އިސްލާމިކް މިނިސްޓްރީގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ޑރ. ޝަހީމް ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
04 ޑިސެމްބަރ 2024 - 22:02
އަންނަ އަހަރު ހައްޖަށް ދިއުމަށް ޖާގަލިބިފައިވާ އެންމެންނަށް ހައްޖަށް ދެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ހައްޖަށް ދާން ލިސްޓުގެ ކިޔޫގައި ތިބި ބައެއް މީހުން މިހާރު ކިޔޫގެ ފަހަތަށް ޖެހިފައިވާ ކަމަށް ބުނެ އާންމުންގެ ބައެއް މީހުން އަންނަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އެ ކަންބޮޑުވުންތަކާ ގުޅިގެން ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އަންނަ އަހަރު ހައްޖަށް ދިއުމުގެ ޖާގަ ހައްޖު ކޯޕަރޭޝަނުގެ ސިސްޓަމުގެ ތެރެއިން ލިބިފައިވާ އެންމެންނަށް ހައްޖުވުމުގެ ފުރުސަަތު ލިބޭނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
1446 (2025) ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ޖާގަ ކޯޕަރޭޝަންގެ ސިސްޓަމްގެ ތެރެއިން ޔަޤީންކަން ދެވިފައިވާ އެންމެހައި ފަރާތްތަކަށް ޙައްޖަށް ދިއުމުގެ ފުރުޞަތު ލިބޭނެ. އިންޝާ ﷲ
— Mohamed Shaheem Ali Saeed (@Mohamedshaheem1) December 3, 2024
މިނިސްޓްރީން ނިންމާފައިވަނީ ރާއްޖެއަށް ލިބޭ ހުރިހާ ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް ދިނުމަށެވެ.
ރާއްޖެއިން މި އަހަރު ހައްޖުގެ އަޅުކަމަށް 1،150 މީހުން ދިޔަ އެވެ.
ހައްޖު ކޯޓާ އިތުރުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނައިރު، މިއީ ރާއްޖޭގެ ހައްޖު ކޯޕަރޭޝަންގެ ތާރީހުގައި ވެސް އެންމެ ގިނަ އަދަދަކަށް ހައްޖަށް މީހުން ގެންދިޔަ ދެވަނަ ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަސްތަ
07 December 2024
އަންނަ އަހަރުވެސް އަދި ދެން އަންނަ އަހަރަކުންވެސް، ހައްޖަށް ދިއުމަށް ޖާގަލިބިފައިވާ އެންމެންނަށް ހައްޖަށް ދެވޭނެކަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުނުވިއަސް އަޅުގަނޑުމެން ދެނެތިބީމު. ޖާގަލިބިފަތިބި މީހުން ޑރ. ޝަހީމަށް ހުއްޓުވިގެންނުވާނެކަންވެސް އަޅުގަނޑުމެން ދެނެތިބިން.
ސްޓްރެޕްސިލް
06 December 2024
ފްލައިޓެއްގައި ކޮންފާމްޑް ބުކިންގް އޮތް ބަޔަކަށް ދަތުރުވެސް ކުރެވޭ. އެކަހަލަ ވާހަކަ ފުޅެއް މިއީ ދެއްތޯ؟
ސަލީމްބޭ
06 December 2024
އަޅުގަނޑު ލާރި ދެއްކީމަ ބުނީ 2026 ގައި ދެވޭނެކަމަށް.. އެކަމު މީގެ މަހެއްކުރިން ކޯޕަރޭޝަނަށް ގުޅީމަ ބުނީ މިހާރު އިނީ 2027 ގައި.. މިވާގޮތެއް ނޭނގުނު.. އެނގޭކަމަކީ ވަޒީރުގެ ބެސްޓް ފްރެންޑްކަން އެމްޑީއަކީ..
ފަހިދޫ
06 December 2024
ތިއީ ވެގެންވާނެ ގޮތެއްނޫން. 2026 ގަ އިނދެފަ 2027 އަށް ބަދަލުވަންޏާ ތިއީ ކޮރަޕްޝަނުގެ ތެރެއިން ލިސްޓުގެ އެކި ތަންތަނަށް މީހުން ލަނީ. ލިސްޓަކީ އަބަދުވެސް ކުރިއަށް ޖެހެމުން ދާންޖެހޭ އެއްޗެއް. ތަޖުރިބާއާ އެކީ މިބުނަނީ.
ކުދުބެއްޔާ
05 December 2024
ހައްޖު ލިސްޓް ތަރުތީބުކުރުމަށްފަހު މަހަކު އެއްފަހަރު އެލިސްޓް އާއްމުކޮށް ހާމަކުރުމަކީ ޝައްކުތަކުންދުރުވެ ނަޒާހަތްތެރިކަން ހާމަވާނެ ކަމެކެވެ. މިނިސްޓަރުގެ ހިތްވަރެއް ހުރިއްޔާ މިކަން ކުރާނެކަމަށް ހީކޮށް މިކަމަށް ގޮވާލަމެވެ.
އަފްރާސިޔާބު
05 December 2024
ޖާގަ ދިނުމަކީ އެމީހުންގެ ހައްގެއް. އެމީހުންނަށް ޖާގަ ދީފައި ދެން ގެންދާ ބަޔަކު ގެންދަންޖެހޭނީ.
100 އިން 500 އަށް ކިއުގެ
05 December 2024
ރައީސްގެ ހެޔޮފުޅުކަމުން ގެންދާމީހުން އުނިކޮށް މި ލިސްޓް ނިންމޭތޯ އުޅެންވީނު، ދުވަހަކުވެސް މި ކިއު ތަކަކުން ސަލާމަތެއް ވަނީކީ ނޫން.
މިނިސްޓަރޫ
05 December 2024
މިނިސްޓަރޫ ކީކޭ ތިކިޔަނީ ޖާގަ ނުލިބޭ މީހުންވެސް ކުރިން މިނިސްޓަރު ފުނުވަނީތަ. ނޫނީ އެހެންޏާ ޖާގަލިބުނީމަވެސް މިނިސްޓަރު ނުފުނުވާ ބަަހައްޓަނީތަ؟ ޖާގަ ލިބުނީމަ ފުނުވާކަށް ނޫންތަ ވާނީ. އެވެރިން އެކިޔަނި 2024 ވަނަ އަހަރު އިނީ ހައްޖޫ ކޯޓާގެ 400 ވަނައިގައި މި އަހަރު ބަލަލި އިރު އިނީ 700 ވަނައުގައޭ އެއީ ކިހިނެއް ވާ ކަމެއް ހޭ. މިނިސްޓަރު ލިސްޓްމައްޗަށް މީހުން އަޅަނީހޭ. މައްޗަށް އެޅީމަތާ ތިރީބައި އަޑިއަށް ދާނީ. މިވާނުވާ މިނޫހުން ސާފުކޮށްދީ ރިޕޯޓް
ޑރ ވާންޗޯ
05 December 2024
އެހެންނޫނިއްޔާ ކުރިން ޖާގަލިބުނަސް ނުފޮނުވާބައިތިއްބާފަ ހިތުހުރިމީހަކުތޯ ފޮނުވަނީ؟.
ބަލާށޭ
05 December 2024
ހައްޖުކޯޓާ އަކީވެސް ޑޮލަރު ބޭރުވުން މިކަން ހައްލުކޮށްގެން މެނުވީ ހައްޖު ކޯޓާ ދިނުން ރަނގޅު ނޫނޭ އުމްރާ އަށް ވެސް މީހުން ހެންދަންވީ ސަރުކާރުން މީ އަމިއްލަ މީހުންނަށް ކުރެވޭނެ ކަމެއް ނޫނޭ މާ ބޮޑަށް އަގުބޮޑު އެ ޚިދްމަތުގެ ވެސް.
ރޭނީސް
05 December 2024
ބަލަ ޖާގަ ލިބިފައިވާ އެންމެންނަށް ދެވޭނެ ކަން އެއީ ހެޑްލައިނަށް ވާންޖެހޭ ގޮތެއް ނޭނގުނު.