އޭސީސީގެ މަސައްކަތްތައް ހަރުދަނާކުރުމަށް ޗަޕާނާ އެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ފޮރިން މިނިސްޓްރީ
08 ޑިސެމްބަރ 2024 - 16:44
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މަސައްކަތްތައް ހަރުދަނާކުރުމާ ގުޅޭ އެއްބަސްވުމެއްގައި ޖަޕާންގެ ސަރުކާރާ އެކު ދިވެހި ސަރުކާރުން މިއަދު ސޮއިކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޖަޕާން ސަރުކާރުގެ އެހީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އޭސީސީގެ މޮބިލިޓީ އަދި އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކުރުމާ ގުޅޭ މަޝްރޫއުގެ "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.
އެ އެއްބަސްވުމުގައި ސޮއިކުރީ ފޮރިން މިނިސްޓްރީގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެއްބަސްވުމުގައި ފޮރިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތަކެއުޗި މިދޮރި އެވެ.
ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫއަށް، މި އެއްބަސްވުމުގެ ދަށުން ހިލޭ އެހީގެ ގޮތުގައި ޖަޕާން ސަރުކާރުން 300 މިލިއަން ޖަޕާނީސް ޔެން (2.2 ޑޮލަރު) ދިނުމަށް ނިންމާފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
Maldives and Japan Sign Exchange of Notes for Enhancing Mobility and Operational Efficiency of the Anti-Corruption Commission
— Ministry of Foreign Affairs 🇲🇻 (@MoFAmv) December 8, 2024
📃 Press Release | https://t.co/U7scSoZBFb pic.twitter.com/dcHxeJTEyk
މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ހަލީލް ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތައް ހަރުދަނާކުރުމަށް މިއީ މުހިންމު މަޝްރޫއެއް ކަމަށެވެ. އަދި މި މަޝްރޫއަކީ ރާއްޖޭގައި ކޮރަޕްޝަނާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، ހާމަކަން ބޮޑު، ދެފުށްފެންނަ، ޒިންމާދާރު ސަރުކާރެއް ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ މުއައްސަސާތައް ހަރުދަނާކުރުމުގައި ޖަޕާނު ސަރުކާރުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައި ހަލީލް ވަނީ އެކަމަށް ވެސް ޝުކުރު އަދާކުރައްވައިފަ އެވެ.
އެ ރަސްމިއްޔާތުގައި އޭސީސީގެ ރައީސް އާދަމް ޝާމިލް ވެސް ބައިވެރިވެވަޑައިގަތެވެ. އަދި، ފޮރިން މިނިސްޓްރީ އާއި އޭސީސީ އާއި ފިނޭންސް މިނިސްޓްރީ އަދި ޖަޕާނުގެ އެމްބަސީގެ އިސްބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާވެރިބެ
09 December 2024
ޢޭސީސީ އަށް ނަޒާހަތްތެރި މުރާލި ކެރޭ އަދި ބޮޑެތި އޮފީސްތަކުތެރޭ ކޮރަޕްޝަން ހިންގާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަށް ބަލާ ތަހުގީގު ކުރާނެ ފައްކާ ބޭފުޅުން ކޮޅެއް ޖަޕާނުން ރާއްޖެ އަށް ފޮނުއްވައިފިއްޔާ އޭސީސީ ރަގަޅު ވެދާނެ. 5 އަހަރުގެ ދައުރަކަށް އޭސީސީ ޖަޕާނާ ހަވާލުކޮށްފަ އެބޭފުޅުންގެ ބެލުމުގެ ދަށުން އިތުރު ދިވެހިން ތަމްރީނު ކުރަންވީ. ސިފައިންގެ ފެންވަރު ރަގަޅު ކުރީ މިގޮތަށް އެމެރިކާ އާ އިންޑިއާ ސިފައިން ތަމްރީނު ކޮށްދީގެން،
އަލީބޯ
09 December 2024
ކާލާފަ އޮތްހާނިދާބޭސްތައް ޖަޕާނުސަރުކާރުގެ އެހީގަ ނެރެވޭނެ ގޮތެއްވޭތޯވެސް ބައްލަވާތި ފަސްއަހަރުން ފަސްއަހަރުން ހޭލާތަނެއްގެވާހަކަ ތިދައްކަނީ
ކސކޮއ
09 December 2024
މީހުންގެ އިހުލާސްތެރިކަމެއް ނެތިއްޔާމު ވާނެ ކަމެއް ނޯންނާނެ
ފަސީދާޔާސި
09 December 2024
ޖަޕާނު މީ ކޮރަޕްޝަން އެންމެ މަދު ގައުމު، ނަމަވެސް ރާއްޖޭގެ އޭސީސީއާ ކުޅެން ހަދައިގެން، ކޮރަޕްޝަންގަ ރާއްޖެ ފެންވަރަށް ވެއްޓިދާނެ.
ޖީމު
09 December 2024
އެންޓި-ކޮރަޕްޝަން ކޮމީޝަނުގައި ތިބި މީހުންގެ ވިސްނުން ކޮށިކަމާއެވެ. 4 ސްޕީޑް ލޯންޗާއި 30 ކާރު ގެނެސްގެން އެ މެއިމްޓަނެންސް ބަލަހައްޓާނެ ގޮތެއް ބުނެބަލާށެވެ. އަސްލު ބަޔަކު އެހީތެރިކަމެއް ދިނަސް ތަނަށް އެންމެ ބޮޑަށް ބޭނުންވާ ކަންކަމަށް ވިސްނަން ވާނެދޯ؟
ވޮނަދާނަ
08 December 2024
ތިކަމުން އޭސީސީ ހަރުދަނާވުން އިތުރުވާނެކަމަށް ނުދެކެން. މައްސަލަތައް ނުނިމިގެން އުޅެނީކީ މޮބިލިޓީ ނެތިގެންނެއް ހިޔެއްނުވޭ. މެންބަރުންގެ ސުންޕާކަމާ ސިޔާސީ ނުފޫޒުން އެކަން ނުވަނީ
ރަމަ
08 December 2024
ނުވާނެތިކަމެއް! މިނިވަން މުވައްސަސާއެއް މިވެރިކަމުގައިނެތް އެންޓިކޮރެޕްޝަން ކޮމިޝަނަކީ ޕީއެންސީގެ ޖަގަހައަކަށް ހަދައިފި!
ޓުއްތޯން
08 December 2024
މަސައްކަތްތައް ހަރުދަނާކުރަން ރައްޔިތުންގެ ނަމަުގައި ނަގާ ފައިސާ ތަކުން ހިންގަނީ ކޮރަޕްޝަން.
ނުޖަހާ
08 December 2024
ކަލޯ ހިލޭ އެހީ
ނުކުރާނަމޭ
08 December 2024
ޖަޕާނުން އެހީވަނީ އެއީ ރާއްޖޭގެ ރައްޔިތުންގެ ކަންބޮޑުވާ ކަންކަމަކަށް ނޫނޭ މިރާއްޖޭގައި އެންމެ ބޮޑަށް ދިވާވެފައިވާ މައްސަލަ އަކީ މާލެ ސަރަހައްދުގެ ގެދޮރުގެ ދަތިކަމޭ މިކަންކަމަށް ހައްލު ގެންނަން ސަރުކާރުން މަސައްކަތް ކުރާތާ 25 އަހަރުވީއޭ ޖަޕާނުން މިކަމަށް ދެނީ ބީރުކަންފަތެކޭ ދީފައި ޖަޕާނުން ނަމެއްގައި ދެން ނޫހުގެ ސުރުޚީ ތަކުން ޖާހަ ހޯދަން ވެގެން އަކުން ބަކުން ކުޅެނީއޭ ތިޔާއީ އެހީ ކަމަށް މަމެން ގަބޫލެއް ނުކުރަމޭ ނުވެސް ކުރާނަމޭ ނުކުރާނަމޭ
ހުސާމްއެ.ްޑީ
08 December 2024
ވަރަށް ބޮޑަށް ރަނގަޅުކޮށްފި