ފުލުހުންގެ އިދާރާ: ފުލުހުން ދަނީ ސައިބާ ސެކިއުރިޓީއާ ގުޅޭ އެކްސްޕޯއެއް ބޭއްވުމަށް ތައްޔާރުވަމުން.- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
09 ޑިސެމްބަރ 2024 - 16:02
ސައިބާ ސެކިއުރިޓީއާ ގުޅޭ މައުލޫމާތު ދިނުމުގެ އެކްސްޕޯއެއް ބާއްވަން ފުލުހުން ތައްޔާރުވެއްޖެ އެވެ.
އަންނަ ބުދަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް އެ އެކްސްޕޯ ބާއްވާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ.
ހޯމް މިނިސްޓްރީން ބުނީ "ސައިބާ އެކްސްޕޯ 2024" ގެ ބޭނުމަކީ އެންމެން ގުޅިގެން ރައްކާތެރި ޑިޖިޓަލް ޕްލެޓްފޯމެއް ގާއިމްކުރުން ކަމަށެވެ. އާންމުން ސައިބާ ސެކިއުރިޓީ އަށް އަހުލުވެރިކުރުމަކީ ވެސް މި އެކްސްޕޯގެ މަގްސަދެއް ކަމަށް ބުންޏެވެ.
އެއީ ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާއި ފަންނީ ފަރާތްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ އެކްސްޕޯއެކެވެ.
ހޯމް މިނިސްޓްރީން ބުނިގޮތުގައި، ސައިބާ ސެކިއުރިޓީ އަށް ބޭނުންކުރެވޭ ގެޖެޓްތަކާއި ސާވިސްތައް އެއްތަނަކުން އެކްސްޕޯގައި ބަލާލެވޭނެ އެވެ. އާންމުކޮށް ކުރިމަތިވާ ސައިބާ އެޓޭކްތަކާއި އެފަދަ އެޓޭކްތައް ހުއްޓުވަން ކުރެވިދާނެ ކަންކަން އެ ދާއިރާގެ ފަންނީ ބޭފުޅުންގެ އެހީގައި މި އެކްސްޕޯ އިން ލިބޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy