ވިޔަފާރި / ބާސެލޯ ނަސަންދުރާ

90 މިލިއަން ޑޮލަރުގެ "ބާސެލޯ ނަސަންދުރާ މާލެ" ހުޅުވަނީ

ބާސެލޯ ނަސަންދުރާ މާލެ. އެތަން މި މަހު ހުޅުވާނެ ކަމަށް އެ ހޮޓެލް އިން ބުނެފައިވޭ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ކުރީގެ ނަސަންދުރަ ޕެލެސް ހުރި ބިމުގައި "ބާސެލޯ ނަސަންދުރާ މާލެ" ގެ ނަމުގައި ހެދި ފައިވް ސްޓާ ފެންވަރުގެ ހޮޓާ ހުޅުވުމުގެ ތައްޔާރީތައް ފަށައިފި އެވެ.

ގާތްގަނޑަކަށް 90 މިލިއަން ޑޮލަރު ހޭދަކުރި އެ ހޮޓަލުގައި 126 ކޮޓަރި އާއި 118 ސާވިސް އެޕާޓްމެންޓް ހުންނާނެ އެވެ. ފަސް ތަރީގެ އެ ހޮޓާ ހިންގަނީ ސްޕެއިންގެ ހޮޓެލް ޗެއިނެއް ކަމަށްވާ ބާސެލޯއިންނެވެ. ބާސެލޯ އިން އަންނަނީ ޔޫއޭއީ އާއި ތައިލެންޑާއި ޔޫރަޕްގެ ގައުމުތަކުގައި ވެސް ހޮޓަލުގެ ވިޔަފާރި ހިންގަމުންނެވެ.

ނަސަންދުރާ ޓެރެސް އޭރިއާ --

ނަސަންދުރާ ހޮޓާ އެންމެ ފުރަތަމަ ހުޅުވައިލީ، މީހުން ދިރިއުޅުމަށް ބައެއް އެޕާޓްމެންޓްތައް ވިއްކުމަށެވެ. ނަމަވެސް، މިހާރު ހުރިހާ އެޕާޓްމެންޓެއް ވެސް ދުވަހު ރޭޓުގައި ދޭން ވަނީ ނިންމައިފަ އެވެ.

ދެ އިމާރާތަކަށްވާ ގޮތަށް ހަދާފައިވާ އެ ހޮޓާ އެންމެ ފުރަތަމަ ހުޅުވަން އޮތީ މި މަހުގެ އެއް ވަނަ ދުވަހު އެވެ. ނަމަވެސް، ކުރަން ހުރި ބައެއް ކުދި ކުދި މަސައްކަތާ ހެދި، އެ ދުވަހު ހުޅުވުން ފަސް ކުރީ އެވެ. އެ ހޮޓާ ރަސްމީކޮށް ޓޫރިސްޓުންނަށް ހުޅުވައިލާނެ ސީދާ ދުވަހެއް އަދި ނުބުނެ އެވެ.

ދެ އިމާރާތަކަށް ވާ ގޮތަށް ހަދާފައިވާ އެ އިމާރާތުގެ 16 ފްލޯ ހުރޭ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ބާސެލޯ ނަސަންދުރާ މާލެ ހުޅުވުމުން އެތަން ވާނީ، މާލެ ސަރަހައްދުގެ އެންމެ ބޮޑު ހޮޓަލަށެވެ.

އެ ހޮޓަލަކީ ދިވެހި އަދި ލަންކާ ބައެއްގެ ހިއްސާ އޮންނަ އެންޕީއެޗް ކުންފުނީގެ ތަނެކެވެ. އެ ކުންފުނިން އަންނަނީ ބާސެލޯ ވޭލް ލެގޫން ރިސޯޓު ވެސް ހިންގަމުންނެވެ.

އެ ހޮޓަލުގެ ރެސްޓޯރެންޓެއްގެ ކުރެހުން --

44 ކޮމެންޓް, 36 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 19%
icon angry icon angry 19%
icon wow icon wow 14%
icon inlove icon inlove 36%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދުދުހުދު

04 December 2024

ޔާމީނު ސަރުކާރުގައި އެމަނިކުފާނުގެ އާއިލާއަށް ފަހި ގޮތެއް ހޯދައިދޭން ހިންގި އެންމެ ބޮޑު މަޝްރޫއު ނިމުން

The name is already taken The name is available. Register?

ބަޑިތަކުރު

04 December 2024

ތިޔަކަންކުރިއިރު އެގްރީމެންޓްގައި ދައުލަތަށް ކުލިވެސް ދައްކަން ނުޖެހޭގޮތަށް އޮތްވާހަކައެއް އަޑުއެހިން. އަދި ސީއެސްއާރުގެ ދަށުން ކޮންމެސް ކަމެއް ކޮށްލީމަ ފުދޭގޮތަށް އޮތްއިރު އެގޮތަށް ކޮށްދޭންޖެހޭވަކިކަމެއްވެސް ބަޔާންކޮށްފައިނުވާ ކަމަށްވެސް އަޑުއެހިން. ވީއިރު އެގޮތަށް އެކަން އޮތްނަމަ އެގޮތަށް އެކަން ބާއްވައިގެއް ތިޔަތަން ކިތަންމެ ފުރިހަމަކޮށް ނަލަކޮށް ހަދާފައި ހުޅިވިޔަސް މިގައުމަށް އޮތީ ކޮންފައިދާއެއް ބާވައެވެ.

The name is already taken The name is available. Register?

ސިްނގަޕޫރު

04 December 2024

ސިންގަޕޫރަކީ ހުރިހާ އެއްޗެއް ގަނަނަން ލިބޭ ކުންފުނިތަކުގެ އެޖެންޓުންނތިބިތަންނތަން. އެތާގއި އެއްޗެހި ލޯކަލް ކޮށއ ހޯދޭނެ. ރާއްޖޭގައި ދޮތަށއ ޖަހާ ލާނެ މޮހޮރުބެސް ދެފަހަރު ހަމައަށް ނުލިނޭން ދެމޮހޮރު ލިނުނިއްޔށ ލިބޭނީ ދއބްރޭންޑް ގެ ދެ ސައިޒުގެ މޮހޮރު. މިހާލުހައި ކިޖިނެއއ ހޮޓަ އަޅަން ބޭނުންބސާމާނު ރާއްޖެއިން ހޯދަން ލާޒިމުކުރަނީ. މިހާ ޒަމާމއ ވީއިރު ވެސް ތާއއޖެ އަށް ނޭނުން ވާ އެލެވޭޓަރ ގެ އެޖެންޓެއް ނެތް. އެވެސް އޮތީ ލަންކާގަ

The name is already taken The name is available. Register?

ސުހާނާ

04 December 2024

ކޮއްކޯ. ދިވެހިބަހުން ރަނގަޅަށް ލިޔެކިޔަން ދަސްކުރަން ވެއްޖެއެއްނު.

The name is already taken The name is available. Register?

ގާދިރު

03 December 2024

ބުނަންތަ ، 90މިލިޔަން ޑޮލަރުގެ ހޮޓަލެއް މާލޭގަ އެޅިއިރު މާލެ ބާޒާރަށް އެންމެ ޑޮލަރެއްވެސް ނުދޭ. ހުރިހާ ތަކެއްޗެއް ގެނައީ ލަންކާއިން . ސިންގަޕޫރުގަ ލަސްވެގަސްއިން އެޅީބިޔަ ބޮޑު ހޮޓާ އެޅި އިރު ސިންގަޕޫރު ސަރުކާރުން ލާޒިމް ކުރީ ޕްޖެކްޓްކެ 80% މުދާ ގަންނަޖެހޭނީ ސިންގަޕޫރުގެ ކުންފުނިތަކުން ކަމަށް ، ބޭނުމަކީ ރަށުތެރޭގަ ލާރި ދައުރުކޮށް ގިނައިން ޖީއެސްޓީ ކަލެކްޓް ކުރުން .. ސަޅިއެއް ނޫންތަ ؟

The name is already taken The name is available. Register?

މާސޭ

03 December 2024

މިއޮތީ ޓާސަރީ ފެންވަރުގައި ހުޅުވާލާނެ ތަނެއްލިބިފަ

The name is already taken The name is available. Register?

އަސް

03 December 2024

މަށަށް ތިތަނާ ދަރުމަވަންތަ ހޮސްޕިޓަލާ އަޅުވާ ކިޔެނީ، ތިއޮއް ބޮޑު ތަނަށް ހަރަދު ވަރާ ތިތަނަށް ހަރަދު ވަރު.

The name is already taken The name is available. Register?

ސަހަރޯއި

03 December 2024

ހޮސްޕިޓަލަކަށްހޯދާ ސާމާނު އެތަނަށްވެސް ހޯދާނެ؟

The name is already taken The name is available. Register?

މަވެސއ

04 December 2024

އެތަނަށްވެސް މެޝިނަރީއާއި އިކިއުޕްމަންޓުތައް ހޯދާނެ. މިސާލަކަށް ލޯންޑުރީއާއި ބަދިގެއާއި ރޫމުތަކައް ބޭނުންވާތަކެތި. ހޮސްޕިޓަލަށް ބޭނުންވާ ތަކެއްޗަށްވުރެ އަގުހެޔޮވެދާނެ. ނަމަވެސް ހޮސްޕިޓަލަށް ބޭނުންވާ ތަކެތީގެ އަގުވެސް އިތުރު ހޮސްޕިޓަލެއް އަޅަން ހޭދަވާވަރު ވެގެންނުވާނެ.

The name is already taken The name is available. Register?

ސުހާނާ

04 December 2024

"މަވެސއ" އެވެ. ލޯންޑްރީއާއި ބަދިގެއަށް ބޭނުންވާ މެޝިނަރީއާއި ކޮޓަރިތަކަށް ބޭނުންވާ ފަރުނީޗަރ ފަދަ ތަކެއްޗާ އެއްހަމައެއްގެ އަގުތަކަކަށް ޞިއްޙީ ޚިދުމަތް ދިނުމަށް ބޭނުންވާ މެޝިނަރީ ފަދަ ތަކެތި ލިބޭބާ؟ އެފަދަ ތަކެތީގެ އަގު، ކުރިން ބުނި ތަކެތީގެ އަގަށްވުރެ ކިތައް ގުނަ ބޮޑުކަން އެނގޭބާ؟

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

03 December 2024

ޗައިނާ ސަފީރު ލަފާދެއްވި ގޮތަށް "އާމްދަނީ ލިބޭ ކަންކަމަށް" ސަރުކާރުން ނަގާ ލޯނު ބޭނުންކުރާނަމަ އެންމެ ފުރަތަމަ ކުރާންޖެހޭ ކަމަކީ ހަނިމާދުއާއި އައްޑޫސިޓީ ހުޅުމީދޫގައި ކޮންމެ ތަނެއްގައި ދައުލަތުން އިންވެސްޓް ކޮށްގެން މިފަދަ 10 ސިޓީހޮޓާ ތަރައްޤީ ކުރުން. ޗައިނާ އެގްޒިމް ބޭންކް ލޯނުގައި ޗައިނާގެ ކުންފުނިތަކާއި ޙަވާލުކޮށްގެން 10!ބުރިއަށް އިމާރާތް ކުރާ މިސައިޒްގެ ޖުމްލަ 20 ހޮޓަލުގެ މަސައްކަތް ގިނަވެގެން 2 އަހަރުދުވަހުން ނިންމާ ޙަވާލު ކުރާނެކަން ޔަޤީން.

The name is already taken The name is available. Register?

ސޮރީސާރު

04 December 2024

އެކޮއި، އައްޑޫއަށް ގޮސް ކުރާނެ ކަމެއް ފުރަތަމަ ބުނެދީބަލަ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

03 December 2024

ޙަނިމާދުއާއި އައްޑޫ ހުޅުމީދޫގައި (ކޮންމެތަނެއްގައި 10 ހޮޓާ) ނަސަންދުރަ ސައިޒްގެ 10 ހޮޓާ ތަރައްޤީކޮށްނިމުމުން ސަރުކާރުގެފަރާތުން Maldives Tourism Development Cooperation މެދުވެރިކޮށް އިންވެސްޓްމަންޓްގެ ޖުމްލަ އަގު އެއްފަހަރާ ދައްކާފަރާތަކަށް 50 އަހަރަށް ހޮޓާ ވިއްކިދާނެ. އަދި އެގްރީކަންޓްގެ މުއްދަތު (50 އަހަރު) ހަމަވުމުން ހޮޓަލުގެ ނުވަތަ ޕްރޮޕަޓީގެ މިލްކުވެރިފަރާތަކީ MTDC ކަމަށް ކަޑައަޅާފައި ބޭއްވިދާނެ. އޭރުން ކުންފުނީގެ އެސެޓްވެސް އިތުރުކުރެވޭނެ.

The name is already taken The name is available. Register?

އޮނަރަބްލް ބޯކޮސް

04 December 2024

އައްޑޫގައި އަޅަން ތިބުނާ "ނަސަންދުރާ ފެންވަރުގެ" 10 ހޮޓާވެސް ހަމައެކަނި ހުޅުމީދޫގައި އަޅާވާހަކަ ބާއްވާފަ، ނަސަންދުރާ ފެންވަރުގެ 5ސްޓާރ ހޮޓަލެއް އައްޑޫގައި އަދި ނުހިގާނެކަމަށާއި ޚާއްސަކޮށް އެފެންވަރުގެ ސާވިސް އެޕާޓްމަންޓްތަކަށް އެއްވެސް ޑިމާންޑެއް އައްޑޫގައި އަދި ނެތްކަން ނޭގުނަސް ހެސްކިޔާފަ ކީބޯޑަށްފިތޭނެ! އައްޑުއަކީ ފްލައިޓާއި ޓުއަރިސްޓުން ގެއްނަން ޕްރޮމޯޓް ކުރަން ޖެހިފައިވާ ތަނެއް، މިވަގުތު ބޭނުންވަނީ އަގުހެޔޮކޮށް ވިއްކޭނެ ގިނަ ކޮޓަރިތަކެއް.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

03 December 2024

މަތީގައިދެންނެވި 20 ހޮޓާ 50 އަހަރަށް ވިއްކާލުމުން ލިބޭ ފައިސާގެތެރެއިން ހޮޓާ ތަރައްޤީކުރުމަށް އެގްޒިމްބޭންކުން ނެގިލޯނަށް އެމުއްދަތަށް އަދާކުރަންޖެހޭ ފައިސާދެއްކުމަށްފަހު ބާކީހުރިފައިސާގެ ބޭނުންކޮށްގެން GAN International Airport އާއި ހަނިމާދޫ އެއަރޕޯޓްގައި ބީޗްކޮޓަރި ހިމެެނޭގޮތަށް 1000 ކޮޓަރީގެ ⭐️ ⭐️ ⭐️ ⭐️ ގެ އެއަރޕޯޓް ޓްރާންސިޓް ހޮޓަލެއް (އިންފްލައިޓް ކޭޓަރިން، ޓާމިނަލް ލައުންޖް ހިދުމަތާއިއެކު) ތަރައްޤީކޮށް ހިންގުމަށް ބަޔަކާއި ޙަވާލު ކުރެވިދާނެ.

The name is already taken The name is available. Register?

ސަމަދު ބެ

03 December 2024

ތިޔަތަނުން ދައުލަތައް ލިބެން އޮތް ބައި އޮތީ ރާޅުގަޑު ސަރަހައްދުގަ ހުރި ބިމަކައް ބަދަލް ވެފައޭ މީހުން ކިޔާތީ އިވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454