14 ޑިސެމްބަރ 2024 - 16:50
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އިން ލިޔެފައިވާ ފޭކް ނިއުސްއެއްގެ ނޮޓިފިކޭޝަން ބީބީސީގެ ނަމުގައި އެޕަލްގެ އައިފޯނުތަކަށް ފޮނުވި މައްސަލައިގައި ބީބީސީން ޝަކުވާކޮށްފި އެވެ.
އިނގިރޭސިވިލާތުގައި މި ހަފުތާގައި ތައާރަފްކުރި އެޕަލް އިންޓެލިޖެންސްގައި، އެކި ވެބްސައިޓްތަކުން ގުރޫޕްކޮށްގެން އާޓިފިޝަލް އިންޓެލިޖެންސުން އުފައްދާފައިވާ ޚަބަރުތަކުގެ ނޮޓިފިކޭޝަންތައް އުފައްދަ އެވެ.
އެގޮތަށް އުފެއްދި ޚަބަރެއްގައި، އެމެރިކާގެ ނިއު ޔޯކްގައި ހެލްތްކެއާ އެގްޒެކެޓިވް މަރާލި މައްސަލާގައި ހައްޔަރުކުރި ލުއިޖީ މަންގިއޯނީ އަމިއްލައަށް މަރުވެފައިވާ ކަމަށް ބީބީސީ ބުނެފި ކަމަށް ލިޔެފައިވެ އެވެ.
އެޕަލް އިންޓެލިޖެންސުން ޖެނެރޭޓްވި ފޭކް ނިއުސްގެ ނޮޓިފިކޭޝަން
"ބީބީސީ ނިއުސް އަކީ ދުނިޔޭގެ އެންމެ އިތުބާރު ކުރެވޭ ނިއުސް މީޑިއާ. ބީބީސީގެ ނަމުގައި ޝާއިއުކުރާ އަދި ފޮނުވާ ކޮންމެ ނޮޓިފިކޭޝަނަކީ އޯޑިއަންސަށް އެއާ މެދު އިތުބާރު އޮތް އެއްޗަކަށް ވާންޖެހޭނެ،" ބީބީސީގެ ތަރުޖަމާނު ވިދާޅުވި އެވެ.
ބީބީސީން ބުނީ މި މައްސަލަ އެޕަލްއަށް ހުށަހަޅައި މިކަން ހައްލުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަހާދަރު
14 December 2024
އެންމެ އިތުބާރު ކުރެވޭ މީޑިއާއޭ...؟ ތީ ހުޅަނގުގެ ޕްރޮޕެގެންޑާ މެޝިންތަކުގެ ތެރެއިން އެއް މެޝިން. ދޮގާއި، މަކަރާއި، އޮޅުވާލުމުގަ ހައްދުން ނައްޓާފަ ތިބި ބައެއް.