އެމްޑީޕީން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު
10 ޑިސެމްބަރ 2024 - 22:13
ރާއްޖޭގެ ހާލަތު މިހާރު ސޮއްސާލައިގެން ގޮސް، ކުރިމަތިން ފެންނަނީ ނާމާންކަމާއި ބިރުވެރިކަމާއި ދަތި ދުވަސްތަކެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު އެމްޑީޕީން ކާނިވާ ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާގައި އިބޫ ވާހަކަ ފެއްޓެވީ، އެ ޖަލްސާ ބޭއްވުމުގެ ކުރިން މާލެތެރެއިން ފެނިވަޑައިގެން ބައެއް ކަންކަން ހިއްސާ ކުރައްވަމުންނެވެ.
މާލެ އާއި ހުޅުމާލޭގައި ކުއްލިއަކަށް ސްޓޭޖުތައް ބަހައްޓައި، މިޔުޒިކް ޝޯތައް ބާއްވަމުންދާ ކަމަށާއި ސަރުކާރުގެ ބައެއް ކުންފުނިތަކުން ހުރިހާ މުވައްޒަފުން ގޮވައިގެން މަސް ބާނަން ފުރާފައިވާއިރު، ފާއިތުވި ދެ ތިން ދުވަހުގެ ތެރޭގައި މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދާނެކަމުގެ ވައުދު އަލުން ވާން ފަށާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"މި ޖަލްސާގެ މަގުސަދު ޖަލްސާ ފެށުނުއިރު މި އޮތީ ހާސިލުވާން ފަށާފައި،" އިބޫ ވިދާޅުވި އެވެ.
އެމްޑީޕީން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުންނާއި ގިނަ އަދަދެއްގެ އާންމުން ބައިވެރިވި. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މި ސަރުކާރަށް އެއް އަހަރު ވީ އިރު، ދަތި އުނދަގުލަކާ ކުރިމަތިލާން ނުޖެހި، ވައުދުތައް ފުއްދަމުން ނުދާކަމުގެ ކަންބޮޑުވުން ނެތް އެއްވެސް ދިވެއްސަކު ނެތެވެ.
"އަޅުގަނޑުމެންނަށް ކުރިމަތިން ވިލާގަނޑުން ފެންނަނީ ބަނަ ދުވަސްތަކެއް. ބިރުވެރި ދުވަސްތަކެއް. ނާމާން، ދުވަސްތަކެއް. ދަތި ދުވަސްތަކެއް. މިހާރު މަސައްކަތް ނުކޮށްފި ނަމަ އަނިޔާވެރި ދުވަސްތަކާ ކުރިމަތިލާންޖެހިދާނެ،" އިބޫ ވިދާޅުވި އެވެ.
މިހާރު ރާއްޖޭގައި އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީ ވުޖޫދުކުރީ، އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެތައް ބައެއްގެ ގުރުބާނީތަކާއި ދަތިތަކުގެ ތެރޭގަ އެވެ.
އެމްޑީޕީން އޭރު އިސްވެ ކުރި މަސައްކަތުން، ގާނޫނުއަސާސީ އެކުލަވައިލީ، ރައްޔިތުންގެ ވެރިކަމެއް ގާއިމުކޮށް، މިނިވަންކަމާއި ހައްގުތައް ކަށަވަރުވެފައި އޮތުމުގެ މައްޗަށް ކަމަށް އިބޫ ވިދާޅުވި އެވެ.
ނަމަވެސް، މިއަދު އަނެއްކާވެސް މި ފެންނަނީ، އެ މަނިކުފާނު ސިފަކުރެއްވި ގޮތުގައި ހުދުމުހުތާރު ވެރިކަމަކަށް ފުރޮޅި، ރައްޔިތުންނަށް ގާނޫނުއަސާސީން ލިއްބައިދީފައިވާ ހައްގުތައް ނިގުޅައިގަންނަން މަސައްކަތް ކުރަމުންދާ މަންޒަރެވެ.
އެމްޑީޕީން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އިބޫ ވިދާޅުވީ، ރައްޔިތުންގެ އަތްމަތި ދަތިކޮށް، ވިޔަފާރިތައް ފުނޑާލައި، މިނިވަން މުއައްސަސާތައް މުށުތެރެއަށް ލާފައިވާ ކަމަށެވެ.
"ފަހަށް ނުޖެހި ނުކުންނަންވީ. އޭރަށް އަޑު އަހަން މަޖުބޫރުވާނެ. ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރަން މަޖުބޫރުވާނެ. ބާރު އޮތީ ރައްޔިތުންގެ އަތުގައި،" އެ މަނިކުފާނު ގޮވާލެއްވި އެވެ.
"އެމްޑީޕީ އަބަދުވެސް އޮންނާނީ ރައްޔިތުންނާ އެކީގައި. ހަމައެކަނި ރައްޔިތުންގެ ފަޅި އަކު ނޫން. ރައްޔިތުންނާ އެކީގައި އޮންނާނީ."
އިބޫ ތަކުރާރުކޮށް ވިދާޅުވީ، އެއްވެސް ހައްގަކީ ހެޔޮ ހިތުން، "ތަބަކަކަށް" ލާފައި ދޭނެ އެއްޗެއް ނޫން ކަމަށާއި، ރައްޔިތުން އެދޭ ގޮތަށް ބާރުތައް ޖެހޭނީ ހޯދަން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިނބޫ
12 December 2024
އެހާ ފުން ވަޅުގަނޑަކަށް ގައުމު ވައްޓާލާފަ ކަލޯ ދިޔައީ އުތަ؟ ހާދަ ރުޅިއެކޭ ދިވެހިން ދެކެ ތި އަންނަނީ.
ނަދުރީ
11 December 2024
ކޮންމެ މީހަކު ވެރިކަމުގައި ހުއްޓަސް ކުރިޔަށް އޮތީ ހަމަ ދަތި އުނދަގޫ ދުވަސްތަކެއް. އެކަން މަނިކުފާނަށްވެސް އެނގި ހުރެ މަނިކުފާނުވެސް ދޮގު ވައުދުތައްވީ. މީގެ އިތުރުން، ހަނދާން ނުނެތޭނެ މާލޭގަ އުމުރުން ވީ ހާ ދުވަހަކު ގަނަތެޅެމުން މިދާ ދިޔުން. ހަނދާން ނުނެތޭނެ ފުރުސަތު ލިބުނު ދުވަހު، ބިންކޮޅެއް ލިބުމުގެ އުންމީދު ލިބުނު ދުވަހު، މާލޭ މީހުންނަކީ އެޔޭ ބުނެ ވަކި ބަޔަކަށް ބިންކޮޅުވެސް ބަހާލި ދުވަސް...
ހުސައިން
11 December 2024
ހޮޅި ވާހަކަ. މިދިޔަ 5 އަހަރު ފެނުނީ މާ ބަނަކޮށް
ކަލީމާ
11 December 2024
ވެރިންގެ ވެރިކަން ތިންބާރޯ ރައްޔިތުންނަށް ވީގުދު ބިންދާށޯ ' ވިދާޅުވެ ގުދޯ ގުދޯ ވިދާޅޭއްޖެ
ނަގައިގަތް ކަތީބު
11 December 2024
މީ މަބުނީ ރޭ ކާނިވާ ސަރަހައްދުގަ ބަޔަކު ޖަލްސާއެއް ބޭއްވިއޭ މީހަކު ބުނި އަޑު މަ އެހިން. އޭނާބުނީ އެތަނަށް ދިޔަ މީހުން ގިނަވީމަ ތިމަން ބިރުވެސްގަތޯ؟ އެއީ ތެދެއްތަ
ޖޯކް
11 December 2024
ގައުމަށް ދިމާވި އެންމެ ބޮޑު އެއްކަންތަކުގަވެސް، ކޮވިޑް،، ތެރޭގަވެސް ދައުލަތުްން ވައްކަންކުރީ. ކުރިބަޔަކަށް ފިޔަވަޅެއްވެސް ނާޅާ، ދައުލަތުން އެތައްމިލިޔަނެއް ކާއިރު، އިނގޭއިރު ފިޔަވަޅެއްނާޅާ. ސޯލިހުމެން ލަދުގަންނަން ޖެހޭނެ މިއަދު. މިގައުމަށް މިވަރުވެފަ މިޔޮތީ ސީދާ އެމްޑީޕީގެ 5 އަހަރާ ހެދި.
ކުރުސ
11 December 2024
ކުރިއަށް އޮތީ ފާގަތި ދުވަސްތަކެއް އިންޝާ ﷲ،މަނިކްފާނު އަށް ދެން މި ޤައުމުގެ ތަޙްތާ 1 ފޫޓަށްވެސް ކައިރި ނުވެވޭނެ،ހުރިހާ ރަށްރަށުގައި ޕްރޮޖެކްޓް ހިންގާފައި ވަނީ ބައިކުޅަ ބައި އަޅާ ގޮތަށްކަން ތަޙްގީގު ޓީމުން އޮތީ ހޯދާފަ،އެކަމާ ބިރުން މޮޅެތި ސްޓޯރީ ފަޅަނީ ފޮރުވަން ވެގެން،
ގތވގތޔ6
11 December 2024
އިބޫ ކަމުނުދަނީޔޯ އިނގޭ، އެކަމަކު އިބޫގެ ފަރާތުން މަންފާ ލިބުނު މީހުން ކީކޭބާ ބުނާނީ.. ހޮރަށް ވަދެ ފިލާ ތިއްބަސް ކަމަކު ނުދާނެ
މުހައިމިން އަހުމަދު
11 December 2024
މަނިކްފާނުވެސް ދެން ތިޔަ ޕާޓީ ދޫކޮށް ޢަޅުގަނޑުމެންނާއެކު ޑިމޮކްރެޓަށް ވަދައިގަންނަވާ! ތިޔައީވެސް ޑިމޮކްޓެރިކް ފިކުރުގެ ބޭފުޅެއް ނޫނތޯ! މުސްތަގުބަލް އޮތީ ޑިމޮކްރެޓުގައި!
އައިޝާރ
11 December 2024
ހާދަ ހަސަދަ ބޮޑޭ ރައްޔިތުން ނިކަމެތި ކޮށްފަ ވެސް