ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން.
27 ނޮވެމްބަރ 2024 - 13:43
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރު، އަންނަ މަހުގެ 15އާ ހަމައަށް ދަންމާލައިފި އެވެ.
ދައުރު ދަންމާލަން ފާސްކުރީ މިއަދުގެ ޖަލްސާގައި 68 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް 11 މެންބަރަކު ވޯޓު ދެއްވި އެވެ.
ދައުރު ދަންމާލަން ނިންމިއިރު، ޖަލްސާތައް ބްރޯޑްކާސްޓް ކުރަން އާ ވީޑިއޯ ރޫމްއެއް ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށް ދާތީ ބްރޯޑްކާސްޓު ކުރަން ދަތިތަކެއް ހުރުމުން މި ދައުރުގެ މަސައްކަތް ވެސް މަޖިލީހުގެ ފަށާފައިވަނީ ދެ ހަފްތާއެއްހާ ދުވަސް ފަހުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ތިން ވަނަ ދައުރު ހިނގާނީ އޮކްޓޯބަރު އެކަކުން ނޮވެންބަރު މަހުގެ ނިޔަލަށެވެ.
ތިން މަހުގެ ޗުއްޓީއަކަށް ފަހު އަންނަ އަހަރުގެ ފުރަތަމަ ދައުރު ފަށާނީ ފެބްރުއަރީގަ އެވެ. އޭޕްރިލް މަހުގެ ނިޔަލަށް އެ ދައުރު ކުރިއަށް ދާއިރު، ދެ ވަނަ ދައުރު ކުރިއަށް ދާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ ނިޔަލަށް ކަމަށް ގަވައިދުގައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވައިޓްކޮލަރ
01 December 2024
16 ވަނަދުވަހު ހުރިހާ އިއްޒަތްތެރި މެންބަރުން ދަރުބާރުގެއަށް ވަޑައިގެންދެއްވުމަށް އެދި ދައުވަތު އަރުވަން
ހަސަނާބެއްޔާ
27 November 2024
މަށަކަށްވެސް މިރާއްޖޭގެ މަޖިލިހަކުން މާބޮޑު ޕްރޮޑަކްޓިވް މަސައްކަތެއް ކުރާތަނެއް ނުފެނޭ. ވައްކަންކުރާމީހުން އެކަން އެބަކުރޭ. ކުށްކުރާމިހުން އިތުރުވޭ. މަސްތުވާތަކެތި މައްސަލަ އިތުރުވޭ. ގާނޫނަށް ބޯނުލަބާމީހުން ހަމަ އެގޮތުގައި. ދައުރު ދަންމާލާނެ ބޭނުމެއްނެތް.ހަރަދު ކުޑަކުރަން ކުރިއަށްއޮތް ހައެއްކަ އަހަރު ނިމެންދެން މަޖިލިސް އުވާލާ މެންބަރުން ގެއަށް ފޮނުވާލަންވީ.
ކޮންދައުރެއް
27 November 2024
ކީއްކުރަން ބާއްވާ މަޖްލިހެއް. ރައީސް އޮފީހުން ޑްރާފްޓް ކޮށް ރައީސް ސޮއިކުރާގޮތަށް ހެދީމަ ނިމުނީއެވެ.