ކުރީގެ ރައީސް ނަޝީދާއި އެމްޑީޕީގެ ރައީސް ޝާހިދު
22 ޑިސެމްބަރ 2025 - 23:56
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ބައްދަލުކުރައްވައިފި އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ޕްރައިމަރީއާ ދިމާކޮށް، އެމްޑީޕީގެ އެތެރޭގެ ހަރަކާތްތައް ގިނަ ވާން ފަށާފައިވާ މި ދުވަސްވަރާ ދިމާކޮށް ދެ ބޭފުޅުންގެ ބައްދަލުވުން ބޭއްވީ ޝާހިދުގެ ގެކޮޅު ހ. ރަބީއީމަންޒިލްގަ އެވެ.
ނަޝީދާއި ޝާހިދު ވަކިން މި ބައްދަލުކުރެއްވީ، މިދިޔަ ޖޫން 23 ވަނަ ދުވަހުގެ ރޭ ނަޝީދު އަލުން އެމްޑީޕީ އަށް ސޮއިކުރެއްވި ފަހުން ފުރަތަމަ ފަހަރަށެވެ. އެ ދެބޭފުޅުންގެ ބައްދަލުވުމަށް ފަހު، ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު ރައީސް އިިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާ ދެބޭފުޅުން ވެސް ވަރަށް އަވަހަށް ބައްދަލުކުރައްވަން ވަނީ ނިންމަވައިފަ އެވެ.
ދެ އަހަރެއްހާ ދުވަސް ވަންދެން އެމްޑީޕީއާ ދުރުގައި ހުންނެވި ނަޝީދު އަލުން އެ ޕާޓީއާ ގުޅިވަޑައިގެން ސިޔާސީ ހަރަކާތްތައް އިތުރު ކުރެއްވީ އަންނަ އަހަރުގެ އޭޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީގެ ފްރައިމަރީގެ ފޯރިގަދަވެފައިވާ ދަނޑިވަޅެއްގަ އެވެ.
ނަޝީދު ހުންނެވީ އެ ޕްރައިމަރީގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމާ އެކުގަ އެވެ. ނަޝީދާއި ސިޔާސީ ހިޔާލު ތަފާތުވުންތައް އޮތް ކުރީގެ ގާތް އެކުވެރިޔާ އިބޫ ސަޕޯޓް ކުރައްވަނީ މިހާރު ވެސް މާލޭގެ މޭޔަރު އާދަމް އާޒިމަށެވެ.
ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގެން ބޮޑަށް މަސައްކަތް ކުރައްވަނީ މިދިޔަ މަހު އެ ޕާޓީގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވި ފައްޔާޒު އިސްމާއިލްގެ ޓީމާ އެކުގަ އެވެ.
އެމްޑީޕީގެ ލީޑަޝިޕްގެ "ކޯޅުމުގައި" އިބޫގެ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ޝާހިދު ހުންނެވީ ސިޔާސީ ގޮތުން އަދި ވަކިކޮޅަކަށް ނާރުއްވާ ކަމަށް ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގޮނުއަނގަ
23 December 2025
މަރުވާންވީމާ ގަންވަޅަށް އަންނަ މަސްވެސްއުޅޭ.
ވަތަންގެ ދަރި
23 December 2025
ކޯޓު ނުލާ ބައްދަލު ކުރީމަ ދެން ހައިބަތެއް ނެއްދޯ.
އަބުދުލް ގާދިރު
23 December 2025
މުޅި މި ޤައުމު ފަނާކޮށްލި .. ތީ ތި މީހުންނާ ވައިއެޅެން ވެސް ހެޔޮ ނުވާނެ
ތިޔެއް ނުވިކޭނެ
23 December 2025
ރައީސް ނަޝީދަކީ ޞުލްޙައަށްވެސް އަދި ކާމިޔާބަށްވެސް އޮތް އިޚްތިޔާރެއްނޫން. އެއީ ޕާޓީގެ ދެމިއޮތުމަށް އޮތް ބިރެއް. ގައުމަށްވެސް އޮތް ބިރެއް. ދީނަށްވެސް އޮތް ބިރެއް. ދާދިފަހުން މާފުށީގައި ދެއްކި ވާހަކަތަކުން އެކަނިވެސް މިކަން ސާބިތުވޭ. އެމްޑީޕީގެ މެމްބަރުންނަކީ ނަޝީދުގެ އެ ވާހަކަތަކަށް ތާއީދުކުރާ ބައެއްނޫން. އެވާހަކަ ތަކުގެ ސަބަބުންވެސް ޕާޓީއަށް ދަނީ ގިނަބަޔަކު ނަފްރަތު ކުރަމުން. ނަޝީދު އެމްޑީޕީއަށް ހެޔޮއެދޭނަމަ ޕާޓީއާ ދުރުގައި ހުންނަވާ.
ސަންތިި
23 December 2025
މިދެބޭފުޅުން ބައްދަލުކުރީ ރައީސްއޮފީސްތެރޭގައިތަ؟
ކޮރަލް
23 December 2025
އިބޫ ބޭރު ކޮށްލަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަނީ އެވެ.
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
23 December 2025
އަންނިއަކީ މިހާރު ޕާޓީގެ ތެރޭގައި ހުރި ބީރައްޓެއްސެެެއް. އަންނި ބުނާ ގޮތް ހަދައިގެން ޕާޓީ އިތުރަށް އޮޔާދާނީ. ކަންކަން ހަމަ މަގަށް އެޅޭނީ ޕާޓީގެ ރައީސްއާ އިބޫ ކުރާ މަސައްކަތަކުން. ޕާޓީއިން އިތުރު ކުލަތައް ފެންނަންޖެހޭ. އައު މޫނުތައް ފެންނަންޖެހޭ. މިހުރިހާ ކަންކަން ހަމަޖައްސަން ތިބީ އިބޫ އާއި ޝާހިދު. ދެން ކޮންމެހެން ދެ މީހަކު ބަދިގޭގައި ބައްދަލުވެލާއިރަށް ފަލަ ސުރުހީއަށް އަރާކަށް ނުޖެހޭ.
އަމޭރު
23 December 2025
އަންނި ވަތް ތަނެއް ސަހަލެއްނުވާނެ. ފަނިކޮށްލާނެ. ސާހިދުވެސް ވިސްނާތި. ތިޔައީ އޮއްސިފަހުރި ބާ ތަރިކަ މުދާގަނޑެއް. މިހާރު ވަހެއް ކުލައެއްނެތް. ހިނގާ އަނެއްކާވެސް އާ ޕްރޮޑަކްޓެއް އުފައްދާ އިސްތިހާރު ކުރަން. އޭނަޔަށް ތާއީދުކުރާމީހުން ކުރާނެ. އެކަމަކު އެހެންމީހުންވެސް ތާއީދު ހޯދަން މަސައްކަތްވެސް ކުރަންޖެހޭ
ލަވަ
23 December 2025
މަގޭ އަންހެނުންނާ ބައްދަލުވި އިއްޔެވެސް މިއަދުވެސް ރޭގަވެސް. ދެން ވީ މީޑިޔާގަ ސުރުހީ އަޅަންތަ؟ މިތިބަ ބައެއްގެ އަބުއިދެއްކުމާ، ބޭފުޅިލިޒަމް ހުރިވަރު ނިކަން ދެކިބަލަ! އެއް ޕާޓީއެއްގެ ބަޔަކު އެކަކުއަނެކަކަށް ފެނިލާއިރަށް ފޮޓޯޖަހާފަ ނޫހުގެ ފަލަސުރުހީއަށް. މިވަރުވީމާ ދެން ރައްޔިތުން ކުރަންޖެހޭ ތާއީދެއް ނެތް. އަނެއްކޮޅުން މިތަނުން އެކަކު އެބަ ވަކާލާތުކުރޭ މި ރަށްރަށުންވެސް ލިބެންވާނެޔޯ ރިސޯޓްތަކުން ލިބޭ އެއްޗެއް ވެއްޖާ! އަހަރެމެނަށް އެނގޭ މިކިޔާ ލަވަ!
ބޮޑުވަރު
23 December 2025
މިވެސް ދެން މި މީސްމީހުން ބޮޑުކޮށްގެން މީޑިޔާއަށް ދޭވަރުގެ ވާހަކަތަ؟ އެއް ޕާޓީއެއްގައި އުޅޭ، އެއް ގަލަކުން ފެހިކައިގެން އުޅޭ ބަޔަކު ހަމަ ބައްދަލުވެލާއިރަށް މީޑިޔާގައި ސުރުހީ އަޅަންް އުޅުމަކީ ތިމާމެންގެ ފަތަރާސީކަމާ، ބޭފުޅުކަމާ، ބިޔަކާއި ބޮޑުކަން ރައްޔިތުންނަށް ވިސްނައިދޭން އުޅުން. ނޫންނަނަމަ މީގެ އިދިކޮޅަށް، ތިމާމެންގެ ގުޅުންތެރިކަމާ އެއްބައިވަންތަކަން ނެތްކަން ބޭޒާރުވުން. މި ދެގޮތުގައިވެސް ރައްޔިތަކަށް ހެވެއް ނެތްް. ތާއިދުކޮށް ސަނާކިޔެއް ނެތް.