭޓިވް އަކީ ވެސް ބާލާސުބްރަމާނިއަން އެވެ.
އިންޑިއާ އާއި ރާއްޖޭގެ ގުޅުން ބަދަހި ކުރުމުގެ މަސައްކަތް ދެ ގައުމުގެ ސަރުކާރުން ކުރަމުން އަންނައިރު އިންޑިއާގެ އެހީގައި ގިނަ މަޝްރޫއުތަކެއް ވެސް ރާއްޖޭގައި ދަނީ ހިންގަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްބާނީ
26 November 2024
ހިތަށްއަރަ! ދުނިޔޭގެ ބޮޑެތި ޤަމުތަކުގައު ސަފީރުކަންކޮށް ދުނިޔެ ތަޖުރުބާކޮށްފައި ތިބޭ މިހުން މިކުޑަކުޑަ ޤައުމަށް ސަފީރުންނަށް ހަމަޖައްނީ ކީއްވެގެން ކީއްކުރަންބާއޭ. އެކަމަކު އަހަރެމެންގެ މިޤައުމުން ދުނިޔޭގެ އެތައްމިތަނަށް ސަފީރުންނަށް ފޮނުވަނީ ދެއުޅި ހަމަނުވާ ކުޑަކުދިން. މިފޮނުވާމީހުން ކުރަނީ ކޮންކަމެއްބާއޭ.
ދުވިސައްތަ
25 November 2024
ސުއްބެގެ ޒަޢަމަތުގާ އިންޑިޔާގެ ކުލަހެދުމުގައި ތިބި ސިފައިން ބާލައިދޭނެކަމަށް އުންމީދުކުރަން.
ސައިޑް އެފެކްޓް
26 November 2024
އެމްޑީޕީ ވެރިކަމުގަ ބެލީ ވީހާވެސް ގިނައިން އެތެރެކުރެވޭތޯ ސިފައިން އަދި އެންމެ ވަރުގަދަ ޔާމީން ވެރިކަމުގަ ގުޑުވާވެސް ނުލެވުނު އެމީނު. މިވެރިކަމު އަސްލު ބޭލެވުނީ އޭގެ ހެކި ބައިވަރު މަސްވެރިންނައް ޖެއްސުންކޮއް އަދި ރާއްޖެ ބޮއިކޯޓް ކޮއް ގޮވީވެސް އެކަމުގެ ސައިޑް އެފެކޮޓް
ފަންސު
25 November 2024
ހަކުރު ކަންތަށް ކިހާ ހިސާބަކު ތޯ
މުރަނގަގަސްދޮށު މާލިމީ
25 November 2024
މީގާ ނެތް ދެން މަހާވަރަށް ވާނެގޮތެއް. އެއްވެސްމީހަކު ބާކީ ނުކުރުމުގެ ސިޔާސަތުގެދަށުން މުއިއްޒު އޭނާއަށް ޓިންބަކްޓޫގެ ސަފީރުކަންދޭންވީނޫންތޯ؟
ބަލާބަލަ
25 November 2024
ބާލާ އަށް މަރުހަބާ..!