އަނިޔާވި މީހާއަށް ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންދަނީ
27 ނޮވެމްބަރ 2024 - 21:41
މާލޭގެ ކެފޭއެއްގެ ތެރޭގައި މިރޭ ހިނގި މާރާމާރީއެއްގައި މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ އެވެ.
މާރާމާރީ ހިނގާފައިވަނީ މާފަންނު ޝަހީދު އަލީ ގޯޅީގައި ހުރި ކެފޭއެއްގެ ތެރޭގަ އެވެ.
އެ މާރާމާރީގައި އުމުރުން 44 އަހަރުގެ ދިވެހި ފިރިހެނަކަށް ބޮޑެތި އަނިޔާތަކެއް ވެފައި ވާއިރު، އެ މީހާ އަށް ފަރުވާ ދިނުމަށް ފުލުހުންގެ އެހީތެރިކަމާ އެކު އައިޖީއެމްއެޗަށް ވަނީ ގެންގޮސްފަ އެވެ.
އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު އަނގަ އާއި ނޭފަތުން ލޭ ފައިބަމުންދިޔަ އެވެ. ސްޓްރެޗާއެއްގައި އެ މީހާ ހޮސްޕިޓަލަށް ގެންދިޔައީ އޮކްސިޖަން ވެސް ގުޅައިގެންނެވެ. ފެންނަ ފެނުމަށް އޭނާގެ ހޭވެރިކަމެއް ނެތެވެ.
މި މާރާމާރީ ހިންގީ ކޮން ސަބަބަކާ ހުރެ ކޮން ބައެއްގެ މެދުގައި ކަމެއް ސާފެއް ނުވެ އެވެ.
ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި މާރާމާރީއާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.
މީގެ ދުވަސްކޮޅެއް ކުރިން ހުޅުމާލޭގެ ރާކަނި ބީޗު ކެފޭގައި ދެ މީހަކު ކޮފީއެއްގައި ތިއްބައި އެ ތަނަށް ވަދެ އެ މީހުންނަށް ހަމަލާދީ، މާރާމާރީ ހިންގި މައްސަލައެއް ވެސް ފުލުހުން ތަހުގީގު ކުރި އެވެ.
އެ މާރާމާރީއާ ގުޅިގެން ހައްޔަރުކުރި މީހާ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ވަނީ ދޫކޮށްލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމްދާ
28 November 2024
ދިވެހީންގެ މެކްސިކޯ
ހޮޓްކިންގ
28 November 2024
ކޮބާތަ ގަދަބަސްބުނާ ހޯމް މިނިސްޓަރު. ހާދަ އަމާނޭދޯ؟
އެކްސްް
28 November 2024
ދިވެހީންގެ ރާއްޖެއަށް މަރުހަބާ.
ޑރ ވާންޗޯ
28 November 2024
ކޮންމެ ސަތޭކަ ފޫޓަކުން ޕޮލިހަކާ ދިމާވާ ދެބޯގެރި ދުއްވާނިމުނީބާ؟.
ޑރ ވާންޗޯ
28 November 2024
މިގައުމުގަ ކޮންމެކަމެއް، ކުށަކަށް އަރައިގަތަސް، މީހަކަށް ކިތަންމެބޮޑު އަނިޔާއެއްދިނަސް ވައްކަންކުރިޔަސް ފޭރުނަސް ސަލާމަތްވާނެ، ކޮންމެސް އުންސުރެއް ހަމަނުވެގެން ކޯޓުން ނޫނީ ޕޮލިހުން ދޫކޮށްލާނެ. ނަމަނަމަ ގޮނޑިޔާނުބެހޭތި، އުންސުރެއް ފަންސުރެއްނޯންނާނެ ޑައިރެކްޓް ގޮޅިއަށް.
ވޯލް
28 November 2024
ފުލުހުންގެ މުއައްސަސާ ބޮޑޫ ތަކުން ފެއިލް.
ތިމާވެށީ
28 November 2024
މަގުމަތީން މުސްކުޅީން އަތުން ފޭރުންވެސް ގިނަ ވެއްޖެ އެވެ. ނޫސްތަކަށް ނާރާތީ ނޭނގެނީ އެވެ.
ކޮރަލް
28 November 2024
ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި މާރާމާރީއާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ. ސީސީޓީވީ ކެމެރާ ނުހުންނަ ކެފޭ އެއް މަދު ވާނެ އެވެ. ބިދޭސީން ފައިސާ ހޯދުމަށް ގޭންގް ތަކުގެ ބޭޏުން އެބަ ކުރެ އެވެ
އަހުމަދު ނައީމް
28 November 2024
ކެފޭ ގެ ނަން ކޮބާ؟ ސިރުކުރަން ހުރުނަސް ބޮޑުވަރު…….ޑުރަގް ފައިސާ އިން އިންގާތަންތަން.
ދުސްތޫރީ
28 November 2024
މާރާމާރީ ގިނަވަނީ. ކުއްކުރާ ފަރާތްތަކަށް ރާއްޖޭގެ ކޯޓުތަކުން ރައްކާތެރިކަން ދޭތީ.