އެ މައްސަލާގައި ހައްޔަރު ކުރި އަރީޝް ހައްޔަރުކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ނެރެނީ -- ފޮޓޯ: މިހާރު
13 ފެބުރުއަރީ 2025 - 21:21
އައިޖީއެމްއެޗު ކައިރީގައި މީހަކު ހުއްޓާ، އޭނާގެ ބޮލުގައި މަރުތޭލަކުން ޖަހައި ޒަހަމްކޮށްލި މައްސަލާގައި މިއަދު ހައްޔަރުކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު 10 ދުވަސް ދީފި އެވެ.
މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ހިންގި މާރާމާރީ އަށް ފަހު، ފުވައްމުލަކު، ބަނަފްސާގޭ ހުސައިން އަރީޝް، 31، މިއަދު ހެނދުނު ހައްޔަރުކުރީ އޭނާ މެލޭޝިއާއަށް އެތެރެވުން ހުއްޓުވުމަށް ފަހު، އެހެން ފްލައިޓެއްގައި ރާއްޖެ ގެނެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
އޭނާ ރާއްޖެއިން ފުރައިގެން ދިޔައީ ހައްޔަރުކުރަން ކޯޓު އަމުރެއް ހޯދާފައި ވަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.
އޭނާގެ މައްޗަށް ކުރެވެނީ ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު އަދި ނުރައްކާތެރި ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގަން ރޭވުމާއި މާރާމާރީ ކުރަން އުޅުނު ކަމުގެ ތުހުމަތެވެ.
ކޯޓުގައި އަރީޝް ބުނެފައިވާ ގޮތުގައި އިރެއްގައި ކުށުގެ ވެށީގައި އުޅުނަސް، ކުށްތަކާ ދުރުގައި އުޅޭތާ ފަސް އަހަރު ވަނީ ވެފަ އެވެ. އޭނާ ބުނި ގޮތުގައި އޭނާ އަކީ މިހާރު އާއިލާއާ އެކު ރީތި ދިރިއުޅުމެއް އުޅެމުންދާ މީހެކެވެ.
މައްސަލާގައި އެއްބާރުލުން ދޭނެ ކަމަށް ފާހަގަކޮށް، އަރީޝް ވަނީ ބަންދަށް ލުޔެއް ދިނުމަށް ވެސް ބަންދު މަޖިލީހުގައި އެދިފަ އެވެ.
ފުލުހުން ކޯޓުގައި ބުނި އަރީޗް އަކީ އެ މާރާމާރީގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މީހާ އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ސިލްސިލާކޮށް މާރާމާރީ ހިންގަމުން އަންނަ ކަމަށާއި މިހާރު އެކަން ކުރަމުން ދަނީ ތޫނު ހަތިޔާރު ހިފައިގެން ކަމަށް ވުމުން ކޮންމެ މީހަކަށް ވެސް ބޮޑު އަނިޔާއެއް ވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި ޑްރަގާއި މާރާމާރީ ފަދަ މައްސަލަތަކުގެ 26 ރެކޯޑެއް އަރީޝްގެ އެބަ އޮތެވެ. އެއީ:
1- މާރާމާރީގެ 15 ރެކޯޑެއް
2- މަސްތުވާތަކެތީގެ ހަ ރެކޯޑެއް
3- މީހުންގެ މުދަލަށް ގެއްލުން ދިނުމުގެ ތިން ރެކޯޑެއް
4- ތޫނު ހަތިޔާރު ގެންގުޅުމުގެ ދެ ރެކޯޑެއް.
ފުލުހުން ތުހުމަތުކުރާ ގޮތުގައި މާފަންނުގެ ގޭންގެެއްގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އަރީޝްއަކީ ނުރައްކާތެރި ކުށްތައް ކުރުމުގެ އިސް މީހެެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޣގގފފފ
23 February 2025
ޢުމުރަށް ޖަލަށްލާން ޖެހޭ މީހެއްތީ!!!
ރަދީފްއޮފިޝަލް
14 February 2025
ހެވިފަ ހުރި ގޮތެއް ދޯ.
ވަޅު ކައްޓަފުޅު
14 February 2025
ބަލަ، މީހަކު މަރާލަން ޖެހި އެތިފަހަރެކޭ އެއީ! ނުވީތާކަށް ފުލުހަށްވެސް އަނިޔާކޮށްފަޔޭ ދިޔައީ. ފިލައިގެން ގޮސް މެލޭޝިޔާއަަށް ވަތްތަނާ ގެނެވުނީ! ދެންވެސް އެންމެ 10؟!
އަފްރާސިޔާބު
14 February 2025
މެލޭޝިޔާއަކީ ކުށްވެރިން ފިލަންދާ ތަނެއްތަ؟ ކީއްވެތަ އޭނާގެ ޕާސްޕޯޓްގައި ކުށުގެ ރެކޯޑް ނުލިޔަންވީ. އެއިރުން މެލޭޝިޔާ އަށް އެތެރެ ނުވެވޭނެ. ސާފު މީހުން ދަތުރުކުރާނީ. ކުށުގެ ރެކޯޑް އޮތްކަމާއި ކުށުގެ ބާވަތް ޕާސްޕޯޓަށް އިތުރު ކުރަންވީނުން. 5 އަހަރު ކުށް ނުކޮށް ހުރީމާ ކުށުގެ ރެކޯޓާނުލައި ޕާސްޕޯޓް ހަދާދޭންވީ.
އެކޮއި
14 February 2025
ލަދުވެތިކަމުގެ ކަންފުޅެއްވެސް ނެތް. މީސްތަކުންގެ ތެރެއަށް ދޫކޮށްލަން ހެޔޮވާ ޒާތުގެ މީހެއްކަމަށް ނުފެނޭ. މާރާމާރީތަކާގުޅިގެން އެކަމާގުޅުމެއްނެތް އެތައްޔަކު ތުހުމަތޭ ކިޔާފައި ޖަލުގެ ގޮޅިތަކުގައި އެތައްދުވަހަކު އެބަ ބައިތިއްބާ. މާނައަކީ އެފަދަމީހުން ކުށްވެރިންނަށް ބަދަލުކުރުގެ ބޮޑުސިންގާ ދޮރެކޭ ޕޮލިހުން ހުޅުވާފައިވަނީ. ކުށެއްނެތްކަންޔަޤީންވާއިރުވެސް ކުޑަގޮޅީގައި. ކުށްވެރިއެއްކަން ޔަޤީންވާއިރުވެސް ދޫކޮށްލާ. މީ އަޖައިބެއްނޫންތަ.
އަފްރާސިޔާބު
14 February 2025
ފުލުހުންނަކީވެސް ކުށްވެރިންގެ ގޮތުގައި މިއަދުވަނީ ބަލަންޖެހިފައި. ސަރުކާރުން ރައްކާތެރިކަމާއެކު ބަލަހައްޓަމުން ދާންޖެހޭ އެތައް ރެކޯޑެއް ފުލުހުންވަނީ ޑިލީޓް ކޮށް ނައްތާ ލާފައިކަމުގައި އެވަނީ. އޮޑިޓަރުންނަށް ލިޔެވޭނެ އެންމެ ފަށުވި އިބާރާތުން ރިޕޯޓްގައި އެއޮތީ ލިޔެފައި. މިކަންވެސް ސިއްރުކުރާތި.
އެހެންގައުމަކައް
14 February 2025
މިމީސްމީހުން މިގޮތައް ފިލައިގެން ދާއިރައް ކޮންމެވެސް އެހެންގައުމެއްގަ ކޮންމެވެސްކަމެއްގަ ތާށިވެ ބަންދުވާނެނަމަ މިގޮތައް ހެވިފަ ނުހުރެވޭނެ.
ގޮޅިކޮށްކޮ
14 February 2025
ގޯޅީގަ ބާއްވާފަ މިރުހު ދުންއަޅާފަ ކިޔެވެލި ކިޔަވާލާ ތި އަވަލާފަ ހުރި ޖިންނިތަށް ގޮސްސާނެ
މަރުތެޔޮ
13 February 2025
ތިޔަ 10 ދުވަސް ތެރޭ ބޮލުގަ ތިއޮށް އިސްތަށިގަނޑު ވެސް ބާލާ ސައިޒް ކޮށްލަ ބަލަ. ފޮޓޯގް މިހާރު ވެސް އެފެންނަނީ ވަރަށް ގަޓް ހުރެ ހިނި އައިސް ތިމާ ވަރު މީހަކު ނެއްކަމަށް ދެކަެ ވައްތަރު…
ފުތާ ބެއްޔާ
13 February 2025
ފޮޓޯ އިން ފެންނަ މީހާ ފުލުހުންގެ ބެލުމުގެ ދަށުގައި ގެންދާއިރު އެ ފެންނަ ފެނުމުގައި ވަރަށް ހެޕީކޮށް ހެމުން ހެމުން އެދަނީ؟ ކަލޯ މާރާމާރީ ހިނގާލެއް މަދު!