ޑްރޯން އާއި ޑީޕް ޓްރެކާ ހަދިޔާ ކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
02 ޑިސެމްބަރ 2024 - 20:10
ކަނޑުއަޑީގެ ސާޗް އެންޑް ރެސްކިޔުގައި ބޭނުންކުރާ ވަސީލަތެއް ކަމަށްވާ ޑީޕް ޓްރެކާއަކާއި، އުސްއިމާރާތްތަކުގެ އަލިފާން ނިންވުމުގައި އެހީތެރިވެދިނުމަށް، ފެންޖެހުމަށް ބޭނުންކުރާ ޑްރޯނެއް ސްޓެލްކޯއިން އެމްއެންޑީއެފަށް ހަދިޔާކޮށްފި އެވެ.
މި ޑީޕް ޓްރެކާ އާއި ޑްރޯން ސްޓެލްކޯއިން އެމްއެންޑީއެފަށް ހަދިޔާކޮށްފައިވަނީ މިއަދު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެ ވަސީލަތްތައް ސްޓެލްކޯގެ ފަރާތުން އެމްއެންޑީއެފަށް ހަވާލުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު، ހުސައިން ފަހުމީ އެވެ. އަދި އެމްއެންޑީއެފްގެ ފަރާތުން އެ ވަސީލަތްތަކާ ހަވާލުވެ ވަޑައިގެންނެވީ، ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ އެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި އެމްއެންޑީއެފަށް ހަދިޔާކުރި އަލިފާން ނިއްވުމަށް ބޭނުން ކުރެވޭ ޑްރޯން އަކީ ފެން ހޮޅިއާ އެކު 200 މީޓަރު އުހަށް ދަތުރު ކުރުމުގެ ގާބިލްކަން ލިބިފައިވާ ޑްރޯން އެއް ކަމަށެވެ. އަދި ޑީޕް ޓެރެކާ އަކީ 200 މީޓަރު އަޑިއަށް ދަތުރުކޮށް ރޮބްޓިކް އާމްއެއްގެ އެހީއާއެކު ކަނޑު އަޑިން ތަކެތި ނެގުމުގެ ގާބިލްކަން ލިބިފައިވާ ވަސީލަތެއް ކަމަށް ވެސް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާހިރު
03 December 2024
ހަވާލުކުރި ތަކެތީގެ ފޮޓޯ ފެންނަން ނެތުމުން ވަރަށް އައިބުގޮތެއް ހުރެއެވެ.
އައިނަރު
05 December 2024
އަދި އެއީ ހަވާލުކުރުމުގެ އެމްއޯޔޫ ގައި ސޮއި ކުރީ، މި ސަރުކާރަކީ އަބަދުވެސް ހެޑްލައިން އެޅުމުގައި އުޅޭ ސަރުކާރެއް، އަދި ހިއެއްނުވޭ ތިއިން އެއްޗެއް އުފެއްދިހެންވެސް،
އެމް
03 December 2024
ސަޅި
ކަޅުސާ 122
03 December 2024
މިފަދަ ހަދޔާތަކަކީ އެއް އޮފީހުން އަނެއް އޮފީހަށް ދިންކަމުގައި ވިޔަސް ގިނަ ފަހަރަށް ދައުލަތުގެ ޚަރަދުގައި ގަނެވޭ ތަކެތި. ވީމާ، ހަދިޔާ ކުރެވޭ ފަރާތާ މަޝްވަރާކޮށް، ރަނގަޅު ސެލެކްޝަނެއް ކުރެވިގެން ކުރިއަށްދާނެ ކަމުގައި އުންމީދު ކުރަން. މިދެ އާލާތަކީވެސް ނުހަނު ބޭނުންތެރި ދޭތި. ވީމާ، މުހިންމު ފީޗަރތައް ހުރުން ބުއްދިވެރި. ޝުކުރަން!
އަލް އުސްތާޒު
02 December 2024
މިއީ ކަންތައްތައް ވާންޖެހޭ ގޮތަކީ. ޓެކްނޮލޮޖީއާއި އަހުލުވެރިވާންވީ އެންމެންވެސް. އިހުޒަމާނުގެ ކަނބަލުންނާ އިއްޒަތްތެރި ބޭފުޅުން އެމްއެމްއާއި ފިނޭންސް މިނިސްޓްރީ އާއި ބޭންކުންވެސް އެކަހެރިވާންވީ. ޒަމާނަށް ހޭލުންތެރި މީހުންނަށް ފުރުސަތު ދޭންވީ
މޫސަބޭ
03 December 2024
މިއީ ކަންކަން ވާންޖެހޭ ގޮތެއް ނޫން! އެމްއެންޑީއެފްގަ މިފަދަ އާލާތްތައް ގަންނާނެ ފައިސާ ބަޖެޓް ކުރެވިފަ ހުންނާނެ. ސްޓެލްކޯ އިން ނުދައްކާ ހުރި ތެެޔޮބިލަށް ފައިސާ ދެއްކުން މާ ރަގަޅުވާނެ.