ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. މެމްބަރުންގެ ދަތުރުތަކުގައި ވީއައިޕީ ލައުންޖް ބޭނުންކުރަން މަޖިލީހުގެ ބަޖެޓުން 1.4 މިލިއަން ރުފިޔާ މިހާތަނަށް ވަނީ ހޭދަކޮށްފައި. -- ފޮޓޯ: މަޖިލީހުގެ އިދާރާ
03 ސެޕްޓެމްބަރ 2025 - 15:10
ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރުގެ މެމްބަރުންގެ ދަތުރުތަކުގައި އެއާޕޯޓުގެ ވީއައިޕީ ލައުންޖް ބޭނުންކުރަން މަޖިލީހުގެ ބަޖެޓުން 1.4 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް އެ އިދާރާ އިން އާއްމުކުރި މައުލޫމާތުން ހާމަވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރު ފެށުނީއްސުރެ މިހާތަނަށް މެމްބަރުން އެއާޕޯޓުގެ ވީއައިޕީ ލައުންޖް ބޭނުންކުރަން ހޭދަވި ހަރަދުތަކުގެ ތަފްސީލް ހޯދަން އާއްމުންގެ މީހަކު އާރުޓީއައި ހުށަހެޅެމުން މަޖިލީހުން ވަނީ އެ ތަފްސީލްތައް ހާމަކޮށްފަ އެވެ.
އެ މައުލޫމާތުތަކުގައިވާ ގޮތުން، ވީއައިޕީ ލައުންޖް ބޭނުންކުރަން ބައެއް މެމްބަރުންނަށް މިހާތަނަށް ވަނީ ލައްކައަކަށް ވުރެ ގިނަ ރުފިޔާ މަޖިލީހުން ހަރަދުކޮށްފަ އެވެ. ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ އެ ހިސާބުތަކުގެ ސައްހަކަން މަޖިލީހުގެ އިދާރާއިން "މިހާރު" އަށް ކަށަވަރުކޮށްދިނެވެ.
އެންމެ ގިނައިން ރާއްޖެ އިން ބޭރަށް ދަތުރުކުރައްވައި، ވީއައިޕީ ލައުންޖަށް އެންމެ ބޮޑު ހަރަދެެއް ކުރެއްވީ އެ ހިސާބުތަކުގައިވާ ގޮތުން ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމެވެ. އެ ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ޖުލައި 31ގެ ނިޔަލަށް ނާޒިމް ވަނީ 133 ދަތުރެއް ކުރައްވައިފަ އެވެ.
އެ ދަތުރުތަކުގައި ވީއައިޕީ ލައުންޖް ބޭނުންކުރައްވަން ޖުމްލަ 116،099.18.ރ މަޖިލީހުން ހަރަދުކޮށްފައި ވެ އެވެ.
ދެވަނައަށް އެންމެ ގިނަ ދަތުރު ކުރައްވައި ވީއައިޕީ ލައުންޖަށް ބޮޑު ހަރަދެއް ކުރެއްވި ކަމަށް ތަފާސް ހިސާބުތަކުން ދައްކަނީ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ އެވެ. އޭނާ 97 ދަތުރެެއް ކުރެއްވި އިރު ވީއައިޕީ ލައުންޖަށް މަޖިލީހުން ޖުމްލަ 84،673.84.ރ ހަރަދުކޮށްފައި ވެ އެވެ.
ތިން ވަނަ އަށް އެންމެ ގިނަ ދަތުރުކުރައްވައި، ވީއައިޕީ ލައުންޖްގެ ހިދުމަތަށް މަޖިލީހުން އެންމެ ބޮޑު ހަރަދެއް ކޮށްފައި އޮތީ މީދޫ ދާއިރާގެ މެންބަރު، ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދެވެ. އޭނާ 78 ދަތުރެއް ކުރެއްވި އިރު އެ ދަތުރުތަކުގައި ވީއައިޕީ ލޫންޖް ބޭނުންކުރެއްވުމަށް މަޖިލީހުން 68،088.24.ރ ހަަރަދުކޮށްފައި ވެ އެވެ.
ކުރިން ހަމަޖައްސާފައި އޮންނަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖް މެންބަރުންނާ އެކު ދާ އެންމެނަށް ވެސް ބޭނުން ކުރެވޭ ގޮތަށެވެ. އެކަމަކު، މަޖިލީހުގެ ކޮމިޓީން 2024 ގައި ފާސްކޮށްފައި ވަނީ މެމްބަރުންނާއި މެމްބަރުންގެ އާއިލާތަކަށް އެކަނި ވީއައިޕީ ބޭނުންކުރެވޭ ގޮތަށެވެ.
.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަމަން33
04 September 2025
އާރިފް ވިދާޅުވީމާ، ގަވްމުގެ ހާލަތަށް ބަލައިގެން އަހަރުމެން ރައްޔެތުން މިތިބީ ގަރުދިޔަ ކޮޅަކުން ހިފާއްޓާ ލައިގެން. ޢިންޑޮނޭސިއާ އިން މިފެންނަ މަންޒަރު ތަކުން ވަރަށް ގިނަ އިބްރަތް ހާސިލް ކުރަން ޖެހޭ
މފއއ
04 September 2025
ޤާނޫނާއި ޤަވައިދު އަމިއްލައަށް ހަދައިގެން ރައްޔިތުންގެ ޓެކްސް ފައިސާ ނުހަމަ ގޮތުގައި ބޭނުން ކުރުމުގެ ނަމޫނާ މިސާލެއް. ރަސްމީ ދަތުރަކަށް ނޫނީ މިގޮތަށް ފައިސާ ބޭނުން ކުރެވިގެންނުވާނެ. މިކަން ހުއްދަކުރަން ހަދައިފައިވާ ހުރިހާ ޤާނޫނާއި އުސޫލުތަކަކީ އެއިގެ ޒާތުގައިވެސް ބާތިލް އެއްޗެއް.
ކައުންސެލަރު...
04 September 2025
ހުރިހާ ކަމެއްހުއްޓާފަވެސް ތިޔަތަނަށް ވަދެވޭތޯ ބަލަންވެއްޖެ ދެކަކޫމަތީ ލޫދިފާވެސް. ސަހާދެއްމިބުނީ
ޙެހެހެހެ
03 September 2025
ޏިކަމެތިން މިއުޅެނީ ކާލާނެ އެއްޗެއް ވެސް ނުލިބިގެން .
އޯކޭދޯ
03 September 2025
އާނ، ދައުލަތުގެ ހަރަދު ބޮޑުވަނީ ކައުންސިލްތަކުގެ މެންބަރުން ގިނަވެގެނޭ ގޮވާ ނެގޭ ވަރުގެ ބައެއްދޯ މިއުޅެނީ.
އިހްސާސް
03 September 2025
މަޖިލިސްގެ ބަޖެޓުން އެމީހުންގެ އަންނައުނުވެސް ދެން ގަންނަންވީނު.. ބޯހަލާކު
މެން ބަރުން
03 September 2025
ގަނޭ. އެއިސާބު ނުދެނީ.
މޯލްދިވސް
03 September 2025
މިގައުމު ސިންގަޕޫރަކަށްވެސްނޫން ހެދޭނީ.. މިއީވާ ކޮރަޕްޝަންގެ ހާއްޔެއް. ކުށްވެރިންނަށް އޮތް ސުވަރުގެއެއް.
ސަލީމު އިދުރީސް
04 September 2025
ގައުމު ސިންގަޕޫރައް ހައްދަން ކުރެވޭ މަސައްތައްވުރެ ބޮޑައް ފެންނަނީ އަފުގާނިސްނާ ދިމާލައް ގައުމު މިސްރާބު ޖަހާފަ އޮތްތަން! މިއޮއްލިމު ވެރިން ގިނަގައުމުގަ އޮޓޮޕުސީ ހަދަންވެސް ހެހެނީ ބޭރައް ފޮނުވައިގެން
ޓްރެއިޓާރސް
03 September 2025
ދައުލަތުގެ ފާއިސާއިން އިސްރާފު ކުރަނީ. ތިއީ މިގައުމުގެ ހާލަތާއިމެދު ކަންބޮޑުވެގެން ސިޔާސީ މައިދާނަށް ނުކުންނެވި 'ޢިއްޒަތްތެރިން'!!
ޕިކްސް
03 September 2025
މިމީހުންގެ އެކައުންޓު ހުސްކޮށް އޮންނައިރުވެސް މިވަރަށް ދަތުރު މިކުރަނީ ކިހިނެތް.
އައިމިނާ
03 September 2025
ޢިއްޒަތްތެރިކަން އެކަންޏެއް ނޫން ނަމުގެ ކުރިއަށް އިތުރުކުރަންވީކީއެއް. ބޮޑާކަން. ކިބުރުވެރިކަން. ވެސް އިތުރުކޮށްލަން ފެނޭ. އޭރަށް ނަމުގެ ހައިބަތުވެސް މަތިވެފަ ނަން ދިގުވާނެ. އޭރަށް ނަމުގެ ކުރިއަށް "ޢިއްޒަތްތެރި ބޮޑާ ޢިއްޒަތްތެރި ކިބުރުވެރި ޢިއްޒަތްތެރި މެންބަރު" ދެން އެފަރާތެއްގެ ނަންފުޅު.