ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ބައްދަލުކުރެއްވުން.-- ފޮޓޯ: އެމްޑީޕީ
24 ޑިސެމްބަރ 2025 - 12:07
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ބައްދަލުކުރައްވައިފި އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ޕްރައިމަރީއާ ދިމާކޮށް، އެމްޑީޕީގެ އެތެރޭގެ ހަރަކާތްތައް ގިނަ ވާން ފަށާފައިވާ މި ދުވަސްވަރާ ދިމާކޮށް އެ ދެ ބޭފުޅުން ބައްދަލުކުރެއްވީ އެމްޑީޕީގެ އޮފީހުގަ އެވެ.
އިބޫ އާއި ނަޝީދު މި ބައްދަލުކުރެއްވީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރާ ދިމާކޮށް އެ ދެ ބޭފުޅުންގެ މެދުގައި އުފެދުނު ސިޔާސީ އަރައިރުންތަކަށް ފަހު ފުރަތަމަ ފަހަރަށެވެ.
ކުރިން އެންމެ ގާތް ދެ ރައްޓެހިންގެ ގޮތުގައި ތިއްބެވި ނަޝީދާއި އިބޫއާ ދެމެދު އުފެދުނު ސިޔާސީ ނުތަނަވަސްކަމުގެ ތެރޭގައި ނަޝީދު އެމްޑީޕީ ދޫކުރައްވައި އިސްވެ ހުންނަވައި އާ ސިޔާސީ ޕާޓީއެއް އުފެއްދެވީ އެވެ.
އެމްޑީޕީން އިސްތިއުފާ ދެއްވައި ޖޫން 21، 2023 ގައި އެ ޕާޓީ އަށް ނަޝީދު އޭރު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ "ރާއްޖޭގައި މިވަގުތު ކަންކަން ހިނގަމުން ގޮތުން ބަލައި އަޅުގަނޑު ތިޔަ ޕާޓީގައި ހުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންނަ ކަމުން، އަޅުގަނޑު ތިޔަ ޕާޓީން ވަކިވި ވާހަކަ ދެންނެވީމެވެ،" ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ބައްދަލުކުރެއްވުން.-- ފޮޓޯ: އެމްޑީޕީ
އޭގެ ފަހުން ނަޝީދު އިސްވެހުންނަވާ ޑިމޮކްރެޓްސް އުފެއްދީ ޖުލައި 12، 2023 ގަ އެވެ. ނަމަވެސް، އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި އިސްބޭފުޅުންތަކެއް މި އަހަރުގެ ކުރީކޮޅު ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. ދެ އަހަރެއްހާ ދުވަހު ޕާޓީއާ ދުރުގައި ހުންނެވުމަށް ފަހު މިދިޔަ ޖޫން މަހު ނަޝީދު ވެސް އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި އެވެ.
ނަޝީދާއި އިބޫ ވެސް ވަނީ 2028 ގެ ރިޔާސީ އިންތިހާބަށް ނުކުންނެވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ. އެކަމަކު، ނަޝީދުގެ ވިސްނުންފުޅަކީ އެ މަނިކުފާނާއި އިބޫ ވެސް 2028 ގެ ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގެން އެހެން ބޭފުޅަކު އެމްޑީޕީން ދެއްކުމެވެ.
އިބޫއަށް އެންމެ ފަހުގެ ރިޔާސީ އިންތިހާބު ނާކާމިޔާބުވީ ނަޝީދާ އެކު އުފެދުނު ހިޔާލު ތަފާތުވުންތަކުގައި އެމްޑީޕީ ބައިބައިވުމުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ
މިދިޔަ ރިޔާސީ އިންތިހާބުގައި ނަޝީދު ވާދަނުކުރެއްވިޔަސް، ޑިމޮކްރެޓްސްގެ ކެންޑިޑޭޓުގެ ގޮތުގައި އިލްޔާސް ލަބީބް ވާދަކުރައްވައި، ފުރަތަމަ ބުރުގައި ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި އެވެ.
ނަޝީދާއި އިބޫ މިއަދު ބައްދަލުކުރެއްވި އިރު، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި ނަޝީދު ވެސް މިދިޔަ ހޯމަ ދުވަހުގެ ރޭ ވަނީ ބައްދަލުކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކާއްބަޑި
24 December 2025
ބޭކާރު ދެމީހުންވެސް. މިހާރު ބޭނުންވަނީ މިލޭނިއަލް އެއް
ކޮއްކީހ
24 December 2025
ހުރިހާގޮތަކުން ގައުމު ހަލާކުވުމުގެ ކޮޅުމަތި
ހަޒާނާއަށް ޓަކައި
24 December 2025
ހައިވެގެން ކާނެއެއްޗެއް ހޯދަން ދެ ބުޅާ މަސައްކަތް ކުރީ ވަރަށް އެކުވެރިވެގެން. ބޯކިބާ އަތަންއެރުމާއި އެކު، އެޖެހުނީ މައްސަލަ. ބޮޑުފަޅި ލިބެންޖެހޭ ފަރާތަކާއިމެދު ހިގަންފެށީ އަރައިރުމާއި ކޯޅުން. ވެވެން ފެށީޒުވާބު.
މީމުން
24 December 2025
ހެޔޮނިޔަތުގައި ކަމެއް ކޮށްދީފައި އޮތީ މި ދެބޭފުޅުން، އިގުތިސާދު 7 ބިލިއަނުން 40 ބިލިއަނަށް ބަދަވި ޔާމީނު އެޅި ފުލެޓާ އިބޫ އެޅި ފުލެޓާއި ނަޝީދު އެޅި ފުލެޓު މިކަމަށް ފުދޭ.
މުރާސިލް
24 December 2025
ތިޔަ ދެބޭފުޅުން ބައްދަލުކޮށްގެން ރާއްޖޭގެ ވެރިކަން ހޯދުމަށް އިތުރަށް ކެއްކޭނެ ރިހައެއް ނޯޯންނާނެއެވެ. ރ.ނަޝީދުވެސް އަދި ރ.ސޯލިހުވެސް އެކަން ޤަބޫލުކުރަން ޖެހެއެވެ. އަދި މިހާރުވެސް ތިދެބޭފުޅުން ތިޔަ ތިއްބެވީ ވެރިކަން ހޯދުމަށް ކެތްމަދުވެ، އެއްބޭފުޅަކު އަނެއް ބޭފުޅަކު ''ރޮލާ'' ފަރިއްކުޅުވާ ހިސާބުގައެވެ. އަދި އަމުދުން ތިޔަ ދެބޭފުޅުންނަކީ ވެރިކަން ކުރައްވަން ލިބުނު ފުރުޞަތުގައި ޤައުމާއި ރައްޔިތުންނަށް ގެއްލުމާއި ހަލާކު އަދި ދުއްތުރާ ޖެއްސި ބޭފުޅުންނެވެ
މުރާއްޓޭއަށް
24 December 2025
މިއަށް ވުރެ ކުރުކޮށް ސާދާކޮށް ނުބުނެވޭނެއެވެ. ތިޔަ ބުނީ ހަމަ ހެޔޮކޮށެވެ.
މަބުނީ
24 December 2025
އެއްވެސްއިރަކު ބައްދަލުނުވެގެން އުޅުނުތަ؟
ޖަޕާނީ
24 December 2025
ތިޔާ ނަޝީދަކީ އަމިއްލަ އެދުން ބޮޑު، ވަރަށް ވަރަށް ވަރަށް އަނގަ ހަޑި އަދި އަޑި ނުބައި މީހެއް. އޭނަ ރަނގަޅެއް ނުވާނެ!
ައަހަރުން
24 December 2025
ތިވާހަކަ އަހަރުމެންނައް އެހާ މުހިންމެއް ނޫން.
ލަންޑަންގައި ފުރޮޅުލީ ގޮޑިދުއްވާށޭ، މާލެއަކށް ނޭރޭނެއޭ
24 December 2025
މަގޭ ހިތްބުނަނީ ކޮންމެވެސް ދުވަހަކުން ދިވެހިން އަދި ނަސީދުއަށް ވެރިކަން އަލުން ދޭނެއޭ. ވެރިކަމާހެދި ހާދަ ބޫތެކޭ މިކަނީ، މީނަވެސް ޔާންޓެވެސް، ޑަކްޓަރު ވަހީދުވެސް ،
ކުޑަ ދަލޭކަ
24 December 2025
އެއްގަލަކަށް އަރައިގެން ވެރިކަމަށް އަންނަން އެމްޑީޕީ އިން މި އުޅެނީ ކީއްނުވެގެންތަ. ރަގަޅު 8އަހަރު ފުރިހަމަ ބާރުވެރިކަމާއި އެކު ދައުލަތް ހިންގަން ދެވުނު. އެއްވެސް މައްސަލަ އެއްހައްލު ވިތަ. ޕީޕީއެމް ފިކުރު ވެސް 8 އަހަރު ޓެސްޓް މިކުރެވެނީ ގައުމުގެ ހިނގާ އެއްވެސް ނުރަގަޅުކަމަކަށް ހައްލެނުލިބޭ. ރައިތަތުން މިމީހުން ކިބައިން ވިސްނުންތެރިކަމާއި އެކު މިންޖުވާން އެބަޖެހޭ. ޕާޓީ ނިޒާމަކު ނެތް އެއްވެސް ރަގަލެއް.
ޕާޓީ ސިސްޓަމް އުވާލާ
24 December 2025
ޕާޓީ ސިސްޓަމް ގައުމުގެ ހަލާކު