ހައިވޭގައި ހިނގި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މީހާ: އޭނާގެ ބަންދަށް ފަސް ދުވަސް ވަނީ ޖަހައިފައި
01 ޑިސެމްބަރ 2024 - 00:21
ގަވާއިދާ ހިލާފަށް އޯވާޓޭކް ކުރުމުގެ ސަބަބުން މިދިޔަ ހުކުރު ދުވަހު އެކްސިޑެންޓްވެ، ދެ މީހަކަށް އަނިޔާވި ނަމަވެސް މަޑުނުކޮށް ދިޔަ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
މި އެކްސިޑެންޓާ ގުޅިގެން ފުލުހުން ހައްޔަރުކުރީ ބ. އޭދަފުށީ، ފަސްމީރު، ޝުނާނު މުހައްމަދު، 22 އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން، ތަހުގީގުގެ ބޭނުމަށް ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓަން ވަނީ އަމުރު ކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.
އެކްސިޑެންޓް ހިނގީ ސިނަމާލެ ބްރިޖުގެ ހައިވޭގައި ޝުނާނު ސައިކަލް ބާރުސްޕީޑްގައި ދުއްވާފައި ގޮސް ގަވާއިދާ ހިލާފަށް އޯވާޓޭކް ކުރުމުގެ ތެރޭގައި އޭނާގެ ސައިކަލް އެހެން ސައިކަލެއްގައި ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.
ހުކުރު ދުވަހުގެ މެންދުރު ފަހު 2:43 ހާއިރު އެކްސިޑެންޓްވިއިރު، ޝުނާނު ވަނީ މަޑުނުކޮށް އެ ސަރަހައްދުން ގޮސްފަ އެވެ.
ޝުނާނުގެ ސައިކަލުން ޖެހުނު ސައިކަލްގައި ތިބި ދެ މީހުންނަށް އަނިޔާވެފައި ވެ އެވެ. އެއީ ދިވެހި ފިރިހެނަކާއި އަންހެނެކެވެ. އޭގެ ތެރެއިން ފިރިހެން މީހާ އަށް ފަރުވާދިނުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ. އަންހެންމީހާ އަށް ހުޅުމާލެ ހޮސްޕިޓަލްގައި އަދިވެސް ގެންދަނީ ފަރުވާދެމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
01 December 2024
ބަންދަށް 5 ދުވަސް 6 ވަނަދުވަހު ދޫކޮށްލީމަނިމުނީ، ތީ އެހެން ގައުމެއްގަނަމަ މީހަކުމަރުވެދާނެފަދަ ކުށެއްގެ އަދަބު ވަގުތުން އަންނަ ބޮޑެތިކުށް. ތިޔަކަހަލަ މީހުންގެ ސަބަބުން ކިތަށްމީހުންތޯ މުޅިއުމުރަށް ބަލިތަހައްމަލްކުރަނީ.
އަފްރާސިޔާބު
01 December 2024
މުއްދަތު ޖެހުންވެސް ނަމަކަށް. ލައިސަންސް ބާތިލު ކުރުންވެސް ނަމަކަށް އޮންނަކަމެއް. ބާތިލު ކުރިޔަސް އެމީހުން ދުއްވުމެއް ނުހުއްޓުވޭނެ. އެންމެ ރަނގަޅު ގޮތަކީ ދުއްވި އެއްޗެއްގެ ވެރިފަރާތް ޖޫރިމަނާ ކޮށްފައި ދޫކޮށްލުން. ޖޫރިމަނާ ކުރާނީ ވެސް 5000 ރުފިޔާއިން ފެށިގެން 50000ހާސް ރުފިޔާއާ ދެމެދު.
ކޮރަލް
01 December 2024
ކުރު ކޮށް މުއްދަތު ޖަހާ ގިނަ މީހުން ދޫވެ އެވެ.
އެކްސްް
01 December 2024
މިގޮތަށް ދުއްވާ މީހުން 15އަހަރަށް އިންޖީނުލީ އެއްވެސް އެއްޗެއް ދުއްވުން މަނާކުރަންވީ.
ލުބޯ
01 December 2024
އެއްހާސް އަހަރަށް ހަދާ!!! ކާކުތަ އޭނަ ސައިކަލް ދުއްވާތޮ ބަލަން ހުރީ. ކަލޭމެން ގެނައި ޑިމޮކުރަސީގައި ފްލެޓް އަޅާފައި ޕާޓީކުދިންނަށް މުސާރަދީފައި އެހެން ކަމެއް ކުރާނެ ހަކަތަޢެއް މި ދައުލަތަކުނެތް. ބޯގަޅި ދިވެހިން ވާހަކަ ދައްކަނީ މިގައުމު ނޫނީ ބޭރުމީހުންއައިސް ޕާސްޕޯޓް ވީދާލާޗައި ވަޒީފާހޯދައިގެން އުޅެވޭ ގައުމެއް މި އުޑުދަށަކު ނެތް.
ބަކުރުު
01 December 2024
ކުރިން މިއުމުރުގެ ކުދިންގެ ވާހަކަލިޔާ އިރު ބޭނުންކުރަނީ މިސާލަކަށް "22 އަހަރުގެ ޒުވާނަކު" މިހެން. މިފަހަރު މިއޮތީ 22 އަހަރުގެ މީހަކު، އެހެންނޫންތޯ؟
ހޯދާބަލަމުން ދެއަތަށް ކިރެމުން
01 December 2024
ބައެއް މީހުންނަށް ސީދަލަށް ދުއްވަންނޭގެނީސް ލައިސަންސް ދެނީ، އެހެންވީމަތާ މަގު ހުސްކޮށް އޮތަސް ދާނީ ހަމަ ސީދާ ހަރުފަޔެއް ދާހެން، ޒިގް ޒެގު، ހޯދާބަލަމުން ދެއަތަށް ކިރެމުން ގޮސް އެއޮބާލަނީ، ލާހިކެއްނޫން ސީދަލަށް ދުއްވާކަށް، ނުވެސް އެނގެނީ
މުރޭ އިބްތިކާރު
01 December 2024
ތަހުގީގުގެ ބޭނުމަށް މީހުން ބަންދުކުރުމަކީ ގާނޫނު އަސާސީ ދަންނަ ހަމައެއްނޫން. ބަންދުކުރެވޭނެ ހާލަތްތައް ގާނޫނު އަސާސީގައި ލިޔެފައި އޮތްއިރު ތަހުގީގުކުރުމެކޭ ނޯންނާނެ
ކަލޭ
01 December 2024
ބަންދު ކުރީމަ ކައެއަށް އަސަރު ކުރީ އުތަ...ފުރަމަ ކައެ ބަންދު ކޮއްފަ ގާނޫނު ކިޔައިދޭން ފެންނަނީ
އެޗް އެމް
01 December 2024
ނަސީބު ދެރަ ސޮރެއް. ގިނަ އިރުތަކެއް ނުވެ ފުލުހުން އަތްދަށުވީ.
ހެސްކިޔާފަދުއްވާ
01 December 2024
ޢެއްވެސް ކަމެއް ނުވާނެ، 3 ދުވަސްފަހުން ދޫކޮއްލާނެ
ޝުނާނުބެ
01 December 2024
ޝުނާނު ވަނީ އެސަރަހައްދުން ފިލާފައެވެ.