ޚަބަރު / އެމްޑީޕީ

ނަޝީދާއި އިބޫ ތިއްބެވީ މާޒީ ހަނދާން ނައްތާލައި އެކުގައި މަސައްކަތް ކުރައްވަން ތައްޔާރަށް!

ނަޝީދު ވިދާޅުވީ އިބޫއަކީ އެއްއިރަކު ވެސް އެމަނިކުފާނާއި ދުރު ބޭފުޅެއް ނޫން ކަމަށް. އެ ދެބޭފުޅުންގެ މެދުގައި ހިޔާލު ތަފާތުވުންތައް އަބަދުވެސް ހިނގާ ކަމަށާއި އެކަމަކު އެއީ އަބަދަކު ދުރުގައި ތިއްބަވަން ޖެހޭ ސަބަބެއް ނޫން ކަމަށް.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ބައްދަލުކުރެއްވުން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެމްޑީޕީގެ ހިންގުން ހަރުދަނާ ކުރެއްވުމުގެ ބޭނުމުގައި، މާޒީގައި އެ ދެބޭފުޅުންގެ މެދުގައި ހިނގާފައިވާ ހިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް، އެކުގައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ދެއްވައިފި އެވެ.

ނަޝީދާއި އިބޫ އެކުގައި މި ފެނުނީ، އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ކުރިން ދެ ބޭފުޅުންގެ މެދުގައި އުފެދުނު ސިޔާސީ އަރައިރުންތަކަށް ފަހު ފުރަތަމަ ފަހަރަށެވެ. ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ނަޝީދާއި އިބޫ ވާދަކުރެއްވުމަށް ފަހު، ބޮޑެތި ތުހުމަތުތަކަކާ އެކު ނަޝީދު ޕާޓީއާ ފެއަށް ޖެހިވަޑައިގެން ސަޕޯޓަރުންނާ އެކު ޑިމޮކްރެޓްސް އުފައްދަވައި ސިޔާސީ ހަރަކާތް ކުރިއަށް ގެންދެވީ ވަކިންނެވެ. ޕާޓީގައި އުފެދުނު ބައިބައިވުންތަކަށް ފަހު އެމްޑީޕީއަށް ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވެސް ވަނީ ގެއްލިފަ އެވެ.

ދެ ބޭފުޅުންގެ މެދުގައި އުފެދުނު މައްސަލަތަކަށް ފަހު، ފުރަތަމަ ފަހަރަށް އެމްޑީޕީގެ އޮފީހުގައި މިއަދު މެންދުރު ބައްދަލުކުރެއްވުމަށް ފަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދާއި އިބޫ ވިދާޅުވީ އެމްޑީޕީގެ ހަރަކާތްތައް ހަރުދަނާކޮށް، ލީޑާޝިޕާ އެކުގައި ޕާޓީ ވަރުގަދަކޮށް، އެ ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތްތައް ވެސް ދެބޭފުޅުން އެކުގައި ކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގައި އޮތް ވަރަށް ބޮޑު ގައުމީ ޝަހުސެއް ކަމަށާއި ރާއްޖޭގެ ރައްޔިތުންނަށް ވެރިކަމުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނީ އެ ޕާޓީން ކަމަށެވެ.

"އެމްޑީޕީއާ އެކުގައި ފެށި އެހެން ޕާޓީތައް ރޫޅިއްޖެ. އެކަމަކު އެމްޑީޕީ ހިފަހައްޓައިފި. މި ހިފެހެއްޓުން ހިފަހައްޓަނީ، އެންމެ މުހިންމު ސަބަބަކީ މި ޕާޓީގެ އެތެރޭގެ އިންތިޒާމުތައް އޮންނަ ގޮތް،" 2023 ވަނަ އަހަރު އެމްޑީޕީން ވަކިވެވަޑައިގެން އެ ޕާޓީ "ރޫޅާލާނަން" ކަމަށް ވިދާޅުވި ނަޝީދު މިއަދު ވިދާޅުވި އެވެ.

"[އެމްޑީޕީގައި] ގައުމީ މަޖިލިސް އެބައޮވޭ، މަގާމުތަކުގައި ބޭފުޅުން އެބަ ތިއްބަވާ، ގައުމީ ހިންގާ ކޮމެޓީ އެބަ ހިންގަވާ. އެހެންވީމަ، މުއައްސަސާއެއްގެ ގޮތުގައި މި ޕާޓީ އަބަދުވެސް ހިނގަމުން ދަނީ. އަޅުގަނޑުމެން ދެމީހުންނަކީ މިކަމުގައި ވަރަށް ބޮޑު ހިއްސާދާރުން. އަޅުނޑުމެން ދެކޭ ގޮތުގައި، މިކަމުގައި އަޅުގަނޑުމެން އުޅުން އެއީ އަންނަ އޮތް ޖީލުތަކަށް ކުރުން މަޖުބޫރުވެފައި އޮތް ކަމެއް."

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ބައްދަލުކުރެއްވުން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ނަޝީދު ވިދާޅުވީ އިބޫއަކީ އެއްއިރަކު ވެސް އެމަނިކުފާނާއި ދުރު ބޭފުޅެއް ނޫން ކަމަށެވެ. އެ ދެބޭފުޅުންގެ މެދުގައި ހިޔާލު ތަފާތުވުންތައް އަބަދުވެސް ހިނގާ ކަމަށާއި އެކަމަކު އެއީ އަބަދަކު ދުރުގައި ތިއްބަވަން ޖެހޭ ސަބަބެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެ ދެބޭފުޅުން އަބަދު ދުރުގައި ތިބުމަކީ އުނދަގޫ ކަމަކަށް ވާނެ އެވެ.

އަޅުގަނޑުމެންގެ މި ގުޅުމަކީ އިއްޔެއަކު، އޭގެ ކުރީ ދުވަހަކު އޮތް ގުޅުމެއް ނޫން. އަބަދުވެސް ހުރޭ ހިޔާލު ތަފާތުވުން، އަދި ސިޔާސީ ކަންތައްތަކުގައި. އެކަމަކު، އޭގެ ތެރެއިން އަޅުގަނޑުމެންނަށް އެކީގައި ކުރިއަށް ދެވޭނެ ގޮތް ހޯދަން އަބަދުވެސް. ހޯދައިގެން މިހާ ހިސާބަށް މި އާދެވުނީ: އިބޫ

އިބޫ ވިދާޅުވީ އެމަނިކުފާނާއި ނަޝީދުގެ ގުޅުމަކީ "ރޫޅޭ ވަރަށް" ވުރެ މާ ދުވަސްވީ ގުޅުމެއް ކަމަށެވެ.

"އަޅުގަނޑުމެންގެ މި ގުޅުމަކީ އިއްޔެއަކު، އޭގެ ކުރީ ދުވަހަކު އޮތް ގުޅުމެއް ނޫން. އަބަދުވެސް ހުރޭ ހިޔާލު ތަފާތުވުން، އަދި ސިޔާސީ ކަންތައްތަކުގައި. އެކަމަކު، އޭގެ ތެރެއިން އަޅުގަނޑުމެންނަށް އެކީގައި ކުރިއަށް ދެވޭނެ ގޮތް ހޯދަން އަބަދުވެސް. ހޯދައިގެން މިހާ ހިސާބަށް މި އާދެވުނީ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ އެމްޑީޕީއަކީ 20 އަހަރުގެ ދިގު ތާރީހެއް އޮތް ޕާޓީއެއް ކަމަށާއި އެ ޕާޓީގެ އެގޮތުގައި ދެމިއޮތީ ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތައް ދަމަހައްޓާތީ ކަމަށެވެ. އަދި އެ ޕާޓީއަކީ އެހެން މީހުންނަށް ފުރުސަތު ފަހިކޮށްދޭ ޕާޓީއެއް ކަމަށާއި އެމްޑީޕީ ނޫން ރާއްޖޭގެ އެހެން ޕާޓީތައް ވަކި ހިސާބަކުން އުވިގެން ދަނީ އެ ފުރުސަތު ނުލިބޭތީ ކަމަށް އިބޫ ވިދާޅުވީ އެވެ.

އެމްޑީޕީން އިސްތިއުފާ ދެއްވައި ޖޫން 21، 2023 ގައި އެ ޕާޓީއަށް ނަޝީދު އޭރު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ "ރާއްޖޭގައި މިވަގުތު ކަންކަން ހިނގަމުން ގޮތުން ބަލައި އަޅުގަނޑު ތިޔަ ޕާޓީގައި ހުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންނަ ކަމުން، އަޅުގަނޑު ތިޔަ ޕާޓީން ވަކިވި ވާހަކަ ދެންނެވީމެވެ،" ކަމަށެވެ.

އޭގެ ފަހުން ނަޝީދު އިސްވެ ހުންނަވައި ޑިމޮކްރެޓްސް އުފެއްދީ ޖުލައި 12، 2023 ގަ އެވެ. ނަމަވެސް، އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި އިސްބޭފުޅުންތަކެއް މި އަހަރުގެ ކުރީކޮޅު ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. ދެ އަހަރެއްހާ ދުވަހު ޕާޓީއާ ދުރުގައި ހުންނެވުމަށް ފަހު މިދިޔަ ޖޫން މަހު ނަޝީދު ވެސް އަލުން އެމްޑީޕީއާ ގުޅިވަޑައިގަތެވެ.

ރިޔާސީ އިންތިހާބުގެ ވާހަކަ މިވަގުތަށް ނުދައްކާނެ

ނަޝީދާއި އިބޫ ވެސް ވަނީ 2028 ގެ ރިޔާސީ އިންތިހާބަށް ނުކުންނެވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ. އެކަމަކު، ނަޝީދުގެ ވިސްނުންފުޅަކީ އެ މަނިކުފާނާއި އިބޫ ވެސް 2028 ގެ ރިޔާސީ އިންތިހާބަށް ނުނިކުމެވަޑައިގެން އެހެން ބޭފުޅަކު އެމްޑީޕީން ދެއްކުމެވެ.

އެކަމަކާ ގުޅޭ ގޮތުން ބައެއް ނޫސްވެރިން ވަނީ އެ ދެ ބޭފުޅުންނާ މިއަދު ސުވާލުކޮށްފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ބައްދަލުކުރެއްވުން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އިބޫ އާއި ނަޝީދު ވެސް ވިދާޅުވީ އެމްޑީޕީގެ އިތުރުން ގައުމުގެ މުސްތަގުބަލާ ގުޅޭ ގޮތުން މިއަދުގެ ބައްދަލުވުމުގައި ދެބޭފުޅުން ވެސް މަޝްވަރާކުރެއްވި ކަމަށެވެ. އެ މަޝްވަރާތަކަށް ފަހު ނިންމެވީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެނޑިޑޭޓަކާ ގުޅޭ ވާހަކަތައް މިވަގުތަށް ނުދެއްކެވުމަށް ކަމަށް ދެ ބޭފުޅުން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދައްކާނަން ހުރިހާ ވާހަކައެއް. މިއަދުގެ ބައްދަލުވުމުގައި ވެސް ވާހަކަ ދެއްކިން ޕާޓީގެ މުސްތަގުބަލާއި ގައުމުގެ މުސްތަގުބަލާ ބެހޭ ގޮތުން. އެކަމަކު، އަޅުގަނޑުމެން ނިންމީ ރިޔާސީ އިންތިހާބުގެ ކެނޑިޑެސީ ވާހަކަ އަދި ދައްކަން މާ އަވަހޭ. އެހެންވީމަ، އެ ވާހަކަ އިހަށް ބާއްވައިފައި، އަޅުގަނޑުމެން ކުރިއަށް ދާނިއްޔޭ،" އިބޫ ވިދާޅުވި އެވެ.

"އެކަމަކު، އެ ވަގުތު ޖެހުނީމަ އަޅުގަނޑުމެން އެއަށް އެޓެންޑުވާނަން. ޕާޓީއަށް އެންމެ ރަނގަޅު ގޮތް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހޯދައިދޭނަން. ކައިރިނުވާ ހިސާބަކަށް އަޅުގަނޑުމެން ނުދަން އެއް އިރަކު ވެސް."

ނަޝީދު ސިފަކުރެއްވި ގޮތުގައި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެނޑިޑޭޓަކާ ގުޅޭ ވާހަކަތައް މިވަގުތު އޮތީ "އިންކިއުބޭޓަރު"ގަ އެވެ.

"މިހާރު އެ މަޝްވަރާތައް އޮތީ އިންކުބޭޓަރުގައޭ، އަޅުގަނޑުމެން އެ ވާހަކަ ނަގަންވީމަ، އެ ވާހަކަ ނަގައިގެން ކުރިއަށް ދާނީ އިނގޭތޯ. އަޅުގަނޑަށް ބޮޑަށް ރަނގަޅީ އެކަމުގައި، އެއީ އެކަން އޮތްގޮތް ކަމަށް މިވަގުތު ބަލައިގަތުން،" ނަޝީދު ވިދާޅުވި އެވެ.

29 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 0%
icon angry icon angry 55%
icon wow icon wow 5%
icon inlove icon inlove 30%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެލެކޮސް

25 December 2025

ވެރިކަމާހެދީ މޮޔަވަނީ. ފެއިލްވެފައިތިބ ..

The name is already taken The name is available. Register?

ވާނެބާ ؟؟؟

24 December 2025

އުއްމީދަކީ ތިގޮތަށް ހުރިހާ ބޭފުޅުންވެސް، ކެމްޕޭން ކުރެއްވިޔަސް ގައުމު ތަރައްގީކުރާ ހިސާބުން އެކަށްޗަކަށް ވާން.

The name is already taken The name is available. Register?

ވަންޗޫ

24 December 2025

ކޮންމެ ކިއުބޭޓަރެެއްގަ އޮތަސް މާތް މަނިކުފާނު ނޫން ދެވަނަ މީހަކު އެކަމަށް ވާދަކުރައްވާކަށް މަނިކުފާނު ނޭދޭނެކަން ޔަގީން! މިހާރު މަނިކުފާނު ތިކުރައްވާ މަސައްކަތަކީ އެކަމަށް މަގުފަހިކުރުމަށް މަސައްކަތެއް! އެއީ އެންމެންނަށް އިނގޭ ހަގީގަތެއް!

The name is already taken The name is available. Register?

ފޫވަށް

24 December 2025

ޕްރެސް ކޮންފަރެންސްގައި ނަޝީދު ވިދާޅުވި ދައުލަތުގެ ދެ ބާރުގެ ގޮތުގައި ކަމަށް ދެބޭފުޅުން ތިބީ. މަޖިލީހުގެ ރައީސްކަމަކީ ދައުލަތުގެ ބާރެއް އަތުގައި އޮތުންކަމަށް ނަޝީދު ދެކުމަކީ މައްސަލައެއްކަމަށް ގަބޫލުކުރެވެނީ. އަދި ވިދާޅުވި ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ކަންތައްތަކަށް ހުރަސް އެޅެން އޮތް މިންވަރަކަށް ރައްޔިތުންގެ މަޖިލީހުން ހުރަސް އެޅުން އެއީ ޤާނޫނު އަސާސީ ސިފަކޮށްފަ އޮތްގޮތް ކަމަށް. އެއީވެސް ނުރަނގަޅު ވިސްނުމެއް. ރޫޅާލާނަން، ރޫޅާލާނަން، ރޫޅާލާނަން

The name is already taken The name is available. Register?

ކެޔޮގަނޑު

24 December 2025

އެމްޑީޕީއަށް ވެރިކަން ކުރަން ލިބުނު ދެފަހަރުވެސް އަތަށް ގޮށްވާލީ ނަޝީދު. ފުރަތަމަފަހަރު އަމިއްލައަށް ގޮޅިއަކަށް ފެތި އިސްތިއުފާދިނީ. ދެވަނަ ފަހަރު މަޖިލިސް ސުޕަމެޖޯރިޓީ ނަޝީދު ބޭނުންކުރީ އަމިއްލަ އެދުން އިސްކޮށްގެން. ޕާޓީއާ ރައްޔިތުންގެ ހަނދާނެއް ނެތް. ނަޝީދުއަށް ބާރެއް ލިބިއްޖެނަމަ ދެންވެސް ވާނީއެހެން.

The name is already taken The name is available. Register?

ރައްޔިތުސޮރު

24 December 2025

މިއީ ރިޕްރެސެންޓޭޓިވް ޑިމޮކްރަސީގެ ގެއްލުމަކީ، އެލީޓުން ވެރިކަންކުރަނީ ރައްޔިތުން ގުނބޯ ހައްދައިގެން ވާދަވެރިންނަކީ ކޮރަޕްޓް މީހުންކަމަށްބުނެ، އެކަމު ވެރިކަމަށް އާދެވުނީމަ ކޮންމެބަޔަކުވެސް ވާދައަށްް ވައްކަންކުރުމުގަ، ދަޢުލަތް ލޫޓުވާލުމުގަ!! ހަޤީޤީ މާނައިގަ އިންސާފްވެރި އަދުލުވެތި އުފާފާޤަތި އަދި ހުރިހާ ރައްޔިތުންގެ ވެރިކަމެއްކުރެވޭނީ "ޑައިރެކްޓް ޑިމޮކޮރަސީގައި"! ކޮރަޕްޓް ޕޮލިޓީޝަނުންގެ ބަނޑުދަށުނުވެ ސީދާ ރައްޔިތުން ކަންކަން ނިންމާ ނިޒާމަކުން!

The name is already taken The name is available. Register?

އިއްބެބ

24 December 2025

ޢަލީ ޢާޒިމަށް މޭޔަރުކަން ހޯދައިދޭން އަންނި ޖައްސާ ގޭމެއް. އަންނިއާ އިބޫ ގުޅިގެން ކުރިއަށް ދެވިދާނެ ކަމަކަށް ޤަބޫލެއް ނުކުރެވޭ.

The name is already taken The name is available. Register?

އަހުމަދު ދީދި

24 December 2025

އަނެއްކާ ވެރިކަން ލިބޭއިރައް މާޒީ ހަދާންވާނެ. ދެންއެވީ ހިފާގަންނަައް .. ރައްޔިތުން ގުބޯ ނަހައްދަބަލަދެން

The name is already taken The name is available. Register?

ނޫންމު

24 December 2025

ޒުވާންޖީލުގެ ތާއީދު މިހާރަކުނެތް ތިޔަޕާޓީ އަކައް

The name is already taken The name is available. Register?

ނިކާހު

24 December 2025

ވެރިކަން ދެފަހަރައް ދީފި، ސުޕަމެޖޯރިޓީ ގަ އެއްފަހަރު ވެރިކަން ކުރާކައެް ނޭގުނު ގެނެވުނު ތަރައްގީ އެއް ނެތް ގައުމު ދަރުވާލީ 120 ބިލިޔަނުން، ކަނޑުތައް ވިއްކާލީ، ރައްޔިތުންގެ އިތުބާރު ގެއްލިެއްޖެ ދެންވެސް ޕާޓި ޒުވާނުނަނާ ހަވާލުުކުރޭ މިހާރު މާމުސްކުޅިވެއްޖެ ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454