މިސްކިތައް ގެއްލުން ދީގެން ހައްޔަރު ކުރި މީހާ.--
26 ނޮވެމްބަރ 2024 - 14:56
ފުރުގާން މިސްކިތުގައި ހުރި ހަތިމުތައް އުކާލައި، މިސްކިތަށް ގެއްލުންދިން މީހާ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ގ. މާލެހިޔާ، ނައުޝާދު މޫސާ ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭނާގެ ބަންދާމެދު ގޮތް ނިންމަން ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާ ކަމަށް ވެސް ބުންޏެވެ.
މިސްކިތަށް ގެއްލުން ދިނީ މިދިޔަ ހޮނިހިރު ދުވަހުގެ ރެ އެވެ.
ޝެއިހް އާދަމް ނިޝާން އަލީ ފޭސްބުކްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ ފުރުގާން މިސްކިތުގައި ހުރި ހަތިމުތައް މުޅި ތަނަށް އުކާލައި، އިމާމު ހުންނަ ދިމާލުގެ ކަރަންޓު ބޯޑުތަކާއި އެޑެޕްޓަރުތަކަށް ގެއްލުން ދީފައިވާ ކަމަށެވެ.
އޭގެ އިތުރުން ވުޟޫކުރާ ބައިގެ ބައެއް އިސްކުރުތައް ބިންދާލައި، މިސްކިތުގެ ބައެއް ސާމާނުގެ އެ ތަނަށް އުކާލާފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
ގުރުއާނާއި މިސްކިތުގެ ހުރުމަތް ކަނޑާ މައްސަލަ އެތައް ފަހަރަކު ފުލުހަށް ހުށަހެޅިޔަސް، އެ މީހާއާ ދޭތެރޭ ފިޔަވަޅު ނާޅާ ކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނެޓް
28 November 2024
ނަފްސާނީ މައްސަލަތައް ހުންނަ މީހުންނަށް ފަރުވާ ނުދެވި ބަނދު ނުކުރެވި އާންމު އުނދަގުލަކަށް ވެފައިވާ މީހުންނަށް ސަރުކާރުން އަޅާލަން ވެއްޖެއެއް ނުން.
ޢާދަނުބެ
27 November 2024
މަސްތުވާތަކެތި ބޭނުންކޮށްކޮށް ޒުވާނުންތަށް ސިކުނޑި ހަލާކުވެ މޮޔަވަނީ މީވަރަށްދެރަކަމެތް ހުރިހާއެންމެން ތެދުވެވެސް މަސްތުވާ ތަކެތްޗާ ދެކޮޅައް ތެދުނުވެ މިކަމެތްނުވާނެ
އަބުދުﷲ އިބުނު ސަލޫލު
27 November 2024
އިސްރާއިލް ޕާސްޕޯރޓު މަނާނުކޮށްގެން ލޭކެކޭ ޒުވާނުންވެސް މަދެއްނޫން އެކަމަކު މިއިން ޒުވާނަކަށް ފަތިސްނަމާދުގެ ޖަމާތައް އަންނަން ރަޖާގަޑު ހިއްލާލާނެ ހިއްވަރެއް ނުހުރޭ.
ބަބޫ
26 November 2024
ހެޔޮނުވާނެ އެސޮރު ދޫކޮށްލާ ތީ ސިނކުނޑީގެ އުނިކަމެއް ހުންނަ މީހެއް. 100% ޔަގީންކަން މިދެނީ ހައެއްކަ ދުވަސްތެރޭ މިބުނި އެތި ބުނެފަ ދޫކޮށްލާނެ.
raajje
27 November 2024
ސިނކުޑީގެ އުނިކަމެއްހުރި ފަރާތެއްނަމަ ޖެހޭނީދޫކޮށްލަން، ނަމަވެސް ބެލެނިވެރިޔާ ބަލަދުވެރިޔާ ތިޔަކަމާ ޒިންމާކުރުވާ އަދަބުދޭންޖެހޭނެ، ބެލެނިވެރިޔެއް ބަލަދުވެރިޔެއްނެތްނަމަ ސިނކުޑީގެއުނިކަންހުންނަ ބޭފުޅުން ތިބުމަށްހާއްސަކޮށްފައިވާ ފެސިލިޓީއަށް މިސްކިތަށްގެއްލުންދިންފަރާތް ބަދަލުކުރަންޖެހޭ، މިސްކިތްތަކާތަންތަނަށްއަރާ އެތަންތަނުގެ ހުރުމަތްކަނޑަންދޫވެފަހުރެގެންނުވާނެ، މިފަރާތަށްލިބޭ އިޔާނަތްނަގާމީހަކުހުންނާނެ، އެއީ ބެލެނިވެރިޔާ ޒިންމާވާންޖެހެނީއެހެންވެ
ޒަމްޔަމް ފިރޯށި
26 November 2024
ނަފްސާނީ ވުމަކީ ކުށެއް ނޫން. އޭނާއަކީ ނަފްސާނީ މީހެއް ވެއްޖެޔާ ދައުލަތުގައި ހުންނާނެ ފަރުވާދެވޭނެ ނިޒާމު. ގުރައިދޫގައި ބަހައްޓައިގެންވެސް ފަރުވާ ދެވޭނެ.
އުދުހޭ
26 November 2024
ކީއްވެހޭ 15 ދުވަސް ޖެހީ؟ މައްސަލަ ނިމެންދެން ބަންދުކުރަންޖހޭކަމަށް އަޅުގަނޑުގަށް ވިސްނެނީ.
މަގޭހިޔާ
26 November 2024
ތި މީހާ ތީ މާލޭ ހިޔާ2 ގެ 1301 އެއީ 2ވަނަބުރި އެތަނުން ބޭރުކޮށްފަ ހުންނަމީހެއް، ބުނެވޭގޮތުގަ ވައްކަންކޮށްގެން ގެއިން ނެރިލާފަ ހުންނަނީ، ދެން ނިދަނީ 1 ވަނަ ބުރީގެ ލިފްޓް ދޮރުމަތީ ތަޅުންގަނޑުގަ، އެތަނައް ކުޑަކަމުގޮސް، ސިޑިގޮޅިއަށް ބޮޑުކަމުގޮސް ޖެއްސުން ކުރަމުން ދުވާމީހެއްތީ، ގަލޮޅު ފުލުހަށް މައްސަލަ ޖެއްސީމަ ބުނީ އޭނަ އަދި އެއްވެސް ކަމެއް ނުކުރޭ ދޯއޭ ކިޔާފަ މައްސަލަ ނުބެލި، ދެން އަނެއްކާ އަންނާނެ ބޯހަމަ ނުޖެހޭ މީހެކޭ ކިޔާފަ ކޯޓުން ދޫވީމަ، ދެރަކަމެއް
އައްލީ
26 November 2024
އަދި ތީނަ ނޫންތަ މީގެ 3 ވަރަކަށް މަސް ކުރިން އައިޖީއެމްއެޗް އަންހެނުންގެ މިސްކިތުގަ ތިބި އަންހެނުންތަކަކަށް ޖިންސީ ގުނަވަން ދައްކައިގެން ހައްޔަރުކުރީ؟
ޖަސައް
27 November 2024
މިހާރުވެސް އެބައުޅޭ ސިނަމާލެ 2 ގެ ކޮއިމަލާ ހިނގުމާ ދިމާލުގަ އިންނަ ސައިކަލު ޕާކު ޒޯނު ގަވައިދާ ހިލާފަށް ހިސޯރުކޮށްގެން ހިންގާ ކެފޭގެ ގޮޑިއެއްގަ ކޮފީބޯން!!!!!!!!
ދުމްމ
26 November 2024
ތީނަ ގެންގޮސް ޖަލުގަ ބަހައްޓަބަލަ. ކޮންމެހެން ތަހުގީގެއް ޝަރީއަތެއް ބާއްވާނެ ކަމެއްނެތް. ދުވަސްކޮޅަކުން އިސްލާހުވެދާނެ.
އެކޮއި
26 November 2024
މިރޭ ދޫކޮށްލާނެ ނަފްސާނީއޭ ކިޔާފައި. މާދަމާ ވަންނާނީ އަނެއް މިސްކިތަކަށް. ނަފްސާނީވެގެންވެސް ގެއްލުންދެނީ މިސްކިތްތަކަށް. އަޖައިބެއްނޫންތަ މީ؟
މޯމޯން
26 November 2024
ބަލާ. މޫނު ބަލޭބެލެ. މޫނު