ފުއާދު ތައުފީގު: ތައިލެންޑުގެ ސަފީރަކަށް ފުއާދު އައްޔަން ކުރަން މަޖިލީހުން ވަނީ ފާސްކޮށްފައި - ފޮޓޯ: މިހާރު
09 ޑިސެމްބަރ 2024 - 13:50
ތައިލެންޑުގައި ހުންނަވާ ދިވެހި ސަފީރަކަށް، އިލެކްޝަން ކޮމިޝަން (އީސީ) ގެ ކުރީގެ ރައީސް ފުއާދު ތައުފީގް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މިދިޔަ މަހުގެ 23 ގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމުގެ ދައުރު ހަމަވި ފުއާދު، ސަފީރު ކަމަށް އައްޔަން ކުރަން މަޖިލީހަށް ފޮނުވާފައިވަނީ އެ މަހުގެ 25 ވަނަ ދުވަހު އެވެ.
ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ވަނީ މައްސަލަ ދިރާސާކޮށް ފުއާދަށް ރުހުން ދޭން ނިންމައިފަ އެވެ. މިއަދު މަޖިލީހުގައި ތަޅުމުގައި އެކަމަށް ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ އަޣުލަބިއްޔަތުން ފުއާދަށް ރުހުން ދޭން ފާސްކުރި އެވެ.
ފުއާދު އިލެކްޝަންސް ކޮމިޝަނުން ވަކިވެވަޑައިގަތީ ކޮމިޝަންގައި ދެ ދައުރު ފުރިހަމަވުމުންނެވެ. ގާނޫނުގައި ވާ ގޮތުން މެންބަރަކަށް އަދާ ކުރެވޭނީ އެންމެ ގިނަ ވެގެން ދެ ދައުރެވެ. ފުއާދު، ދެ ވަނަ ދައުރަކަށް އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ ނޮވެމްބަރު 2019 ގަ އެވެ.
އިންތިހާބުތަކާ ގުޅޭ ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ފުއާދު ވަނީ 1978 ވަނަ އަހަރުން ފެށިގެން އެކި އިންތިހާބުތަކުގައި މަސައްކަތް ކުރައްވައިފަ އެވެ.
އާ ގާނޫނުއަސާސީއާ އެކު، އީސީ އުފެދި އޭނާ އެންމެ ފުރަތަމަ އަދާކުރެއްވީ އިންތިގާލީ ކޮމިޝަންގެ މެންބަރު ކަމެވެ. އޭގެ ފަހުން އެ ކޮމިޝަންގެ ރައީސްކަން ކުރެއްވި އެވެ. ކޮމިޝަަނަކަށް ބަދަލުވުމަށް ފަހު، ނޮވެމްބަރު 2009 އިން މާޗު 2014 އާ ހަމައަށް ފުއާދު އެ ކޮމިޝަންގެ ރައީސްކަން ކުރެއްވި އެވެ.
އޭގެ ފަހުން ދެ ވަނަ ދައުރަކަށް އަލުން އީސީގެ މެންބަރު ކަމަށް ވަޑައިގެން ކޮމިޝަންގެ ރައީސްކަމާ ހަވާލުވެވަޑައިގަތީ ސެޕްޓެމްބަރު 2021 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަކީމުކަލޯ
10 December 2024
މިދެން އަޅެ ބޮޑުވަރެއްނު. ކޮންމެ ޕާޓީއެއް ވެރިކަމުގަ އޮތަސް މީނާ ބޭނުންތާކުން ވަޒިފާ ހަމަޖެހޭ. އާދައިގެ މީހަކުވިއްޔާ ވެރިކަން ބަދަލުވާއިރަށް ވަޒީފާ ގެއްލޭ
ފުއާދުބެ
10 December 2024
ކަލޯ ރިޓަޔާމަންޓު ނަގަންވީނު ދެން ގޭގަ މަޑުކޮއލާ
މަމީހާ
09 December 2024
އަހުރެމެން މިއުޅެނީ ވަޒީފާ ނުލިބިގެން މި މީހުން އެއްވަޒީފާއިން އަނެއްވަޒީފާ އަށް ޕުރޮމޯޓް ނުވިތާކަށް ސަރުކާރުތަކަށް ބަލަދު އަރާފަ
ނަޒާހަތްތެރި
09 December 2024
މިނިވަންކަން ނަމޫނާ ޝަރީފު ސްޓެލްކޯ، ފުއާދު އެމްބަސިޑަރ. ދޭމީހާ ދޭނެ ލިބެމީހާވެސް ހިފާނެ. ދެން ކަރަޕްޝަނޭ ނުގޮވާތި.