ރައީސް މުއިއްޒު އއ. އަތޮޅަށް މިއަދު ފުރާވަޑައިގަތުމުގެ ކުރިން ސީޕްލޭން ޓާމިނަލްގައި ދައުލަތުގެ ބައެއް އިސްވެރިންނާ ސަލާމް ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
08 ޑިސެމްބަރ 2024 - 08:18
ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. އަތޮޅާއި ކ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.
ދެ ދުވަހުގެ މުއްދަތަކަށް ކުރައްވާ މި ދަތުރުފުޅުގައި އެ މަނިކުފާނު މިއަދު ވަޑައިގަންނަވާނީ އއ. އަތޮޅުގެ ބައެއް ރަށްތަކަށެވެ. އެއީ ތޮއްޑު އާއި ރަސްދު އާއި މަތިވެރިއަށެވެ.
އެންމެ ފުރަތަމަ ވަޑައިގަންނަވަނީ ތޮއްޑުއަށެވެ. އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއާ ބައްދަލު ކުރެެއްވުމަށް ފަހު ރައްޔިތުންނާ ވެސް ރައީސް މިއަދު ބައްދަލު ކުރައްވާނެ އެވެ.
އެ އަށް ފަހު، ރަސްދު އަށް ވަޑައިގެން އެ ރަށު ކައުންސިލާ ބައްދަލު ކުރައްވައި، އުކުޅަހު ކައުންސިލާ ވެސް އެ އިދާރާގައި ބައްދަލު ކުރައްވާނެ އެވެ.
ހަވީރު މަތިވެރިއަށް ވަޑައިގެން އެ ރަށު ކައުންސިލްގެ އިތުރުން ހިމަންދު އާއި މާޅޮހާއި ފެރިދޫ އަދި ބޮޑުފޮޅުދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއާ ވެސް ބައްދަލު ކުރައްވާނެ އެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި މާދަމާ ކ. އަތޮޅުން ވަޑައިގަންނަވާނީ ގާފަރާއި ހުރާ އަދި ހިންމަފުއްޓަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަތޭރި
08 December 2024
މުއިއްޒު މަތޭރިއަށް މިދަނީ އެއަރޕޯޓު އަޅާށޯ! މަތޭރީގެ މީހުންނަށް އެއަޕޯޓު އެއީ ތިރަށުގެ ޓޫރިޒަމް ފުނޑާލަންކުރާކަމެއްކަން ނޭގޭނޭ. ދެން އަތޮޅުގެ އެހެން ރަށްތަކުން ގެސްޓުން އެކްސްކާޝަނަށް ދާ ސްޕޮޓަކަށް މަތޭރި ވެގެންދާނީ، ތިޔަ އެއަޕޯޓު އެޅުމަށް ވުރެ މަތޭރީގެ ގިނބޯތަކަށް ފައިދާބޮޑުވާނީ ނޭޅުން. މިވަރުވެސް އެސޮރުމެނަށް ނުވިސްނޭނެ.
ބޮޑުފުޅަދޫ
08 December 2024
ރައީސް ގެ އއ ދަތުރުގައި އއ ބޮޑުފުޅަދޫ ގެ ރައްޔިތުން އއ މަތިވެރިއަށް ބަދަލުކޮއް އެއްފަސް ކުރަން އިއުލާން ކުރާނެ ކަމަށް ދެކެން. ބޮޑުފުޅަދޫއަކީ ކުޑަ ކުޑަ އާބާދިއެއްގެ ތަރައްގީ ކުރުމަށް ހުރަސްތައް ހުރި ބިން، ފަޅު ކުޑަ ރަށެއް.
އެއްފަސް24
08 December 2024
ރައީސްގެ ދަތުރުފުޅުތަކުގައި އަތޮޅުވެރިކަން ކުރާރަށަށް ހިޖްރަ ކުރަން ބާރުއަޅާނަމަ ގިނަ މައްސަލަތަކުގެ ހައްލު ފެންނާނެ. އެކަން ނުކޮށް ރާއްޖެ ކުރި އަރަން ވާވަރަށް ކުރި ނާރާނެ. ރައީސް ވިދާލުވީމަ އެބަސް އަހާމީހުން ގިނަވާނެ. އަދި ހަމަ އެއާއި އެކު އަތޮޅުވެރިކަން ކުރާ ރަށް ތަކުގައި ބޯހިޔާވަހިކަން ލިބޭނެ ގޮތް ހަދައި އެކަމަށް މަގުފަހި ކުރަން ޖެހޭނެ.
ދަހޯކްސްދޯ
08 December 2024
ރާއްޖޭގެ ރައީސުންނަށް އޮންނަނީ ވަރަށް ބޮޑަށް އޮޅިފައި ރާއްޖެތެރެއަކަށް ނޫނޭ ރައީސް މީހާ ދަތުރު ކުރަންވީ އެންމެ ބޮޑެތި މައްސަލަ ތައް ހުރި މާލޭގެ ކަންކަމާއި ގެން ޝާމިލްވެ މާލޭގެ އެކި އަވަށްތަކަށް ގޮސް މާލޭގެ އެކި ތަންތަނަށް ގޮސް މާލޭގައި ހުރި ސަރުކާރުގެ އޮފީސް ތަކަށް ގޮސް އެތަންތަނުގެ މަސައްކަތްތައް ބަލަންވީ ތިޔާ ގޮތަށް އިބޫ ވެސް އުޅުނު އެކަމަކު ނިމިދިޔަ ރިޔާސީ އިންތިޚާބުވީ ގޮތް ބަލާ ހަމައެގޮތްވާނީ ތިޔާ ކުރާ ދަތުރުތަކުން ފެންނަތާއީދު އެއީ ހަމަ
ސީޒަން ޖެކްޝަން
08 December 2024
ނަމަނަމަ މޮޅެތި ވައުދުސެޓެއްނުވެ ރަށަށް އާދެވޭތޯބަލާތި. އޭރުން އެއްފަހަށް ހުރަސްއެޅޭނީ.