23 ޖޫން 2025 - 22:26
ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެ ޕާޓީއާ ގުޅިވަޑައިގަތުން ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާއަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަޑައިނުގަންނަވަ އެވެ.
މިރޭގެ ޖަލްސާއަށް އިބޫ ވަޑައިނުގަންނަވާއިރު އެ މަނިކުފާނު ވެސް އަދި ނަޝީދު ވެސް ވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ.
މިރޭގެ ޖަލްސާގައި އެމްޑީޕީގެ އިސްބޭފުޅުންގެ ތެރެއިން ތިއްބެވީ ޗެއާޕާސަން ފައްޔާޒު އިސްމާއިލާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދެވެ. އަދި ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ނަޝީދު ފުރަތަމަ ފަހަރަށް އެމްޑީޕީގެ ރީނދޫ ޕޯޑިއަމްގައި ދެއްކެވި ތާރީހީ ވާހަކަފުޅުގައި ވެސް ކުރިން އެ މަނިކުފާނުގެ އެންމެ ގާތް އެކުވެރިޔާ އިބޫގެ ނަމެއް ފާހަގައެއް ނުކުރައްވަ އެވެ.
އޭގެ ބަދަލުގައި ހާއްސަ ޝުކުރު ތަކުރާރު ކުރެއްވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދަށެވެ.
ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުން ފާހަގަކުރުމަށް މިރޭ ސަލްޓަންޕާކުގައި ބޭއްވި ޖަލްސާގައި އެ މަނިކުފާނާއި ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އަދި ކުރީގެ މަޖިލިސް މެމްބަރު އީވާ އަބްދުﷲ މަޝްވަރާއެއްގައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ދެން ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިބޫ ހާމަކުރެއްވީ ވެސް ނަޝީދު އެމްޑީޕީއާ ގުޅިވަޑައިގަތުން ފާހަގަކުރާ ޖަލްސާ އަށް ތައްޔާރުވަމުން އަންނަނިކޮށް، އެ ޕާޓީގެ އިސްބައެއް ބޭފުޅުންނާ އެކު ރޭ ބޭއްވި ބައްދަލުވުމެއްގަ އެވެ. އެކަމަކު އިބޫގެ އެ ނިންމެވުމާ ގުޅޭ ގޮތުން އެމްޑީޕީން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
އެންމެފަހުން 2023 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލައްވަންޖެހިވަޑައިގަތް އިބޫ، ދެވަނަ ދައުރެއް ހޯއްދަވަން އަނެއްކާވެސް އިންތިހާބަށް ނުކުމެވަޑައިގަންނަވާނެކަން އިއުލާން ކުރެއްވީ ވެސް ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވަން ނިންމެވުމާ އެކުގަ އެވެ.
ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުން ފާހަގަކުރުމަށް މިރޭ ސަލްޓަންޕާކުގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެމްޑީޕީން މިދިޔަ އޭޕްރީލް 12 ގައި ނިންމާފައި ވަނީ މި އަހަރުގެ އޮގަސްޓް 15 އިގެ ކުރިން އެ ޕާޓީގެ ކޮންގްރެސް ބާއްވާށެވެ. ބެލެވޭ ގޮތުގައި އެއީ 2028 ގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކާ މެދު ގޮތެއް ކަނޑައަޅަން ބާއްވާ ކޮންގްރެސްއެކެވެ.
އިބޫގެ ވެރިކަމުގައި ނަޝީދު އެމްޑީޕީ ދޫކުރައްވައި، "ދަ ޑިމޮކްރެޓްސް" އުފެއްދެވުމުގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން ވަނީ އަލުން އެމްޑީޕީއާ މިރޭ ގުޅިވަޑައިގެންފަ އެވެ.
އިބޫއަށް މިދިޔަ ރިޔާސީ އިންތިހާބު ނާކާމިޔާބުވީ ނަޝީދުއާ އެކު، އުފެދުނު ހިޔާލުތަފާތުވުންތަކުގައި އެމްޑީޕީ ބައިބައިވުމުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1818
24 June 2025
ކަލޯ ތީ ރޭވުމެއް! ނަޝީދެއް ކުރިމަތި ނުލާނެ! ރައީސްކަމަށް ކުރިމަތިލާނީ އިބޫ! ތި ދެމީހުންނަކީ "އެއްތަށި"!
އަބްޑޫޅް +
24 June 2025
ބަލަ، މިފަހަރު އުނބަށް މި ޖެހީ ވަށަފަރު މީހުންނެއް ނޫން ދޯ؟ މިފަހަރު ހަމަ ސީދާ އެފެރިކާ މީހުން.
އަލިބޭއްޔާ
24 June 2025
ނުޖެހޭ އިބޫ، އަންނި އަންނާތީ އަތްޖަހަންދާކަށް. ފުރަތަމަ މަވެސް ނުދަން. އަދި ރައީސް އިބޫ ކީއްކުރަންތޯ؟. ޕާޓީ ހަލާކުކޮށް އެގޮތްމިގޮތްހަދާވެސް ވެރިކަން ުލިބޭނެކަން ޔަޤީންވީމާ އަނެއްކަ އައީ. ޑިމޮކްރަސީއެއްނޫން މިމީހުން އަލުން ބަލައިގަތުމަކީއެއް. ފައްޔާޒުވެސް އެހެންކަމެއް ތިކަމުގެ ފަހަތުގަ އޮތީމަ ތިފާޑަށް ތިއުޅެނީ. އަމިއްލަ އެދުމުގެވެސް ވަކި މިނަވަރެއް އޮންނަންވާނެ. ﷲއަށް ޓަކާވެސް އަމިއްލަޔަށް މި ޑިމޯ މީހުން މި އުޅެވޭގޮތް ވިސްނާލަބަލަ އެކަނި އިނދެ
ކޮރަލް
24 June 2025
އިންޑިޔާއިން ބޭނުންވަނީ ޝާހިދު ވެރިކަމަށް ގެންނާށެވެ. ވީމާ ނަޝީދު އެދިޔައީ ޝާހިދު އަށް ކެމްޕޭން ކޮށްދޭށެވެ.
މަންސޫރް
24 June 2025
އޮޑި ނުފެތޭނޭ ކިޔާފަ މުޅި އޮޑި ދިޔަ ބޮޑުކޮށްލާފަ މިއަދު އަލުން އަބުރާ އައުމުގެ މާނައެއްނެތް
ޕާޓީ ބޭބެ
24 June 2025
ރައީސް ޞާލިޙް ޕާޓީއެއް ނުހައްދަވާނެ. 100% ޔަޤީން. އަންނިމެންގެ އެއްވެސް ލަދުވެތިކަމެއް ނެތްކަން މިއިން ވަރަށް ސާފުކޮށް ދޭހަވަނީ. އީވާ ވިދާޅުވި އިލެކްޝަނާ ބައްދަލުކުރި މީޓިންއެއްގަ ތިމަންނަމެން ބޭނުންކުލަ ދޭށޭ އެއީ ދެން ރާއްޖޭގަ އޮތް އެންމެ ބޮޑު ޕާޓީއަކަށް ވާނީ ދަ ޑިމޮކްރެޓްސް އޭ. ޙަޤީޤަތަކީ މުޅި ރާއްޖޭގަ ދުއްވާ 3000 ވެސް ހަމަނުވި. ބަޔަކު އޮރިޔާންވާނީ ތިވަރަކަށް. ދަނަންވަންތޯ އިބޫމެންކަހަލަ ކެތްތެރި ވިސްނުންތެރި މީހުންނެއްނޫން އަންނިމެންނަކީ.
ސޮފްއަތް
24 June 2025
ޕާޓީ ރޫޅާލާފަ މިއަދު ކޮންމެހެން މި ޕާޓީއާ ގުޅެންއުޅޭނެ ކަމެއްނެތް. ނަޝީދުއަށް ކުރާނެ ތާއީދެއް ނޯންނާނެ، އިބޫ އަކީވެސް މިހާރު ޗޮއިސްއެއްނޫން
ހީހީ
24 June 2025
އިބޫއަކީ ދެން މީހެއްތަ؟
ޝައުކަތް
24 June 2025
މިހާރުވެސް ފަޅާއިގެން ގޮށްސި. މަރުހަބާ ދޫނި ރާއްޖޭގެ ރައީސް
ބަލަން ތިބެޔާ!
24 June 2025
އަންނިއާ އިބޫއާ ވާދަކޮށްގެން ޕުރައިމަރީ ވަރަށް ފޯރިވާޅެ. އަންނިއަށް ޓިކެޓު ލިބުން ކައިރި ކަމަށް ބެލެވެނީ. އެކަމަކު އަންނި ނެރެގެން އިންތިޚާބު ކާމިޔާބުކުރަން އެހާ ފަސޭހައެއް ނުވާޅެ. އިބޫ ނެރެފިއްޔައި އެމް.ޑީ.ޕީ އަލުން ވެރިކަމަށް އައުން ކައިރި.