ކްރިމިނަލް ކޯޓު: މަރުތޭލެއް ހިފައިގެން މާރާމާރީ ހިންގަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ކޯޓުން ވަނީ ދޫކޮށްލާފައި --- ފޮޓޯ/މިހާރު
07 ޑިސެމްބަރ 2024 - 20:14
މާރާމާރީއެއް ހިންގަން އުޅޭކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި މީހަކު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ 23 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ކޯޓުން އަމުރުން އެނގޭ ގޮތުގައި ފުލުހުން އޭނާ ހައްޔަރު ކުރީ ލައިގެން ހުރި ޖީންސާއި އުނަގަނޑާ ދޭތެރެއަަށް މަރުތޭލެއް ޖަހައިގެން ހުއްޓާ އެވެ. އެހެންވެ، އޭނާގެ މައްޗަށް ފުލުހުންކުރީ މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތާއި އާންމު ތަނެއްގައި މަގްބޫލް ސަބަބެއް ނެތި ނުރައްކާތެރި ހަތިޔާރު ގެންގުޅުމުގެ ތުހުމަތެވެ.
އެ މައްސަލާގައި އޭނާ ބަންދުގައި 15 ދުވަސް ހޭދަ ކޮށްފައިވާއިރު، ކްރިމިނަލް ކޯޓުން މިއަދު ވަނީ އޭނާ ޝަރުތުތަކާއެކު ދޫކޮށްލަން އަމުރުކޮށްފަ އެވެ.
ގާޒީ އައިމިނަތު އަޒްލިފާ ނެރުއްވި އަމުރުގައިވަނީ އޭނާ މަގްބޫލް ސަބަބެއް ނެތި ނުރައްކާތެރި ހަތިޔާރު ގެންގުޅުނު ކަމުގެ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވީ ނަމަވެސް މާރަމާރީ ހިންގަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ ނުވަތަ އެކަމަށް ބާރު ދޭ އެއްވެސް ހެއްކެއް ފުލުހުން ހުށަހަޅާފައި ނުވާ ކަމަށެވެ.
އޭނާ މިހާރު ވެސް 15 ދުވަސް ބަންދުގައި ބަހައްޓާފައިވާތީ އޭނާ އިތުރަަށް ބަންދުގައި ބަހައްޓަންޖެހޭ ފަދަ ސަބަބެއް އަދި ހެއްކަށް ނުފޫޒު ފޯރުވާފާނެ ކަމަށް ބެލެވޭ ހެއްކެއް ޝަރީއަތަށް ފާހަގަ ނުވާ ކަމަށް ވެސް އަމުރުގައި ވިދާޅުވެފައިވެ އެވެ.
އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހާ ކޯޓުގައި ބުނެފައިވަނީ އޭނާގެ އަތުން ފެނުނު މަރުތޭލަކީ އޭނާ ދިރިއުޅޭ ކޮޓަރީގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައިވާތީ، ފިލާގަނޑެއް ޖަހަން ވެގެން އެސްޖީ ގަރާޖުގައި އުޅޭ އޭނާގެ ރައްޓެއްސަކަށް ގުޅައިގެން ގެނައި އެއްޗެއް ކަމަށެވެ.
މަރުތެޔޮ ޖީންސްގެ ދަށަށް ޖަހައިގެން އުޅުނީ އޭނާގެ ސައިކަލުގެ މަޑި ދަށަށް ނުލެވުމުން ކަމަށް އޭނާ ބުނެ އެވެ. އަދި އޭނާއަކީ އޮންލައިން ވިޔަފާރި ކުރާ މީހެއް ކަމަށް ވެސް ތުހުމަތު ކުރެވޭ ފަރާތުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްމާލު2.0
08 December 2024
ކުށުގެ ރެކޯޑު އޮތް މީހެއްތަ؟ މަރުތޭލު ހިފާ ހައްޔަރުކޮށް، ތަހުގީގުކޮށް އަދި ދައުވާކުރަން ގޮވާލާން. ކޯޓުތަކާއި، ޕީޖީ އާއި އަދި ފުލުހުންގެ އިދާރާ އަކީ ވަކިން އޮތް ތަންތަން ކަމުގައިވީތީވެ މިއަދު އުފާކުރަން.
ކަލޯ ތީގެން ނުޖަހާތި އިނގޭ!
08 December 2024
އެކޮއި ބުނަން! މަރުތޭލުން އެއްވެސް މީހެއްގެ ގައިގެ، އެއްވެސް ތަނެއްގައި ނުޖަހައްޗެވެ! އަދި ގެއްލުން ދިނުމަށް އެއްވެސް އެއްޗެއްގައުިވެސް ނުޖަހައްޗެވެ!
ޕިކްސް
08 December 2024
މަރުތޭލަކީ ނުރައްކާތެރި ހަތިޔާރަކަށް މިވީ. އެހެންވީއިރު މަގުމަތީ ހުންނަ ގަލަކީވެސް ނުރައްކާތެރި ހަތިޔާރު.
ނަމުން ސޯލިހު
08 December 2024
ތިވާނީ ތަންކޮޅެއް ބަސްއަހާ ކިޔަމަންތެރި ގޮތަކައް ހުރި ސޮރަކައް. ގައިމުންވެސް ކަމެއް ކުރާނެހެން ހީވަޏާ ފުލުހުން ހަދާނީ ނުފެންނަކަމައް. ބަސްއަހާ ކިޔަމަންތެރި މީހުންނާމެދު ނިކަން ފުއްޕާނެ ފުލުހުން. އެކަމަކު ކަނޑި އާއި ލަޓިބުރި ހިފާލާފަ ސީދާ މާރާމަރީ ހިމްގާމީހުން ކުރިމަތީގަ ކުޑަކަކޫ ގަހައިގެން ތިބޭނީ. ހަދާނީ ނުފެންނަކަމަށް. ކުރާކަމެއްކޮށް ނިމޭފަހުން ފަހަރެއްގަ މީހަކު 2 މީހަކު ހިފާފަ ދޫކޮއްލަފާނެ. އެވެސް ހެޑް ލައިންއަކަށް. ވަރައް ވެދުން.
ވިސްނަން
13 February 2025
ބާރެއް ނެތް މީހެއްހެން ހީވަންޏާ ވަރަށް ފުއްޕާފަ އެމީހަކާ ދޭތެރޭ ކަންކުރަނީ. މީހަކަށް ކުށެއް ކުރެވިދާނެ. އޭގެ މާނައެއް ނޫން އޭނާ މުޅި ޢުމުރު ކުއްވެރިއެއް ގޮތުގައޭ އުޅެން ބޭނުންވާނީ. އެކަމަކު ފުލުހުން ކުއްވެރިޔާ އާ ދޭތެރޭ ޢަމަލުކުރާ ގޮތުން އޭނާ މުޅި މުސްތަޤްބަލު އެބަ ބަނަވެގެންދޭ. ފުރަތަމަ ފަހަރަށް ކުށެއްގެ ތުހުމަތުގަ ހައްޔަރު ކުރާމީހާ އާ، އަހަރަކު ދެ ތިން ފަހަރު ހައްޔަރު ކުރާ މީހާއާވެސް އެއް އުސޫލަކުން އަމަލު ކުރުމަކީ އިންސާފެއް ނޫން
ބްރޭކިންގ ނިއުސް
07 December 2024
މާދަމާގެ ނޫހުގެ ހެޑްލައިން "މަރުތޭލަކުން ޖަހާ މީހެއްގެ ބޯފަޅާލައިފި".
މިސް
08 December 2024
ބަލަ އެމަރުތޭލު އެކަންނެއް ނޫނެއްނު މި ރާއްޖޭގައި އޮތީ،