ޒަކިއްޔާ
27 ނޮވެމްބަރ 2024 - 14:52
ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށާއި މިހާރު ވެސް ފުލުހުންގެ ޓީމެއް އެ ރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.
ދިރިއުޅެމުން ދިޔަ ގޭގެ ތެރޭގައި ބޮޑެތި ޒަހަމްތަކަކާ އެކު ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ހެނދުނު އެވެ. އެކަމަކު އެ މަރާ ގުޅިގެން މިހާތަނަށް ވަކި އެއްޗެއް ފުލުހުން ހާމަ ނުކުރާއިރު އެ މައްސަލާގައި މިހާތަނަށް މީހަކު ވެސް ހައްޔަރެއް ނުކުރެ އެވެ.
އުމުރުން 50 އަހަރުގެ ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނު ބައެއް މީހުން ބުނެފައިވަނީ އޭނާގެ ކަރު އޮތީ ބުރިކޮށްލާފައި ކަމަށާއި ހަށިގަނޑާއި ކަރު ވަކިނުވެ އޮތީ ހަމަ ކިރިޔާ ކަމަށެވެ. އަދި މީހަކު އަމިއްލަ އަށް އޭނާގެ ހަށިގަނޑަށް އެ ވަރުގެ އަނިޔާއެއް ދެވޭނެތޯ އެ މީހުން ސުވާލު އުފެއްދި އެވެ.
އެ މަރަށް އިންސާފު ނުލިބި ދިގުލައިގެންދާތީ ހޮޅުދޫގެ ރައްޔިތުން މިދިޔަ ހޯމަ ދުވަހު ވަނީ އިހުތިޖާޖަށް ނުކުމެ، އަޑު އުފުލައިފަ އެވެ.
އެކަމާ ގުޅިގެން ސީޕީ ޝުޖާއު "މިހާރު" އަށް ވިދާޅުވީ ޒަކިއްޔާގެ މަރުގެ މައްސަލަ ރިޕޯޓުކުރި ވަގުތުން ފެށިގެން ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އަދި މިހާރު ވެސް ފުލުހުންގެ ޓީމެއް އެ ރަށުގައި ހަރަކާތްތެރިވަމުންދާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ މިފަދަ މައްސަލަތަކުގައި ވެސް ފުލުހުންގެ ޓާގެޓަކީ ވީހާ ވެސް އަވަހަކަށް މައްސަލަ ތަހުގީގު ކުރުމެވެ. އަދި އެ މައްސަލާގައި ވޭތުވެދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ސީޕީ ފާހަގަ ކުރެއްވި އެވެ.
އޭނާ ވިދާޅުވީ މަރުގެ މައްސަލައާ ގުޅިގެން އަޑުއިވޭ ނުވަތަ ލިބޭ ކޮންމެ މައުލޫމާތެއް ވެސް ފުލުހުން އަންނަނީ ކަށަވަރު ކުރަމުންނެވެ.
"މިކަމާ ގުޅޭގޮތުން ވަރަށް އަވަހަށް ފުލުހުން މައުލޫމާތު ހާމަކުރާނެ." ޝުޖާއު ވިދާޅުވި އެވެ.
ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ ގޭގެ ކުނި ނަގަން ވަން ބިދޭސީންތަކަކަށެެވެ. އެ ތަނުގައި ގިނަ އަދަދަކަށް ލޭ ހުރިއިރު ކައިރީގައި ވަޅިއެއް އޮތެވެ. އެ ހާދިސާ ހިނގިއިރު، އެ ގޭގައި ދިރިއުޅެނީ އޭނާގެ ފިރިމީހާ އާއި ފިރިހެން ދަރިފުޅާއި އޭނާގެ އަނބިމީހާ އަދި މާމަ ދަރިފުޅެވެ. ޒަކިއްޔާގެ ދެވަނަ ދަރިފުޅު ދިރިއުޅެނީ މާލޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދުމްސް
28 November 2024
ފުލުސްއޮފީހައް ވަންނަނީ މުޅިއައުލާދައް ހިލޭ ބޭސްގަރުވާއާއި މާލެސަރަހައްދުން ފްލެޓްހޯދުމުގެ ނިޔަތުގަ.މަސައްކަތުގެ އައުޓްޕުޓް އެހާދަށީ އެހެންވެ.މުސާރަ ހިނގާނެތާ ވަދެލާ ނިކުމެލާ އެހެންއުޅުނަސް.
ރެހެންދީ
28 November 2024
ދުވަހަކު ނުނިމޭނެ ތަހުގީގެއް
ބިސްބެ
27 November 2024
މަރުޙޫމް ޝެއިޚު އަފުރާޝީމުގެ މަރާއިގުޅިގެން ގައުފުރޮޅިގޮތަށް ނުފުރޮޅާއެންމެ ގައުކޮޅެއްވެސް ނުބާއްވަން ޓީމު ހޮޅުދޫގައުޅެނީ ގައުފުރޮޅަން. ކެެތްކުރޭ!
1828
27 November 2024
ކަރު ބުރިވެފައި އޮތުން (ވަކިވެފައި) ނުވަތަ ކުނިވެފައި އޮވެގެން ނޫނިއްޔަ މަރުވެފައިވާކަމަށް ފުލުހުންނަކަށް ނުނިންމޭނެ. އެނޫން ހާލަތްތަކުގައި ޖެހޭނީ ވީ އެންމެ އަވަހަކަށް ސިއްޙީ ޚިދުމަތް ދޭތާކަށް ގެންދަން.
ދޮންމޮހޮނު
27 November 2024
ފުރަތަމަ ސީން އަށް އެޓެންޑް ވި ފުލުހުންނަށް އިނގެން ވާނެ ހަށިގަނޑު ކްރައިމް ސީން އިން ނަގަިގެން ގެންގޮސްގެން ނުވާނެކަން. ކީއްވެތޯ ޑޮކްޓަރު ގެނައުމުގެ ބަދަލުގަ ހަށިގަނޑު ގެންދިޔައީ؟ އަހަރުމެން ކްރައިމް ޕެޓްރޯލް ބަލާ މީހުންނަށް ވެސް އެވަރު އެބަ އިނގޭ ވިއްޔަ. އެކަމަކު ކިތަވައިން ތިބި ފުލުހުންނޯ. ލަދުން ބޯ ހަލާކު. ހަށިގަނޑު މޫވް ކުރެވޭނީ ކްރައިމް ޑިޕާޓްމެންޓް މީހުން ތަހުގީގު ކޮށްފަދޯ އަސްލު
އިހްސާސް
27 November 2024
ހޮޅުދޫ ޕޮލިހުގަ އުޅެނީ އެރަށު ކުދިންތަ؟ ތަންކޮޅެއް ފަސޭހައިން ނުފޫޒު ފޯރުވޭނެދޯ އޭރުން. ވީމާ އަމިއްލަ މަރެކޭ ކިޔާ ނިންމަން ހިފާފަވެސް ތިބެދާނެ.
ހިތުވިންދު
27 November 2024
ރައްޔިތުންނަށް ޝައްކު ވާ މީހެއް ހުރެމެ ފުލުހުންގެ ބެލުމުގެ ދަށަށް ނުގެންދޭ
ހޮޅުދޫ ޒުވާނުން
27 November 2024
ނ.ހޮޅުދޫގައި 2-3 ދުވަހު ފުލުހުން ތިބީ ދެން އެއަށްފަހު ނޭނގެ ޕޮލިހުން އުޅޭކަމެއް ވެސް، މިހާރު ރައްޔިތުން އިހްތިޖާޖް ކުރީމަ އިހްތިޖާޖުގައި ބައިވެރިވި މީހުންގެ ބަޔާން ނެގި މިއީ އެވިދާޅުވާ ތަހުގީގު ހިނގަމުންދާ ގޮތް
އިހްސާސް
28 November 2024
ފުލުހުންގެ ތެރޭގައި ސިއްރު ފުލުހުން ތިބޭނެ. އޭގެ މީހުން ތިރަށުގަ އުޅެނީ ތޯއްޗެ. އޭގެ މީހުން މުޒާހަރާގަވެސް ހުރެދާނެ.
ޢޮނަރަބަރު އާފީފާ ދީދީ
27 November 2024
ތިޔަ ފުލުހުން ކުރާ މަސައްކަތާ ކުރިއަށް ގެންދާ ތަހުގީގުގެ ކޮޅެއް މެދެއް ފެންނަ ދުވަހެއް ނާދޭ… ބޮއެހަލާކު
ރަންނަބަނޑޭރި
27 November 2024
ފުރަތަމަ ދުވަހުން ފެށިގެންވެސް ރަށުގެ ވަރަށް ގިނައަދަދެއްގެ ރައްޔިތުން ދަނީ މިކަމުގާ ރަށުގެ ވަކި މީހަކަށް ތުހުމަތުގެ އިނގިލި ދިށްކޮށް ޝައްކުއުފެދޭ ގޮތަށް ހިނގާފަ ހުރި އެތައް ކަމެއްގެ ވާހަކަ ދައްކަމުން. އެކަމަކު މިހުރިހާ ކަމަކަށް ފުލުހުން ދިނީ ބީރު ކަންފަތެއް. މިހެންވާނީ ފުލުހުންގެ ފަރުވާ ކުޑަކަމުން، ނޫނީ ބާރުގަދަ ފަރާތެއްގެ ނުފޫޒާ ހެދި ތަހުގީގަށް ހުރަސް އެޅޭތީ. މިއިން ކޮންމެ ގޮތަކަށް ވިޔަސް އިންޓާނަލް ރިވީވެއް ހަދާ ގޯހެއް އުޅޭތޯ އެބަ ބަލަންޖެހޭ.
ހޮޅުދޫމޭން
27 November 2024
ޝުޖާއު އެހައްދަވަނީ އިތުރުފުޅު. ފުލުހުންތިބީ އަމިއްލަ މަރެއްކަމަށް ނިންމާލައިގެން. ދެމަސްދުވަސް ވެގެންް ދިޔައިރުވެސް މާބޮޑު ތަހުގީގެއް ނުކުރޭ. އެގެއާ ގުޅިފަހުރި ނަރުދަމާ ޖަންކްޝަން ސާފުކުރަނިކޮށް ޒަކިއްޔަތަގެ ބުރުގާއެއް ކަމަށް ބެލެވޭ ބުރުގާއެއް ފެނިގެން ފުލުހުންނަށް ގުޅީމަވެސް އައިއްސަ ބުނީ ތި އެއްލާލާށޭ ތިމަންނަމެން ބޭނުންވާ ހެކި ހުރީ ލިބިފައޭ. ފުރަތަމަ ސީންއަށް އެޓެންޑްވި ފުލުހުންގެ އަމަލުތައް ހުރީވެސް ވަރަށް އަންޕްރޮފެޝަނަލް ކޮށް.
ޕްރިންސް.
28 November 2024
ސްކޫލެއް ހިންގުމާ ފުލުސްއޮފީސް ހިންގުމާ ވަރައްތަފާތުވާނެ..